ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް މުބާރާތް ފަށައިފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގެ “ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯލް ޓޯނަމެންޓް 2021” މިއަދު ފަށައިފިއެވެ. ގދ.ފިޔޯރީގައި ބާއްވާ މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ އިއްޒަތްތެރި މެމްބަރ ހުސައިން މުހައްމަދު ލަތީފްއެވެ.

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޝަރަފްވެރި މެހްމާން، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ، މިފަދަ މުބާރާތެއް ކުރިޔަށް ގެންދިޔުމުގައި ތަފާތު އިންތިޒާމްތަށް ހަމަޖެއްސުމުގައި، ފޭސް ޖަމްޢިއްޔާއިން ކޮށްފައިވާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާކަމަށާއި، ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ޒުވާންޖީލަށް އަމާޒުކޮށްގެން، ހުވަދު އަތޮޅުގެ ކުޅިވަރު އާލާކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައިވެއެވެ.

މުބާރާތެއް އެންމެ ފުރިހަމަގޮތުގައި ކުރިޔަށް ގެންދެވޭނީ، ރަށްރަށުން ވަޑައިގެންނެވި ޓީމްތަކުން ދެއްވާ އެއްބާރުލުމުގެ މައްޗަށް. އަދި މިފަދަ މުބާރާތްތަކުގެ ސަބަބުން އާލާވެގެންދާނީ، އެއްބައިވަންތަކަމުގެ ރޫޙު – ޝަރަފްވެރި މެހުމާނު

އޭގެ އިތުރުން މުބާރާތުގައި ބައިވެރިވެވަޑައިގެންނެވި ޓީމްތަކަށް ފިޔޯރީ ރައްޔިތުން ބަހައްޓަވާ މެހްމާންދާރީއަށް، ފިޔޯރީ ރައްޔިތުންނަށް ވަރަށް ޚާއްސަ ޝުކުރެއް މެމްބަރު އަދާކުރެއްވިއެވެ.

ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން— ފޮޓޯ: ނަލަފޮޓޯ

މިއަދު ހަވީރު ފިޔޯރީ ޔޫތްސެންޓަރ ވޮލީކޯޓުގައި އޮތް މި ރަސްމިއްޔާތުގައި، ޝަރަފުވެރި މެހުމާނުގެ އިތުރުން، ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ އާއި، ޚާއްސަ މެހުމާނުންގެ ގޮތުގައި ހުވަދު އަތޮޅަށް ނިސްބަތްވާ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ އިސްމާއިލް މުހައްމަދު އާއި، އާދަމް ލަރީފް (ރޮނާ) ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މުބާރާތް މިއަދު ފެށުނު އިރު، މި މުބާރާތުގެ އެންމެ ފުރަތަމަ މެޗެއްގެ ގޮތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ގދ.ފަރެސްމާތޮޑާ ގެ ފިރިހެން ޓީމާއި ގދ.މަޑަވެލި ފިރިހެން ޓީމް ބައްދަލުކުރާ މެޗެވެ. އަދި މިރޭ 8 ޖަހާއިރު ފަރެސްމާތޮޑާގެ އަންހެން ޓީމާއި، މަޑަވެލީގެ އަންހެން ޓީމް ބައްދަލު ކުރާމެޗް އޮންނަ އިރު، މާދާމާގެ އެންމެ ފަހު މެޗެއްގެ ގޮތުގައި ރަތަފަންދޫ ގެ ފިރިހެން ޓީމާއި، ފިޔޯރީގެ ފިރިހެން ޓީމް ބައްދަލު ކުރާ މެޗް ވަނީ ތާވަލު ކޮށްފައެވެ.

ޖުމްލަ 10 ޓީމް ކުޅޭ މި މުބާރާތަކީ ރަށު ކައުންސިލް ތަކަށާއި ޖަމިއްޔާތަކަށް އަމާޒުކޮށްގެން އަތޮޅު ރައްޔިތުންގެ މެދުގައި އިޖްތިމާޢީ ރޫޙް އާލާކުރުމަށާއި، ކުޅިވަރުގެ ޖޯޝާއި ފޯރިއާއި ދުޅަހެޔޮކަން އިތުރު ކުރުމުގެ މަގްސަދުގައި ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އަންހެން ފިރިހެން ދެ ޑިވިޝަން އަށް ކުޅެވޭއިރު، ޗެމްޕިއަން ޓީމް އަށް 20،000 (ވިހިހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ. އަދި ރަނަރއަޕް އަށް 10،000 (ދިހަހާސް ރުފިޔާ) ގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!