ކޮންމެ ރަށެއްގައިވެސް ސާފު ބޯފެން ލިބޭނެ ނިޒާމެއް ޤާއިމު ކުރުން މާ މުހިންމުކަމުގައި ގއ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީން ވިދާޅުވެއްޖެއެވެ.
“ހުވަދޫ ނިއުސް” އަށް ދިން ބަސްދީ ގަތުމެއްގައި ގއ އަތޮޅުގެ ރައީސް ޝަހީން ވިދާޅުވީ އެރަށެއްގެ އާބާދީ އަށް އެކަށޭނެހެން ފެން ޕްލާންޓް ބެހެއްޓުން އެއީ ނުކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށާއި އެ އަތޮޅެއްގެ އަވައްޓެރި ރީސޯޓުތަކަައި ސަރުކާރާއި ގުޅިގެން ނުވަތަ ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ގުޅިގެން މި މަސައްކަތް ކޮއްފިނަމަ ރަށުގައި ޕްލާންޓް ބެހެއްޓިދާނެކަމަށެވެ.
ރަށްރަށުން ވާރޭފެން ހުސްވާ ޙާލަތުގައި އެހެން ރަށްރަށުން ސަޕްލައި ފެން ނަގައިގެން ފޯރުކޮށް ދިނުން އެއީ ރައްކާތެރި އަދި ކަމުގެ އަވަސްމިނަށް ބަލައި އޭގެ ޙައްލުވެސް ނޫން ކަން ހާމަ ކޮށްދެއްވަމުން, ޝަހީން އިތުރަށް ވިދާޅުވީ ރައްޔިތުން ބޯފެނަށް ޖެހިއްޖެނަމަ އެރަށެއްގައި ބެހެއްޓިފައި ހުންނަ ޕްލާންޓްތަކުން ފެން ލިބި މެނޭޖް ކުރެވިދާނެކަމަށެވެ.
ގއ އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީން މިހެން ވިދާޅުވެފައިވާނީ ރަށްރަށުން ވާރޭ ފެން ހުސްވާ ޙާލަތު ގައި އެހެން ރަށަކުން ފެން ފޯރުކޮށްދޭނެ ފަރާތްތަކެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވާ ވަގުތެއްގައެވެ.
ޓިޔާ ހާދަހި މައުލޫމާތެ ދަޓެޔެ. މިވެރިކަމުގެ އެކެވައުދެ ކަލޯ ތީބޫ.
ޕުލާނޓުފެން މާއަގު ބޯޑު