ޚަބަރު
ނަޑެއްލާ އަށް ފުލުހުންގެ އެހީތެރިކަން

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ގދ.ނަޑެއްލާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭތޯ ބެލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ފުލުހުންގެ އެހީތެރިކަން ހޯދަން ފަށައިފައިވާކަމުގައި ނަޑެއްލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ރަށުގެ މިވަގުތުގެ ޙާލަތު ކިޔައި ދެއްވަމުން ކައުންސިލްގެ ރައީސް މުޙައްމަދު އަންޝާއު ވިދާޅުވީ ރަށުތެރެ ބެލެހެއްޓުމަށް މިއަދު ވަނީ އިތުރު ފިޔަވަޅުތައް އަޅާފައި ކަމަށާއި އެގޮތުން މިހާރު ފުލުހުން ވެސް ޙަރަކާތެރިވާން ފަށައިފައިވާކަމަށެވެ.

މީގެ 4 ދުވަސް ކުރިން ފެނުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއަކުން ރަށުގައި ފެތުރެން ފެށި ބަލީގައި ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 20 އަށް އަރާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެކި ފަރާތްތަކަށް މިހާރުދަނީ ފަހާފައެވެ. އެގޮތުން ގދ.މަޑަވެއްޔާއި ފަރެސްމާތޮޑާގެ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ވަނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!