ރިޕޯޓް
މެހުމާންދާރީ އަދާ ކުރުމުގައި ފިޔޯރީ އަކީ ނަމޫނާ ރަށެއް!

ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ އަކީ އާބާދީ މަދުނަމަވެސް ހިތްހެޔޮ ރައްޔިތުން ތަކެއް ދިރިއުޅެމުންދާ ރަށެކެވެ. ބޮޑު ފަޅެއްގެ ތެރޭގައި އޮންނަ މި ރަށަކީ ގުދުރަތީ ރީތިކަން އިންތިހާ އަށް ލިބިފައިވާ ރަށެކެވެ. ފިޔޯރީ އަކީ 700 އެއްހާ މީހުން ދިރިއުޅޭ އާބާދީ އެއް އޮންނަ ބިންބޮޑު ރަށެކެވެ. ރަށަކީ ކޮންކްރީޓްގެ މާ ބޮޑު ތަރައްޤީ އެއް ނެތް ރަށަކަސް، ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ހިތްތައް ތަރައްޤީ ވެފައި އޮތް ތަނެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ރަށުގެ ރައްޔިތުންގެ ހިތް ހެޔޮކަމާއި، ރަށަށް އަންނަ މެހުމާނުނަށް އަދާ ކުރާ މެހުމާންދާރީ ކަމެވެ.

ޖަނަވަރީ 1 ވަނަ ދުވަހު، ހުވަދު އަތޮޅު ދެކުނުބުރީ ގައި ބާއްވާ އެންމެ ބޮޑު ވޮލީ މުބާރާތް ކަމަށްވާ “ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީ ބޯޅަ މުބާރާތް 2021” ފިޔޯރީގައި ފެށުނެވެ. އަތޮޅު ތެރޭގެ ރަށްތަކުން އެތައް ސަތޭކަ މީހުންނެއް ފިޔޯރީ އެދުވަހު އެރިއިރު، ރަށަށް އެރި ކޮންމެ ފަރާތަކާއި، ފިޔޯރީ ރައްޔިތުން ކުރިމަތިލީ އުފާވެރިކަމާއިއެކު ހިނިތުންވެފައިވާ މޫނަކާ އެކުއެވެ. ޓީމްތަކުގެ މެމްބަރުންނާއި، އޮފިޝަލުން އަދި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތަށް ދައުވަތު ދެވިގެން ވަޑައިގެންނެވި އެންމެހާ މެހުމާނުން ތަފާތު ކުލަކުލައިގެ މާތަކުން ތައްޔާރު ކުރެވުނު ގުލްދަސްތާ ތަކާއި މާފަތިތަކުން ފާލަން މަތިން، މަރުހަބާ ދެންނެވިއެވެ.

ރަށުން ބޭރުން އައި މެހުމާނުންނަށް ފިޔޯރީއިން މަރުހަބާ ދަންނަވަނީ—ފޮޓޯ: ނަލަފޮޓޯ

މުބާރާތުގެ ފޯރީގައި ތައްޔާރުކުރެވުނު ޚާއްސަ މަރުހަބާގެ ލަވަތަކުން މުޅިފަޒާ ގުގުމާލާފައި ވިއެވެ. ހޫނު ގަދަ ދުވަހެއް ކަމުގައި ވީނަމަވެސް، އަދި ދަތުރުގެ ވަރުބަލިކަން ހުރި ނަމަވެސް، މެހްމާނުންނަށް ޚާއްސަކޮށްގެން އެރުވުނު ފިނިބުއިމުން ތާޒާކަން ގެނުވިއެވެ. ބޮޑެތި މަގުތައް ތަފާތު ކުލަ ކުލައިގެ މުބާރާތުގެ ކެންވަސް ބެނާތަކާއި، ޤައުމީ ދިދައިން ޒީނަތްތެރި ކުރެވިފައި ވެއެވެ. ފެންނަ ފެނުމަށް މުޅި ރަށަށް އީދެއް އައިސްގެން އުޅޭފަދަ ގޮތަކަށް މުޅިރަށް މުބާރާތަށް ޒީނަތްތެރިކުރެވިފައި ވެއެވެ.

އަޅުގަނޑުމެންގެ ހުވަދޫ ނިއުސް ޓީމުންވެސް، އެ މުބާރާތް ކަވަރ ކުރުމަށް 3 ނޫސްވެރިން އެރަށަށް ދިޔައެވެ. އަޅުގަނޑުމެން ނިއުސް ޓީމަށްވެސް، ފިޔޯރިން ކިޔާފައިވާ ހޫނު މަރުޙަބާ އަދި އަދާ ކުރި މެހުމާންދާރީ ވަރަށްވެސް ފުރިހަމައެވެ. މިފަދަ މެހުމާންދާރީއަކީ، މި މުބާރާތަކީ، އަތޮޅުގެ އެންމެ ބޮޑު މުބާރާތަށް ވެފައި، އެކަމަށް ވެފައިވާ ތައްޔާރީ ތަކުގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވުނެވެ. އެހެން ނަމަވެސް، ރަށު ތެރެއަށް އެތައް ސަތޭކަ ބަޔަކު ހިނގައިގަތް އިރު، ރަށުގެ ރައްޔިތުންގެ ތެރެއިން އެއްވެސް މީހެއްގެ މޫނުން ހިނިތުންވުން ނޫން އިތުރު މޫނެއް ނުދައްކައެވެ.

ފިޔޯރީގައި ހޭދަވި ފުރަތަމަ އެއްގަޑިއިރު ތެރޭ ވެސް، އެ ރަށުގެ ރައްޔިތުންގެ މެހުމާންދާރީ އާއި، ހިތްހެޔޮކަން ވަރަށް ބޮޑަށް އިހުސާސްވެގެން ދިޔައެވެ. ރަށުގެ ބަނދަރު ސަރަހައްދުގައި ހުރި ކޭފޭ އަކަށް ވަދެ އަޅުގަނޑުމެންގެ ޓީމުން މަޑު ކޮށްލީމެވެ. ކޮންމެ އަކަސް އަޅުގަނޑުމެންގެ ޓީމަކީ ފިޔޯރީ އަށް ވަރަށް ބީރައްޓެހި ބައެކެވެ. ތަފާތު އެކިފަހަރުމަތިން، މީގެ ކުރިން ފިޔޯރީއަށް ދަތުރު ކޮށް އުޅުވުނު ނަމަވެސް، ފިޔޯރީ އަކީ މާގިނަ ދަންނަ ރައްޓެހިން އެރަށުގައި ދިރިނުއުޅޭ ރަށެކެވެ. ދަންނަ ގިނަ އެކުވެރިންވެސް ވަޒީފާގެ ގޮތުން ދިރިއުޅެމުން އަންނަނީ މާލޭގައެވެ. މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަފާތު ކަންކަމުގައި ގިނަމީހުންނާއި ފޯނުން ވާހަކަ ދެކެވުނުނަމަވެސް ބައްދަލުވެފައި ހުންނަނީ ވަރަށް މަދުންނެވެ.

ރަށުތެރެއަށް އަރައިގަންނަން ހިގައިގަންނައިރު، ޖެޓީ ސަރަހައްދުން ޖެހުނު ކޭފޭގައި ކޮފީތައްޓެއް ބޮއިލުމަށް ނިއުސްޓީމް މަޑު ކޮށްލިތަނާ، ފިޔޯރީ އަށް ނިސްބަތްވާ އެ ރަށުގެ އިސްރަށްވެއްސެއް އައިސް ކައިރީގައި އިށީންދެއްޖެއެވެ. ކީއްކުރާ ބައެއްތޯ އަހާ، ހާލު އަހުވާލު އަހާލައިފިއެވެ. އިރުކޮޅަކުން ދެވަނަ މީހަކު ހަމަ އެ މޭޒު ދޮށުގައި އިށީންދެއްޖެއެވެ. ތިނަދޫއަށް ނިސްބަތްވާ ބައެއްކަން އެނގުމުން، އަމިއްލަޔަށް ތަޢާރަފްވިއެވެ. އަދި ތިނަދޫ އަކީ އެމީހުންނާއި ވަރަށްބޮޑަށް ގުޅިފައިވާ ތަނެއްކަމާއި، ތިނަދޫއިން މީހުން ބޭލުމުގެ ކުރިން އޭނާގެ އާއިލާވެސް ދިރިއުޅުނީ ތިނަދޫގައި ކަމާއި، ތިނަދޫ ރަށުން ބޭލި ހާދިސާގެ ތަފާތު ވަހަކަތައް އެބޭބެ ކިޔައި ދިނެވެ. ފިޔޯރީއާއި ގުޅޭ ރަށުގެ ތާރީޚާއި ގުޅޭ ތަފާތު ވާހަކަތަކާއި، އެރަށުގެ މުހިންމު މައުލޫމާތު އަޅުގަނޑު މެންނަށް ދިނުމުގައި ފިޔޯރީ ގެ މިދެބޭބެ ވަގުތު ހުސްކޮށްލިއެވެ. އެއްވެސް ގޮތަކަށް މީގެ ކުރިން ނުވެސް ދަންނަ ބަޔަކާއި ބައްދަލުވިކަމުގެ އިޙްސާސެއް ނުކުރެވެއެވެ. ވަރަށް ގާތް، ރަޙްމަތްތެރިންގެ ގޮތުގައި މި ދެބޭބެގެ ބެހެއްޓެވި ގާތްކަމުން އިޙްސާސް ކުރެވުނެވެ.

އިސްރައްވެހީންގެ ދެބޭބެ އާއި އެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު، މުބަރާތް ފެށޭ ވަގުތު ކައިރިވަމުން ދާތީ، ދެބޭބެ ކައިރިން، ވޮލީ ކޯޓަށް ދާނޭ މިސްރާބު އޮޅުންފިލުވައި، ވޮލީކޯޓަށް ދިޔުމަށް ހިނގައިގަތީމެވެ. ރަށުގެ ބޮޑު މަގުން ހިނގާފައި ދިޔައިރު ފެންނަ ކޮންމެ ރައްޔިތެއްގެ މޫނު މަތިންވެސް ފެންނަނީ މަރުހަބާ ގެ ހިނިތުންވުމެވެ.

ފިޔޯރީ އަންހެންވެރިން ޖޯލިފައްޗެއްގައި-ފޮޓޯ: ހިލްޓަން އާސިފް

ވަކި ހިސާބަކުން ދެން ބައްދަލުވީ، ރަށުގެ ކައުންސިލްގެ ރައީސް އާއިއެވެ. މަގުމަތިން ދުއްވަމުން އައި ސައިކަލު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލުމަށްފަހު އުފާވެރިކަމާއި، ހިނިތުންވުމާއެކު، ރަށު ރައީސް އަޅުގަނޑުމެން ނިއުސްޓީމާއި، ވާހަކަ ދެއްކިއެވެ. ލޯންޗުން ފޭބިއިރުވެސް،، އަޅުގަނޑުމެންގެ ޓީމަށް މަރުޙަބާކީ ފަރާތްތަކުގެ ތެރޭގައި ރަށު ރައީސް ހިމެނެއެވެ. މިއީ ރައީސް އާއި ބައްދަލުވި ދެވަނަ ފަހަރެވެ. ވަރަށްވެސް ހިތްތިރި، ސާދާ މިޒާޖެއްގެ ބޭފުޅެކެވެ. އެއްވެސް ބޮޑާކަމެއް އަދި ކިބުރުވެރި ސިފައެއް ނުފެނެއެވެ. ސައިަކަލުގައި އެކަކު ގެންގޮސް ދީފާނެކަމަށް ބުނެ، ކޮންމެވެސް އެކަކު ސައިކަލް ފަހަތަށް އެރުމަށް އެދުނެވެ. ސައިކަލުގައި އިން ކައުންސިލްގެ ރައީސް ދައުވަތަށް ރައީސްގެ ސައިކަލް ގެ ފަހަތަށް އެކަކު އެރިއެވެ. އަދި ސައިކަލް ދިޔަ މިސްރާބަށް މަޑު މަޑުން ހިންގަން ފެށިތަނާ ދެން އައީ ސައިކަލުގައި ދިޔަ ނިއުސްޓީމްގެ މެމްބަރުގެ ފޯނު ކޯލެކެވެ. އެތާ ކައިރީގައި ހުރި ގެއަކަށް އައުމަށް އެދި، އަދި ދާންވީ މިސްރާބު ކިޔައި ދިނެވެ. ކިޔައިދިން މިސްރާބުން، ބުނި ގެއާއި ހަމަޔަށް ދެވުނުއިރު، ބޭރުން ފެންނަ ފެނުމުގައި އާދައިގެ ގެއެކެވެ. ނަމަވެސް ދޯރާށިން އެތެރެއަށް ވަނުމުން، ރަނގަޅު ފެންވަރެއްގައި ހާދާފައި ހުރި ގެއެއްކަން އެނގުނެވެ.

ފިޔޯރީ އަކީ ކުއްޔަށް ދޫކުރާ ކޮޓަރި ނުވަތަ ގެސްޓް ހައުސް ވަރަށް މަދު ރަށެކެވެ. ގިނައަދަދެއްގެ މެހުމާނުން އެއްފަހަރާ ފިޔޯރީ އަށް އައުމުން ކޮޓަރި ހޯދުން ވާނީ އުނދަގޫ ކަމަކަށެވެ.

ނަމަވެސް ރައީސް ބުނުއްވި ގޮތުގައި އެއީ އަޅުގަނޑުމެންގެ އެކަމަޑޭޝަންގެ ގޮތުގައި ތައްޔާރު ކޮށްފައިހުރި ގެއެވެ. އަދި ކެއުމުގެ އިންތިޒާމްތައް ރައީސްގެ އަމިއްލަ ގެއިން ހަމަޖައްސާފައި ހުންނާނޭ ކަމަށާއި، ގެ ހުންނަ މިސްރާބު ކިޔައިދީ، ކޮންމެ އިރެއްގައިވެސް، ކެއުމަށް ގެއަށް އަންނަން ބުނުއްވިއެވެ. ދަތުރަށް ތައްޔާރުވެގެން އައީ އަމިއްލަ ޚަރަދުގައި ކެއުމާއި، ހުރުން ހަމަޖައްސާ ގޮތަށް ނަމަވެސް، ކައުންސިލް ރައީސްގެ އެ މެހުމާންދާރީ އަށް އިންކާރު ކުރާކަށް ނުކެރުނެވެ. ރައީސް އަމިއްލަފުޅަށް އަޅުގަނޑުމެންގެ އިންތިޒާމްތައް ހަމަޖެއްސުމުގައި އުޅުއްވުމުން، ރަށުން ބޭރުން އަންނަ މީޙުންނަށް ރަށުގެ ރައްޔިތުންނާއި ވެރިން ބަހައްޓަވާ މެހެމާންދާރީގެ ސަޤާފަތް އަދި އެބޭފުޅުން ދެއްވާ އަހައްމިއްޔަތާއި، އިސްކަން ވަރަށް ބޮޑަށް ފާހަގަވެގެން ދިޔައެވެ. މިއީ މަދު ރަށަކުން ނޫނީ ނުފެންނަ ސިފައެކެވެ.

ރަށްރަށުން ވަޑައިގަންނަވާ އިއްޒަތްތެރިންނާއި، ވަޒީރުން ފެންވަރުގެ ބޭފުޅުންނަށް މެހެމާންދާރީގައި، ވެރިން ފެންވަރުގެ ބޭފުޅުން ހޭބޯ ނާރާ އުޅޭތަން މީގެ ކުރިން ފެނުނު ކަމުގައި ވިޔަސް، ފިޔޯރީން ފެނިފައިވަނީ ތަފާތު ސިފައެކެވެ. ޖުމްލަގޮތެއްގައި، ރަށަށް އަރާ ފޭބި ހުރިހާ މީހުންގެ ތަފާތު ކަންކަމުގައި، ކައުންސިލް މެމްބަރުން، ފޭސް ޖަމްޢިއްޔާގެ ފަރާތުން އަދި ރަށުގެ ރައްޔިތުން ޙަރަކާތްތރިވުމުގެ އިތުރުން ފުރިހަމަ މެހްމާންދާރީއެއް އަދާކޮށްފައި ވެއެވެ.

ދެންފާހަގަވީ ރަށުގެ ރައްޔިތުންގެ އެއްބައިވަންތަ ކަމެވެ. މިއަދު ކޮންމެ ރަށަކުންވެސް ސިޔާސީ ވާދަވެރިކަމާއި ރުޅިވެރިކަން ފެނުނަސް، ފިޔޯރީ އިން ސިޔާސީ އެއްވެސް ކަމެއް ނުފެނެއެވެ. މިނިވަން ރައްޔިތުންތަކެއް ދިރިއުޅޭ މިރަށުން ސިޔާސީ ވާހަކައެއްވެސް  އަޑެއް ނާހަމެވެ.

ފިޔޯރީއަށް ޒިޔާރަތްކުރި، ތަފާތު ރަށުން ބޭރު މީހުންގެ ބަހެއްވެސް މިކަމުގައި ބެލީމެވެ. ތަފާތު ވާހަކައެއް ބުނި ފަރާތަކާއި ބައްދަލުނުވެއެވެ. ހުރިހާ މެހެމާނުންވެސް ތިބީ ފިޔޯރިން އަރުވާފައިވާ މެހެމާންދާރީއަށް ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. ދިވެހިންގެ ޖަޒީރާ ވަންތަ ދިރިއުޅުން ދައްކުވައިދޭ ސާފުތާޙިރު، ހިތްގައިމު ރަށަކަށް ފިޔޯރީ ވެފައިވެފައިވުމުގެ އިތުރުން، މެހުމާންދާރީ އަދާ ކުރުމުގައި ފިޔޯރީ އަކީ ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަވެގެންދެއެވެ.

  1. އިޔާޒް

    ގިނަ ނޫސްތަކުން އުފައްދަނީ ފިތުނަ. އެއް ބަޔަކާއި އަނެއް ބަޔަކު ޖައްސަން. މިކަހަލަ ރިޕޯޓްތައް ލިޔުމަކީ ވަރަށް ރަގަޅު ކަމެއް އަދި ކަންކަމުގަ ހުންނަ ގޯސްވާހަކަ ވެސް ދައްކަން ޖެހޭނެ.

  2. މަރުހަބާ

    މިއީ ހަމަ ހަގީގަތް ކަމާމެދު ޝައްކު ނުކުރަން ފިޔޯރީގެ އެންމެންނަކީ ވަރަށްވެސް ހިތްހެޔޮ ބަެއެއް.

  3. އިބްރާހިމްފުޅު

    ތީ ހަމަ ޝައްކެއް ވަސްވާހެއް އޮތް ކަމެއް ނޫން. މުޅި ގދ އަތޮޅުގަވެސް މެހެމާންދާރީ ރަނގަޅު އެއް ރަށް އެއީ. ފިޔޯރީއަށް ޖައްސާލާ ކޮންމެ ފަހަރަކު ހަމަ އެރަށުގެ މީހުންގެ މެހެމާންދާރީ ފެނިގެންދޭ. ވަރަށްވެސް ހިތްހެޔޮ ބައެއް އެއީ. ގިނަގިނައިން އެރަށަށް ޖައްސާލަން ބޭނުން.