ދީން
އެންމެ މުހިއްމު ދިހައެއް. އެއީ ކޮން ދިހައެއް؟

ﷲ سبحانه وتعالى ވަނީ ބައެއް އިންސާނުން އަނެއްބައި އިންސާނުންގެ މައްޗަށް، ބައެއް ކަންކަން އަނެއްބައި ކަންކަމުގެ މައްޗަށް، އަދި ބައެއް ދުވަސްތައް އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައި މަތިވެރި ކުރައްވާފައެވެ.

އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ހިޖުރީ މަހަކީ އެ މަހުގައި އެންމެ މަތިވެރި 10 ދުވަސް ހިމެނިގެންވާ މައްސަރެވެ. އާދެ! އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ދުވަސްތައް ގަންދެއްވައި ﷲ ތަޢާލާ އެ އިލާހުގެ ފޮތުގައި ވަޙީ ކުރައްވާފައިވެއެވެ. ﴿وَالْفَجْرِ * وَلَيَالٍ عَشْرٍ﴾ (الفجر : 1-2) މާނައީ: “ފަތިސް ގަންދެއްވަމެވެ * އަދި ދިހަ ރޭ ގަންދެއްވަމެވެ.”
ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހަށްވުރެ، ހެޔޮ ޢަމަލު ކުރުމަށް، ﷲ تعالىގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވާކަމަށް ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. އެހިނދު އެކަލޭގެފާނާ ސުވާލު ވެވުނެވެ. “އޭ ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެވެސް ބޮޑަށް ހެއްޔެވެ؟” ޖަވާބުގައި ޙަދީޘްކުރެއްވީ: “ﷲގެ މަގުގައި ޖިހާދު ކުރުމަށްވުރެ ވެސް ބޮޑަށެވެ. އެހެނަސް އެއީ ޖިހާދުކުރުމަށް ޓަކައި އޭނާގެ ޖާނާއި މާލުން ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ.”
ކަންމިހެން އޮތްއިރު ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މާތްކަން ހޯދޭތޯ ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. މިފަދަ މޫސުމްތައް އަހަރުގެ ތެރޭ ދައުރުވާގޮތަށް އޮންނައޮތުމަކީ ﷲގެ އޯގާވަންތަކަމާއި ރަޙްމަތްވަންތަކަމެވެ. މި ދުވަސްތައް ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭގައި ގިނަގިނައިން ޤުރްއާން ކިޔެވުމާއި، ސުންނަތް ނަމާދު ކުރުމާއި، ތަހުލީލާ ތަކުބީރު ކިޔުމާއި، އެ މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަހިފުމާއި، އަޟްޙާ ޢީދު ދުވަހުގެ ޢީދުނަމާދު ކުރުމާއި، އުޟުޙިޔާ ކަތިލުން ހިމެނެއެވެ.
ޙައްޖުމަހުގެ ސުންނަތް ރޯދައަކީ މާތް ރޯދައެކެވެ. އެ މަހުގެ 9 ވަނަ ދުވަހު، އާދެ ޢަރަފާތްދުވަހު ރޯދަހިފުމަކީ ސުންނަތްކަން ގަދަވެގެންވާ ކަންކަމެވެ. އެ ދުވަހުގެ ރޯދަ ޢަރަފާތް ބިމުގައި ތިބޭ މީހުން ހިފާކަށް ނުޖެހޭނެއެވެ. އެ ދުވަހު ރޯދަހިފުން އޮތީ ހަމައެކަނި އެނޫން މީހުންނަށެވެ. ޢަރަފާތް ދުވަހުގެ ރޯދައިގެ މަތިވެރިކަމާ ބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “ޢަރަފާތް ދުވަހު ރޯދަ ހިފުމުގެ ސަބަބުން އިސްވެ ދިޔަ އަހަރުގެ ފާފަ އާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުއްސަވައިދެއްވާނެ ކަމަށް ﷲ سبحانه وتعالىގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ.” (رواه مسلم).

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!