ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: ގައްދޫ ބަލިކޮށް ފަރެސްމާތޮޑާ ފިރިހެން ޓީމް ކުރިހޯދައިފި

ގދ ފިޔޯރީގައި އިއްޔެ ފެށި އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ފިރިހެން ޑިވިޝަންގެ 3 ވަނަ މެޗުން، ގައްދޫގެ މައްޗަށް ކުރިހޯދައި ފަރެސްމާތޮޑާއިން މެޗު ކާމިޔާބު ކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީކޯޓުގައި ކުޅުނު މިމެޗުން، ގައްދޫ ޓީމުގެ މައްޗަށް ފަރެސްމާތޮޑާ ޓީމުން ކުރިހޯދާފައިވަނީ ކުޅުނު 3 ސެޓުވެސް ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފަރެސްމާތޮޑާ ޓީމުން ވަނީ، އެސެޓުން ގައްދޫ ޓީމު ބަލިކޮށްފައެވެ. އެގޮތުން އެސެޓު ފަރެސްމާތޮޑާ ޓީމުން ކާމިޔާބު ކޮށްފައިވަނީ، 25-20 އިންނެވެ.

ދެވަނަ ސެޓުވެސް ފަރެސްމާތޮޑާއިން ވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. އެސެޓު ފަރެސްމާތޮޑާ ޓީމުން ކާމިޔާބު ކޮށްފައިވަނީ 25-10 އިންނެވެ.

މެޗުގެ ފަހުސެޓުންވެސް ފަރެސްމާތޮޑާ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި ގައްދޫ ޓީމުގެ މައްޗަށް ކުރި ހޯދާފައެވެ.އެގޮތުން މެޗުގެ ފަހު ސެޓު ފަރެސްމާތޮޑާ ޓީމުން ކާމިޔާބު ކޮށްފައިވަނީ 25-16 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 8 އަހުމަދު ޝިމާޢުއެވެ.

މިމެޗަކީ ފަރެސްމާތޮޑާ ފިރިހެން ޓީމުން މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުންވެސް ފަރެސްމާތޮޑާ ޓީމުންވަނީ 3-0 ސެޓުން މަޑަވެލި ބަލިކޮށް އެމެޗުވެސް ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގައި ބައްދަލު ކުރާނީ، މުބާރާތުގެ އަންހެން ޑިވިޝަންގެ ގައްދޫ ޓީމާއި ފަރެސްމާތޮޑާ ޓީމެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!