ބައްޕަޔަކު އަންހެން ދަރިފުޅަށް އަނިޔާކޮށްގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ހުޅުމާލޭގައި ދިރިއުޅެމުންދާ އަންހެންކުއްޖަކަށް އޭނަގެ ބައްޕަ އަނިޔާކުރުމުގެ ސަބަބުން އެއަންހެންކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
ހޮސްޕިޓަލުން ބުނާގޮތުގައި އަންހެންކުއްޖާގެ މެއިކަށިގަނޑުގައި ވަނީ ރެނދުލާފައެވެ.
ފުލުހުން ވިދާޅުވީ، މިފަދަ މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން މިހާރު މިމައްސަލަ ތަޙްޤީޤް ކުރަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.
މިހާރުން މިހާރަށް ވަގުތުން ވަގުތަށް. ތިކަހަލަ ބައްޕައިން މަރާލަން ޖެހެނީ… އޭރުން ދެވަނަ ފަހަރަކު ތިޒާތުގެ އަމަލެއް ހިންގަން ފުރުސަތެއް ނުލިބޭނީ. އެހެންނޫނީ ދެވަނަފަހަރަށް ވެސް އަނިޔާކުރާނެ😡😡