ހުޅުމާލޭ ސްވިމިންގ ޕޫލަކަށް ވެއްޓި 4 އަހަރުގެ ކުޑަކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، ހުޅުމާލެ އޯޝަން ފްރަންޓް ރެޒިޑެންސްގެ ސްވިމިންގ ޕޫލަށް ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިގެން، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:10 ގައި ލިބިފައިވާ ކަމަށެވެ.
އަދި 17:40 އެހާކަންހާއިރު އެކުއްޖާ ނިޔާވެފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދިފައިވާ ކަމަށެވެ.
މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.