ރިޕޯޓް
މަނިކުބޭ: މަސްވެރިކަމުގެ ދާއިރާއިން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާ ފަޚުރުވެރި ހުވަދޫ ދަރިއެއް

ހުވަދު އަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއަށް އުފަން މުހައްމަދު މަނިކު، މަޝްހޫރު ނަމުން ނަމަ، މަނިކުބޭ އަކީ މުޅިރާއްޖޭގެ ހުރިހާ މަސްވެރިންގެ ލޯތްބާއި އިޙްތިރާމް ލިބިލައްވާ މަޑުމައިތިރި ހިތްތިރި މިޒާޖެއްގެ ބޭފުޅެކެވެ. މަސްވެރިކަމުގެ ރޮގުން ދިވެހި ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެވި އަދި މިހާރުވެސް ކުރަމުންދާ މަސްވެރިކަމުގެ ދިވެހި ބްރޭންޑަކަށް މަނިކުބޭ ވެފައި ވެއެވެ.

މަނިކުބޭގެ ދިރިއުޅުމާއި، މަނިކުބޭގެ މަސައްކަތްތެރިކަމަކީ ދިވެހި ޖީލުތަކަށް އިބްރަތްތެރި، އަދި ނުކުޅެދުންތެރިކަމުގެ ސަބަބުން، ދިރިއުޅުމުގެ އުފާތަކުން މަޙްރޫމްވެފައިވާ، ފަރާތްތަކަށް އިބްރަތުން ފުރިގެންވާ ނަމޫނާއެކެވެ.

ނުކުޅެދޭ މީހެއްގެ ގޮތުގައި މަނިކުބޭ ސިފަވެގެން ދިޔަނަމަވެސް މަނިކުބޭ އަކީ ކުޅެދޭ މީހަކަށް ދޫކުރާނެ ޝަޚުސިއްޔަތެއް ނޫނެވެ. މިކަން މަނިކުބޭގެ ހިތްވަރުން ވަނީ ސާބިތުކޮށްދީފައެވެ. މަނިކުބޭގެ މަސައްކަތްތެރިކަމުގެ އަގު ވަޒަންކޮށް 1990 ވަނަ އަހަރު ރައީސް މައުމޫނުގެ ޒަޢާމަތުގައި، ދިވެހި ދައުލަތުގެ ފަރާތުން ޤައުމީ ހިތްވަރު ދިނުމުގެ އިނާމް މަނިކުބޭއަށް އަރުވާފައިވެއެވެ. މީގެ އިތުރުންވެސް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު ދިވެހި ދައުލަތުގެ ފަރާތުން މަސްވެރިކަމުގެ ރޮގުން ޤައުމަށް ކޮށްފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް، ޝަރަފްގެ އައްޑަނަ އަދި ޝަރަފްގެ މެޑަލް މަނިކުބެއަށް އެރުވިފައި ވެއެވެ.

މަނިކުބެއަށް ހިތްވަރުދިނުމުގެ ގޮތުން ދައުލަތުން އެރުވި ސަނަދާއި ރަން މެޑަލް

މަނިކުބޭ އަކީ ދިވެހި ރާއްޖޭގެ މަސްވެރިންގެ މެދުގައި މަޝްހޫރު މީހެކެވެ. މަނިކުބޭ ނުދަންނަ މަސްވެރި ދޯންޏެއް ދިވެހިރާއްޖޭގެ ދެކުނުގައި ނޯންނާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ދިވެހި މަސްވެރިކަމަށް ބޭނުންކުރަމުން އަންނަ ބުޅި ތައްޔާރުކުރާ ޚާއްސަ ހުނަރުވެރި ފަރާތަކަށް މަނިކުބޭ ވެފައި ވެއެވެ.

މަނިކުބޭ ކިޔައިދިން ގޮތުން އުމުރުން ހަނގު އުމުރުގައި، (އުމުރުން އެންމެ 8 އަހަރުގައި) މަނިކުބޭ ޕޯލިއޯގެ ޝިކާރައަކަށް ވެ ނުކުޅެދޭ މީހަކަށް ބަދަލުވެގެން ދިޔައެވެ. ރަށުގައި ކިޔެވުން ކުރިޔަށް ގެންދިޔުމަށް މާބޮޑު ފުރުޞަތުތަކެއް ލިބިފައި ނުވުމުން ކޮންމެވެސް މަސައްކަތެއް ދަސްކޮށް ދިނުމަށް މަންމަ ބޭނުންވިއެވެ. މިގޮތުން މަންމަ އެއްބަޑު ބޮޑު ދައިތައެއް އިނދެގެން އުޅޭ މުޙައްމަދު އަލީ އަކީ، ކަނބުރު މަސައްކަތްކޮށް އުޅޭ ފަރާތަކަށް ވުމުން، އޭނާ ކައިރިޔަށް މަސައްކަތް ދަސްކުރުމަށް މަންމަ ފުނުވިއެވެ. މުހައްމަދު އަލީގެ ކައިރީ މަސައްކަތް ކުރަން އުޅެ ތަފާތު މަސައްކަތް މަނިކުބޭ ދަސްކުރިއެވެ. އޭރުވެސް ދިވެހިން މަސްވެރިކަން ކުރުމަށް ބޭނުންކުރަމުން އައި ބުޅި އަރަބި ޔާ ގެ ބައްޓަމަށް ހުންނަ ބުޅި ތައްޔާރުކުރުމުގެ މަސައްކަތް މުޙައްމަދު އަލީގެ ކިބައިން ދަސްވިއެވެ. އަދި މީގެ އިތުރުންވެސް ތަފާތު ކަބުރު މަސައްކަތް މަނިކުބޭ ދަސްކޮށްފައި ވެއެވެ. މީގެ ތެރޭގައި ލިޔެލާ ޖެހުން، ފުރޯ ހެދުން، ކަތިވަޅި އަދި ވަޅި ހެދުމުގެ އިތުރުން، ވަޑާންކުރުން ފަދަ ރަށްފުށުގައި ކޮށް އުޅޭ މަސައްކަތްތެރިކަމުގެ ހުރިހާ މަސައްކަތެއް މަނިކުބޭއަށް ދަސްވިއެވެ. އުމުރުން 11 ނުވަތަ 12 އަހަރުގައި، އޭރު މަސްވެރިކަން ކުރުމަށް ދިވެހިން ބޭނުންކުރި ބުޅި އަމިއްލަޔަށް ތައްޔާރު ކުރަން މަނިކުބެ ފެށިއެވެ.

މަނިކުބެ ބުޅިހެދުމުގެ މަސައްކަތުގައި– ހުވަދޫ ފޮޓޯ

ދިވެހިން ޒަމާނުއްސުރެ މަސްވެރިކަން ކުރުމަށް ބޭނުން ކުރަމުން އައި ތަފާތު ވައްތަރުގެ ބުޅިތައް ވަރަށް ތަފްޞީލުކޮށް މަނިކުބޭ ދިރާސާކޮށްފައި ވުމުގެ އިތުރުން، ބަދަލުވަމުން އައިސްފައިވާ ތަފާތު ވައްތަރުގެ ބުޅި ތައްޔާރުކުރުމުގެ މަސައްކަތް މަނިކުބޭ ކޮށްފައިވެއެވެ. މަނިކުބޭ ބުނެފައިވާގޮތުން، 1973 ވަނަ އަހަރު، މަސްކިރާ ބޯޓު ދިވެހި ރާއްޖެއަށް ތައާރަފްވުމާއި ގުޅިގެން، މަސްވެރިކަން ކުރުމަށް ޗައިނާ މީހުން ބޭނުންކުރަމުން އައި ބުޅީގެ ވައްތަރެއް ކަމުގައިވާ “ސަތޯ ބުޅި” ދިވެހި މަސްވެރިންނަށް ފެނި ތަޢާރަފްވެގެން ދިޔައެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ފިޝަރީޒް މިނިސްޓްރީގެ ފަރާތުން މަސްވެރިކަން ކުރާ ކޮންމެ ދޯންޏަކަށް ލަފާކުރެވޭ ގޮތުން އަހަރަކު 10 ބުޅި ފޮނުވަމުން ދިޔައެވެ. ނަމަވެސް އެދުވަސްވަރު ގިނަ މަސްވެރިން މަސްބާނަމުން ދިޔައީ މިނިސްޓްރީ އިން ފުނުވާ ބުޅިޔާއި ތަފާތު ބުޅިޔަކުންނެވެ. އޭރުވެސް ހުވަދު އަތޮޅުގެ ގިނަ މަސްވެރިން ބޭނުންކުރަމުން އައީ، ފިޝަރީޒް މިނިސްޓްރީން ފުނުވި ބުޅި އަސްލަކަށް ބަލައިގެން މުހައްމަދު އަލީބެ އަމިއްލަޔަށް ތައްޔާރު ކުރި ބުޅިއެކެވެ.

މަނިކުބެ ތައްޔާރުކޮށްފައި ހުރި ބައެއް ބުޅިތައް– ހުވަދޫ ފޮޓޯ

މުޙައްމަދު އަލީބެ ތައްޔާރުކުރި ބުޅި ނަމޫނާއަކަށް ބަލައިގެން އެބުޅި ތައްޔާރު ކުރުމުގެ މަސައްކަތް މަނިކުބެއާއި، އަދި ފަރެސްމާތޮޑާއަށް އުފަން އިތުރު ފަރާތެއްކަމުގައިވާ މަޝްހޫރު ނަމުންނަމަ، ފަރެސް އަލިބެ އާއި ދެމީހުން އެކުއެކީހެން ގޮތަކަށް ފަރެސް މާތޮޑާގައި މަސްބާނާ ބުޅި ތައްޔާރުކުރުމުގެ މަސައްކަތް މަނިކުބެ ކުރިޔަށް ގެންދިޔައެވެ. މަސްވެރިކަން ކުރުމަށް މިނިސްޓްރީން ދެމުން ގެންދިޔަ ބުޅީގެ 3 ބުޅި ހޯދައިގެން، އެބުޅީގެ ތަފާތު ބައިތައް ވަކިކޮށް ނަގައި ބަލައި ދިރާސާކުރުމުން، އޮރިޖިނަލް ބުޅިޔެކޭ އެއްގޮތަށް ބުޅި ހެދުމަކީ މާއުދަނގޫ ކަމެއް ނޫންކަން އެނގިގެން ދިޔައެވެ. އަދި މަސްވެރިކަން ކުރުމަށް ބޭނުންކުރަމުން އައި އޮރިޖިނަލް ބުޅިއާއި ދާދި އެއްގޮތް ބުޅިއެއް ތައްޔާރުކޮށް، މަސްވެރިންނަށް ވިއްކަމުން ގެންދެވުނެވެ. ނަމަވެސް މިއީވެސް، މިހާރު ބޭނުންކުރާ ބުޅިއާއި ވަރަށް ތަފާތު ބުޅިއެކެވެ. އެއީ “ސަތޯ ބުޅި” ނަމަކަށް ކިޔާ ބުޅިއެއް ނަމަވެސް މިހާރު ބޭނުން ކުރަނީ “ހަވާއީ ބުޅި”ގެ ވައްތަރެކެވެ.

ސަތޯބުޅި ތައްޔާރުކުރުމުގެ މަސައްކަތް ނިމުމަކަށް އައީ 90ގެ އަހަރުތަކަށް އެޅުމުންނެވެ. ސަތޯ ބުޅި ތައްޔާރުކުރުމުގެ މަސައްކަތަކީ ބުރަމަސައްކަތަކަށް ވުމުން އެބުޅި ތައްޔާރުކުރުމުގެ މަސައްކަތް ހުއްޓާލީ ކަމުގައި މަނިކުބޭ ބުނެއެވެ. ސަތޯ ބުޅިއަކީ މަސްވެރިން މާގަޔާވާ އަދި މަގުބޫލު ބުޅިއަކަށް ވީނަމަވެސް، ތައްޔާރުކުރުމުގެ މަސައްކަތް ބުރަވާތީ ސަތޯ ބުޅީގެ މަސައްކަތް ނުގެންދަނީ ކަމުގައި މަނިކުބޭ ބުނެއެވެ.

މުޅި ރާއްޖޭގެ މަސްވެރިކަމުގެ މަސްރަހަށް ބަލާއިރު، ރާއްޖެއަށް ބާނާ ކަޅުބިލަ މަހުގެ %60 އިންސައްތަ މަސް ބާނަނީ ހުވަދު އަތޮޅުން ދެކުނުގެ އަތޮޅުތަކުން ކަމުގައި މަނިކުބޭ ޤަބޫލުކުރެއެވެ. ރާއްޖޭގެ އުތުރުގެ އަތޮޅުތަކުން ގިނައިން ކުރާ މަސްވެރިކަމަކީ، ބޮޑު ކަންނެލިގެ މަސްވެރިކަން ކަމުގައި މަނިކުބޭ ބުނެއެވެ. މަނިކުބޭ ޤަބޫލުކުރާގޮތުގައި މަސްވެރިކަން ކުރުމަށް ދިވެހިން ބޭނުންކުރާ ބުޅި ތައްޔާރުކުރުމުގެ މަސައްކަތް އެންމެ ކާމިޔާބުކަމާއެކީ ކުރެވިފައިވަނީ މަނިކުބޭ މެންނަނަށެވެ.

މަނިކުބޭ ބުނެފައިވާ ގޮތުން، މަނިކުބޭ ކައިރިން ބުޅިހެދުމުގެ މަސައްކަތް ދަސްކޮށްގެން، 2 މީހަކު، މިމަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެއީ ތ. އަތޮޅު ހިރިލަންދޫ މީހަކާއި، ގދ. ގައްދޫ އަނީސް އާއި ދެފަރާތެވެ. މި ދެމީހުންނަކީވެސް، ފިޔޯރީއަށް އައިސް، މަނިކުބޭ ކައިރީގައި މަސައްކަތްކޮށް، މަސައްކަތުގެ ތަޖުރިބާ ހޯދައިގެން، ބުޅީގެ މަސައްކަތް މަނިކުބޭ ކުރާގޮތަށް ކުރަމުން އަންނަ  މީހުން  ކަމުގައި  މަނިކުބޭ ބުނެފައި ވެއެވެ.

މަނިކުބެގެ އަންހެނުން ބުޅިހެދުމުގެ މަސައްކަތުގައި– ހުވަދޫ ފޮޓޯ

މަނިކުބޭ ބުނެފައިވާގޮތުން، މިމަސައްކަތުގައި އަންހެނުންނާއި، ފިރިހެން ދަރިފުޅުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށާއި އަދި މަސައްކަތުގައި އެހީތެރިވުމަށް 2 ބިދޭސީ މަސައްކަތު މީހުން މުސާރަދީގެން ގެންގުޅޭ ކަމަށެވެ.

މިމަސައްކަތުން ލިބޭ އާމްދަނީއަށް ބަލާއިރު، މަސައްކަތުގެ ޚަރަދާއި، 2 މުވައްޒަފުންގެ މުސާރަ އުނިކޮށް، ސާފު ފައިދާގެ ގޮތުގައި ރަނގަޅަށް މަސްބާނާ ދުވަސް ވަރުގައި،  މަހަކަށް 1 ލައްކަޔަކަށް ވުރެ ގިނަ ރުފިޔާ ލިބޭ. މުޅި އަހަރު ދުވަހަށް ބަލާއިރު، މިމަސައްކަތުން އެވްރެޖްކޮށް 80 ހާސް ރުފިޔާ މަހެއްގެ މައްޗަށް ސާފު ފައިދާގެ ގޮތުގައި ލިބޭކަމުގައި މަނިކުބޭ ބުނެއެވެ.

މަނިކުބޭ މައުލޫމާތު ދީފައިވާ ގޮތުން، ފަރެސްމާތޮޑާގައި އެކަނިވެސް 9 ވަރަކަށް މަސްދޯނި ދުއްވާއިރު، ހުރިހާ ދޯންޏަކުންވެސް ބުޅި ގަންނަނީ މަނިކުބޭ އަތުންނެވެ. އަދި ތިނަދޫ ހުރިހާ ދޯންޏަކަށްވެސް ބުޅިގަންނަނީ މަނިކުބޭ އަތުންނެވެ.

“މަނިކުބޭ ބުޅި” ނުވަތަ “ފަރެސް މާތޮޑާ ބުޅި” އަކީ މަސްވެރިކަމަށް ބޭނުންކުރާ އާލަތުގެ ތެރެއިން ބޭނުންކުރެވޭ އެންމެ ވަރުގަދަ ދި ދިވެހި ބްރޭންޑޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ދެކުނުގެ ހުރިހާ މަސްވެރިންނާއި، އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހިގާ ބުޅިއަކީ މަނިކުބޭ ބުޅިއެވެ. ޅ. އަތޮޅާ ހިސާބަށްވެސް، ބުޅި ފުނުވައިދޭކަމަށް މަނިކުބޭ ބުނެއެވެ. ނަމަވެސް ކިތަންމެ ދުރަށް ފުނުވި ކަމުގައި ވިޔަސް، ބުޅީގެ އަގަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. ރަށުގެ މަސްވެރިންނަށް އޮންނާނެ ޔަޤީންކަމަކީ، ހުސްވުމަކާއި ނުލައި އަބަދުވެސް އެމީހުންނަށް ބުޅި ލިބޭނެކަމުގެ ޔަޤީންކަމެވެ.

މަނިކުބޭގެ ބުޅިތައްޔާރުކުރުމުގެ މަސައްކަތް 40 އަހަރާއި ގާތަށް ކުރެވިފައިވާއިރު، މަނިކުބޭގެ ބުޅި އެއްވެސް ގޮތަކަށް ރާއްޖެއިން ބޭރަށް ފުނުވާފައި ވާނެތޯ ބެލުމަށް ކުރެވުނު ސުވާލުގެ ޖަވާބުގައި މަނިކުބޭ ބުނީ، ބޭރު ޤައުމުތަކަށް ބުޅި ނުފުނުވާ ކަމަށެވެ. ނަމަވެސް، އިންޑިޔާމަގުން ކުރިން ރާއްޖޭގެ ރަށެއްގެ ގޮތުގައި ހިމެނުނު، އަދި މިހާރު އިންޑިއާގެ ރަށެއް ކަމުގައިވާ، މަލިކަށް ބުޅި ފުނުވާ ކަމަށެވެ. މަލިކަށް ފުނުވާ ބުޅި ފުނުވަނީ، ރާއްޖެއިން އިންޑިޔާއަށް ދާ ދިވެހި ރައްޓެހިންނާއި ޙަވާލުކޮށް، މަލިކުގެ ބުޅިގަންނަ މީހުންގެ އިންޑިޔާ އެކުވެރިން މެދުވެރިކޮށް ކަމަށެވެ.

މަނިކުބެގެ ބެލުމުގެ ދަށުން އެހީތެރިވުމަށް ދެ ބިދޭސިން ބުޅި ހެދުމުގެ މަސައްކަތުގައި– ހުވަދޫ ފޮޓޯ

މިމަސައްކަތް އިތުރު ބަޔަކަށް ދަސްކޮށްދީ، ކޯހެއް ހިންގިދާނެތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން މަނިކުބޭ ބުނެފައިވަނީ، ދަސްކޮށްދެވިދާނެ ކަމަށާއި އަދި ކޯހެއްވެސް ހިންގިދާނެކަމަށެވެ. މިގޮތުން އެއްވެސް އުދަގުލެއްނެތި، 8 ވަރަކަށް ކުދިން އެއްވަގުތެއްގައި ތަމްރީން ކުރެވިދާނެ ކަމަށެވެ. މަނިކުބޭ ލަފާކުރާ ގޮތުގައި، މަސައްކަތް ދަސްކޮށް ފަރިތަކުރުމާއެކު، 2 މަސް ތެރޭގައި މިމަސައްކަތް ދަސްކުރެވިދާނެ ކަމަށެވެ. މަނިކުބޭ ދެކޭގޮތުގައި، މިސައްކަތް ޖީލުތަކަށް ފޯރުކޮށް، ގިނަ ބަޔަކަށް މިމަސައްކަތް ކުރަން އެނގެން ޖެހޭ ކަމަށެވެ. މިގޮތުން، އަމިއްލަ ކުދިންނާއި، ތިމާގެ ކުދިންނަށް މިމަސައްކަތް ދަސްކޮށްދީފައި ވާނެކަމަށެވެ. ނަމަވެސް އަބަދުވެސް މަނިކުބޭ މިމަސައްކަތް ކުރާތީ، ރަށުގެ އެހެން ބަޔަކު، މިމަސައްކަތް ކުރަން ބޭނުން ނުވެއެވެ.

މިމަސައްކަތުން މަނިކުބޭ ހޯދާފައިވާ ކާމިޔާބީއަށް ބަލާއިރު، 1990 ވަނަ އަހަރު ދިވެހި ދައުލަތުގެ ފަރާތުން އަރުވާފައިވާ ޤައުމީ ހިތްވަރު ދިނުމުގެ އިނާމް އަދި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ވަނަ އަހަރު، މަސްވެރިކަމުގެ ރޮގުން ޤައުމަށް ކޮށްފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް، ޝަރަފްގެ އައްޑަނަ އަދި ޝަރަފްގެ މެޑަލް މަނިކުބޭ އަށް ލިބިފައިވެއެވެ.

ރަށުގެ އިޖުތިމާޢީ ތަރައްޤީގެ ތަފާތު ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި މަނިކުބޭ ފާހަގަވެގެން ދެއެވެ. އެންމެ ހަނދާން ހުންނަ ފާހަގަވާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރެވެނީ، އުމުރުން 14 އަހަރުގައި، 100 ބުޅި ތައްޔާރުކޮށް، މީހެއްގެ އަތަށްދީ، ވިއްކުމަށް ގައްދުއަށް ފުނުވި ދުވަހެވެ. އޭރު ބުޅިއެއްގެ އަގަކީ އެންމެ ރުފިޔާއެއް ކަމުން 100 ބުޅި ވިއްކައިގެ ލިބުނު 100 ރުފިޔާ އަށް ގައްދޫއިން އަލަ ގަނެގެން ފަރެސް މާތޮޑާއަށް ގެނައެވެ. އޭރުގެ 1 ރުފިޔާއަށްވެސް ގިނަ އަދަދަކަށް ތަކެތި ލިބޭތީ، ގިނައަދަދެއްގެ އަލަ 100 ރުފިޔާއަށް ލިބުނެވެ. އަދި މި އަލަ ވިއްކަން ފެށުމުން، އޭރު ފަރެސް އަދި މާތޮޑާ ވަކިން އޮތް ނަމަވެސް، ދެރަށުން ގިނަ އަދަދެއްގެ މީހުން މަނިކުބޭމެން ގޭދޮށަށް ޖަމާވެ، އަލަ ގަންނަން މީހުން އުޅޭތަން ފެނުމުން ވަރަށް ބޮޑަށް އުފާވެ، ފަޚުރުވެރިވި ކަމުގައި މަނިކުބޭ ބުނެއެވެ. ކުޑަކުއްޖެއް ގޮތުގައި ހުރެގެންވެސް، އެފަދަ ބޮޑު ކަމެއް ކުރެވުމުން އާދަޔާޚިލާފު އުފަލެއް ލިބުނު ކަމުގައި މަނިކުބޭ ބުންޏެވެ.

މަނިކުބޭގެ މަސައްކަތް ނަމޫނާއަކަށް ބަލައިގެން، މަނިކުބޭގެ ފިރިހެން ދަރިންވެސް، މަސްވެރިކަމަށް ބޭނުންވާ ތަފާތު އާލާތް އަމިއްލަޔަށް ފަރުމާކުރމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ދިވެހި ރާއްޖޭގައި ކުރިއަރަމުން އަންނަ ސްޕޯޓްސް ފިޝިންގ އަށް ބޭނުންވާ ތަފާތު މަސްވަދާއި، ޖިގިންގ ފިޝިންގއަށް ބޭނުންކުރާ ވަދު ހެދުމަށް ތަފާތު ތައްގަޑުތައް އަމިއްލަޔަށް ފަރުމާކޮށް، ޕޮޕިން ވަދު ފަދަ ތަކެތި އަމިއްލަޔަށް އުފައްދައި، އެތަކެތީގައި ތަތްކުރާ ސްޓިކާ ފަދަ ތަކެތި ރާއްޖެއިން ބޭރުން ގެނެސް، ރާއްޖެއަށް އެތެރެކުރާ އޮރިގިނަލް މަސްވަދު ތަކާއި އެއް ކޮލިޓީއެއްގައި ނުވަތަ އެއަށްވުރެ، މަސްވެރިކަމަށް ކާމިޔާބު ވަދު، އަންނަނީ ތައްޔާރު ކުރަމުންނެވެ. ނަމަވެސް މިމަސައްކަތަކީ، ވިޔަފާރި އުޞޫލުން ސާމާނު ވިއްކަން ކުރާ މަސައްކަތެއް ނޫނެވެ. މިއީ މަނިކުބޭގެ ކުދިން އަމިއްލަޔަށް ކުރާ ސްޕޯޓްސް ފިޝިންގ މަސްވެރިކަމުގައި ދޮށްޓާއެކު ބޭނުންކުރުމަށް އުފައްދާ ތަކެއްޗެވެ،

މަނިކުބޭގެ ކުދިންގެ މިހުނަރަކީވެސް، މުސްތަޤުބަލުގައި ދިވެހި މަސްވެރިކަމުގައި ކުރިޔަށް ނެރެ، މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު ސާމާނު އަތްފޯރާ އަގެއްގައި އިންޑަސްޓްރީ ފެންވަރުގައި ދިވެހިރާއްޖޭގައި ކުރިއަރުވައި އާލާކުރެވިދާނެ މަސައްކަތެކެވެ. މިފަދަ އެތަށް ހުނަރުވެރި ފަރާތްތަށް މިހުވަދުއަތޮޅުގައި ދިރިއުޅުމުން އަންނަކަން ފާހަގަކޮށްލަމެވެ.

ދިވެހިންގެ ކިބައިގައިވާ މިފަދަ ހުނަރުތައް ސަރުކާރުތަކުން ކުރިޔަށް ނެރެ، އިންޑަސްޓްރީ ފެންވަރުގައި ތަރައްޤީކޮށް މަސްވެރިކަމާއި ގުޅުން ހުންނަ މިފަދަ އާލާތްތަށް، އިންޑަސްޓްރީ ފެންވަރުގައި ރާއްޖޭގައި އުފައްދައި، ރާއްޖެއިން ބޭރަށް ވިއްކޭނެ ދުވަހަކީ، ދިވެހި މަސްވެރިކަމުގެ ދާއިރާއިން ހާޞިލްކުރެވޭނެ ބޮޑެތި ކާމިޔާބީ ކަމުގައި ދެކެމެވެ.

ދިވެހި ޒުވާނުންވެސް، ވަޒީފާއެއް ނުލިބިގެން ކުރާނޭކަމެއް ނޭގިގެން ތިބުމުގެ ބަދަލުގައި، މިފަދަ ޑިމާންޑް ބޮޑު ހުނަރުވެރި މަސައްކަތް ދަސްކޮށް، ހިތްވަރާއިއެކު މަސައްކަތް ކުރެވިއްޖެނަމަ، ކޮންމެ ޒުވާނަކީ، މަސައްކަތެއް ނުލިބިގެން ހޯދާ މީހެއްގެ ބަދަލުގައި، ތަފާތު ވަޒީފާ އުފައްދައި، ފުދުންތެރި ދިރިއުޅުމެއް އުޅެވޭނެ ފަރާތަކަށް ވެގެންދާނެއެވެ. މިކަން މަނިކުބޭ ވަނީ، ނުކުޅެދުންތެރިކަމާއެކުވެސް ސާބިތުކޮށް ދައްކާފައެވެ.

  1. ފަތުޙީ

    މަނިކުބެ އަކީ މުޅި ރާއްޖެ އެމީހަކަށްޓަކައި ފަޚުރުވެރިވާ ބޭފުޅެއް.