ފ. ފީއަލިކައިރިން ދަތުރުކުރަމުންދިޔަ ދޯންޏެއް އަޑިޔަށްދާތީ އެދޯނި ހޯދުމުގެ މަސައްކަތް އެމް.އެން.ޑީ.އެފުން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ “އަލަމާ 05” ނަމަކަށް ކިޔާ ދޯނި އަޑިޔަށްދާ ކަމުގެ މައުލޫމާތު ރޭ 23:22 ގައި ލިބުނު ކަމަށާއި އޭރު ދޯނި އޮތީ ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުގައިކަމަށެވެ.
އެމް.އެން.ޑީ.އެފުން ހާމަކުރި ގޮތުގައި ފާނަ މަސްވެރިކަމުގައި އުޅުނު މިދޯނި 3 މީހުންނާއެކު ދަތުރުކުރަމުންދިޔައީ މާލެއަށެވެ. އަދި ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެ ދަތުރުކުރަމުންދަނިކޮށް މިދޯނި އަޑިޔަށް ދާކަމަށް ވަނީ އަންގާފައެވެ.
މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.