ޚަބަރު
ދިވެހި ރާއްޖޭގައި އަހަރަކު 3000 އަށް ވުރެ ގިނަ ވަރި

ދިވެހިރާއްޖޭގައި ފާއިތުވީ 10 އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރަކު 3000 އަށްވުރެ ވަރިގިނަކަމަށް ނެޝަނަލް ސްޓެޓިސްޓިކުން ހާމަކޮށްފިއެވެ.

ނެޝަނަލް ސްޓެޓިސްޓިކުން ހާމަކުރިގޮތުގައި ފާއިތުވީ ދިހަ އަހަރުތެރޭ ރާއްޖޭގައި ވަރި އެންމެ މަދުވެގެން ދިޔައީ 2020 ވަނަ އަހަރުގައެވެ. 2020 ވަނަ އަހަރުގައި ރެކޯޑްކުރެވިފައިވަނީ 2984 ވަރިއެވެ. އެހެން އަހަރުތަކާ އަޅާބަލާއިރު މިއީ މަދުއަދަދެކެވެ. އަދި އެންމެ ވަރި ގިނައީ 2019 ވަނަ އަހަރު އެވެ. އެ އަހަރު 3,429 ވަރިކޮށްފައިވެއެވެ.

އެއިދާރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުގައި ފާއިތުވީ 10 އަހަރުގައި ވަރިކުރި ޖުމްލަ އަދަދަށް ބަލާއިރު 35،120 ވަރިކޮށްފައިވެއެވެ. އަހަރަކަށް ބަލާނަމަ އެވްރެޖްކޮށް ގާތްގަނޑަކަށް 3،192 ވަރިކޮށްފައިވެއެވެ.

މިދިހަ އަހަރުތެރޭ ކުރެވުނު ކާވެންޏަށްވުރެ ކުރެވުނު ވަރި މިވަނީ ގިނަވެފައެވެ. މިދިޔަ 10 އަހަރު ތެރޭގައި ކުރެވިފައިވަނީ ޖުމްލަ 61،027 ކައިވެންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!