ޚަބަރު
ތިނަދޫ ފަޅުގައި އޮތް މަސްދޯންޏެއް އަޑިޔަށް ދަނީ

ގދ.ތިނަދޫ ފަޅުގައި އަޅާފައޮތް މަސްދޯންޏެއް ދިޔަވެ އަޑިޔަށް ދާން ފަށައިފިއެވެ.

ޑރ.އަބްދުއްސަމަދު މެމޯރިޔަލް ހޮސްޕިޓަލް ކުރިމައްޗަށް ވާގޮތަށް ފަޅުގައި އަޅާފައިވާ “ވައިވާލީ” ނަމަކަށް ކިޔާ އެދޯނީގެ ހަތަރުބައިކުޅަ އެއްބައި މިހާރުވަނީ އަޑިޔަށް ގޮސްފައެވެ.

ދޯނީގެ ފިލާތަކާއި އެހެނިހެން ސާމާނު އޮޔާދަނީ / ފޮޓޯ: މުހައްމަދު ނާފިޒު

މަންޒަރުދުށް މީހަކު ބުނިގޮތުގައި އެދޯންޏަކީ މަސްވެރިކަމަށް ބޭނުންކުރި ދޯންޏެއް ކަމަށާއި ދޯނީގެ އިންޖީނު މައްސަލައެއް ދިމާވެގެން އެދޯނި މިހާރު މަހަށް ނުދާ ކަމަށެވެ. އަދި އެދޯނީގެ ވެރިފަރާތުން ދޯނި ނުުބަލަހައްޓާ ދޫކޮށްލާފައިވާ ކަމަށް އެސަރަހައްދުގައި އުޅުނު ބައެއް މީހުން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!