ޚަބަރު
އިދިކޮޅުން އުޅެނީ ދީނުގެ ނަމުގައި ނަޝީދު އަވަހާރަކޮށްލަން: އާޒިމް

އިސްލާމްދީނާއި ޚިލާފު ވާހަކަތައް ފަތުރާ ކަމުގެ ތުހުމަތު އަޅުވާ އިދިކޮޅުން ބޭނުންވަނީ ދީނުގެ ނަމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖުލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ކަމަށްބުނެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ތުހުމަތު ކުރައްވައިފިއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދު ޣައިރު ދީނުގެ ޝިއާރުތައް ފަތުރާކަމަށް ތުހުމަތު ކުރައްވާ އެމަނިކުފާނާ ދެކޮޅަށް ފުލުހުންނަށް މައުލޫމާތު ދިނީ،  ދީނީ އިލްމުވެރިންގެ ޖަމިއްޔާތައް ހިމެނޭ “ޖަމިއްޔަތުލް އިއްތިހާދު” ނުވަތަ “ރައްޔިތުންގެ އިއްތިހާދު” ގެ ފަރާތުން ކަމަށާއި ވާދަވެރިންގެ މަޤްސަދަކީ ނަޝީދު ނައްތާލުން ކަމަށެވެ.

އިދިކޮޅުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަ ބަލާނެ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދުގެ ސިޔާސީ މައިދާނުގައި ވާދަވެރިން ބަލިކުރާނީ ވޯޓު ފޮށިން ކަމަށާއި ބިރު ދައްކައި އަނިޔާކޮށްގެން ނޫން ކަމަށެވެ. އަދި މިފަދަ ކަންތައްތަކަކީ ދުރާލާ ރޭވިގެން އެމަނިކުފާނު އަވަހާރަކޮށްލަން ބަޔަކު ރާވާ ހިންގާ ލާއިންސާނީ އަމަލެއް ކަމަށް އާޒިމްވަނީ ތުހުމަތު ކުރައްވާފައެވެ.

އެހެންކަމުން މިފަދަ ކަންތައްތައް ތަހުޤީގުކޮށް މައްސަލަ ބެލުމަށް ފުލުހުންނަށް ގޮވާލަމުން އާޒިމް ވިދާޅުވަނީ ފަހަތުގައި ބަޔަކު މީހުން ފިލާތިބެ ހިންގާ މިފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ.

ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ގިނަ އަދަދެއްގެ އިލްމުވެރިން ހިމެނޭ ރައްޔިތުންގެ އިއްތިހާދުން އެދިފައިވަނީ ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ބަލައިދިނުމަށެވެ.

ފުލުހުން މިމައްސަލަ ބަލާނެކަމަށް ވިދާޅުވުމުން އާޒިމްގެ އިތުރުން އެމް.ޑީ.ޕީއަށް ނިސްބަތްވާ ގިނަ ފަރާތްތަކުންދަނީ ފުލުހުންނަށް ފާޑިކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!