ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: ވާދަވެރި ކުޅުމެއް ދައްކައި ފިޔޯރީ ޓީމުން ގައްދޫ ބަލިކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން، ފޭސް ޖަމިއްޔާއިން ރާވައި ހިންގާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” އަންހެން ޑިވިޝަންގެ 5 ވަނަ މެޗުން، ފިޔޯރީއިން ވާދަވެރި ކުޅުމެއް ދައްކައި ގައްދޫ ބަލިކޮށްފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ގައްދޫ ބަލިކޮށް ފިޔޯރީއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.

ފުރަތަމަ ސެޓުގައި ދެޓީމުންވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ނަމަވެސް އެސެޓު ފިޔޯރީ ޓީމުންވަނީ ކާމިޔާބުކޮށްފައެވެ. އެސެޓު ފިޔޯރީއިން ކާމިޔާބު ކުރީ 25-11 އިންނެވެ.

ދެވަނަ ސެޓު ފެށިގެން ގައްދޫ ޓީމުން ވަނީ ކުޅުން ވަރުގަދަކޮށް އެއްވަރެއްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްފައެވެ. އެގޮތުން ދާދި އެއްވަރެއްގައި ނަތީއްޖާ ހިފެހެއްޓި ނަމަވެސް ފިޔޯރީ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް  އެސެޓުވެސް ވަނީ ކާމިޔާބު ކޮށްފައެވެ. އެގޮތުން ފިޔޯރީއަށް އެސެޓު ކާމިޔާބު ކުރެވުނީ 25-11 އިންނެވެ. އަދި ވާދަވެރި ކުޅުމަކަށްފަހު ތިންވަނަ ސެޓުވެސް ކާމިޔާބުކޮށް ފިޔޯރީ ވަނީ މެޗު ކާމިޔާބުކޮށްފައެވެ. އެގޮތުން ފަހު ސެޓު ފިޔޯރީއަށް ކާމިޔާބު ކުރެވުނީ 25-17 އިންނެވެ.

މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާ އެވެ.

މިމެޗަކީ ގައްދޫ އަދި ފިޔޯރީގެ އަންހެންޓީމް މިމުބާރާތުގައި ކުޅުނު ދެވަނަ މެޗެވެ. ފިޔޯރީގެ ފުރަތަމަ މެޗު ރަތަފަންދޫ އާދެކޮޅަށް ކުޅެ 3-0 ސެޓުން ފިޔޯރީ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ގައްދޫ އަންހެން ޓީމް މި މުބާރާތުގައި ފުރަތަމަ ބައްދަލު ކުރީ ފަރެސްމާތޮޑާގެ އަންހެން ޓީމާއިއެވެ. އެމެޗުން ގައްދޫ ވަނީ 3 ސެޓު 0 ސެޓުން ބަލިވެފައެވެ.

މިމުބާރާތުގައި މިރޭވެސް 2 މެޗު  ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިރޭ 08 ޖަހާއިރު ފަރެސްމާތޮޑާ އާއި ރަތަފަންދޫގެ ފިރިހެން ޓީމް ބައްދަލު ކުރާއިރު، އެ މެޗަށް ފަހު ފަރެސްމާތޮޑާ އާއި ރަތަފަންދޫގެ އަންހެން ޓީމް ބައްދަލު ކުރާ މެޗު ފަށާނެ އެވެ.

“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021” ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!