ޚަބަރު
ނަޝީދާއި ދެކޮޅަށް ހުށަހެޅި މައްސަލައިގައި ތަހުޤީގު ހިންގަން ޖެހޭ ކަމެއް ނެތް: ފުލުހުން

ރާއްޖޭގައި ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޣައިރު ދީންތަކުގެ ޝިޔާރުތައް ފަތުރާކަމަށް ބުނެ އިދިކޮޅުން ފުލުހަށް ހުށަހަޅާފައިވާ މައްސަލައިގައި ތަހުޤީގު ހިންގަންޖެހޭ އެއްވެސް ކަމެއް ނެތްކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޣައިރު ދީންތަކުގެ ޝިއާރުތައް ރައީސް ނަޝީދު ފަތުރާ ކަމަށް ބުނެ “ރައްޔިތުންގެ އިއްތިހާދު” އިން ފުލުހަށް ހުށަހެޅި މައްސަލަ އެއިދާރާއިން ބެލިބެލުމުން ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭފަދަކަމެއް ފާހަގަކުރެވިފައި ނުވާކަމަށާއި އެސިޓީގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅިގެން އެހިދުމަތުގެ ފަރާތުން ތަހުގީގެއް ކުރިއަށް ނުގެންދާނެ ކަމަށެވެ.

އަދި އެހިދުމަތުން ބެލިބެލުމުން ސިޓީ ހުށަހަޅާފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއެއްގައި ރަޖިސްޓްރީކުރެވިގެން ހިންގާ ގާނޫނީ ސަހުސަކުންކަމުގައި ނުވާތީ އެސިޓީއާމެދު އަމަލުކުރިގޮތް އެސިޓީ ފޮނުވިފަރާތަށް އަންގާފައި ނުވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެއިތުރުން އެސިޓީއާމެދު އަމަލުކޮށްފައިވާނީ އެހިދުމަތާ ހިއްސާކުރާ މައުލޫމާތުތަކާމެދު އަމަލުކުރަމުންދާ އުސޫލުންކަމަށާއި އިސްލާމްދީނާއި ހިލާފަށް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ހިންގާ ކަންކަމަކީ އެހިދުމަތުން އިސްކަމެއްދީގެން ތަހުގީގުކުރަމުންދާ އަދި މުސްތަގުބަލުގައިވެސް ތަހުގީގުކުރާނެ މައްސަލަތަކެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!