ފ.ފީއަލި ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު “އަލަމާ-5” ދޯނީގެ ތިންފަޅުވެރިންގެ ތެރެއިން ދެ ފަޅުވެރިން ފެނިއްޖެ ކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއްޖެއެވެ.
އެމް.އެން.ޑީ.އެފުން ވިދާޅުވީ އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހުން މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ފެނިފައިވާ ކަމަށާއި ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އިން އެމީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވާ ކަމަށް އެމް.އެން.ޑީ.އެފުން ވަނީ ހާމަކޮށްފައެވެ.
އަލަމާ-5 ދޯނިން ގެއްލުނު ފަޅުވެރިންގެ ތެރެއިން 2 މީހުން ވަނީ މިއަދު ހެނދުނު 06:50 ހާއިރު ލަކްސް ސައުތު އަރި އެޓޯލް ރިސޯޓް ކައިރިން ކޯސްޓްގާޑް ސީއެމްބިއުލާންސް-34 އަށް ނަގާފަ. މީމީހުން ހޯދުމަށްޓަކައި ކޯސްޓްގާޑް ޝިޕް ހުރަވީ، ކޯސްޓްގާޑް ސީ އެމްބިއުލަންސް-34، މޯލްޑިވްސް ޕޮލިސް ސަރވިސް، ދޯނީގެ ވެރިފަރާތާއި އަދި މީގެ އިތުރުން ވައިގެ މަގުން އެސަރަހައްދުގައި ޓީ.އެމް.އޭ ގެ 10 ސީޕްލޭންއާއި ފްލައިމީގެ މަތިންދާބޯޓެއްވެސް ހަރަކާތްތެރިވެފައިވޭ. ގެއްލުނު ފަޅުވެރިންގެ ތެރެއިން ދިވެހި މީހާ ފެނިފައިނުވާއިރު، މި މީހާ ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުން.
އެދޯނިން ދަތުރުކުރަމުންދިޔަ ތިންފަޅުވެރިންގެ ތެރެއިން ދިވެހި މީހާ އަދި ފެނިފައިނުވެއެވެ. މިއަދު ހެދުނު ފެނިފައިވަނީ ބަންގްލަދޭޝް ދެމީހުންނެވެ. ދޯނީގެ ކެޕްޓަން ކ. ގުރައިދޫ / ނަލަވާ، އާދަމް ޝަފީޤް (32އ) ހޯދުމުގެ މަސައްކަތް ވައިގެ މަގުންނާއި ކަނޑުމަގުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.
“އަލަމާ 5” ދޯނި އަޑިއަށް ގޮސްފައި ވަނީ، ވ. އަތޮޅު ފުއްސަރު ފަޅާ ދިމާލު ހަތަރު ނޯޓިކަލް މޭލު ބޭރުން ދަތުރު ކުރަމުން ދަނިކޮށް، މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެންނެވެ.
މި ދޯނި ދިޔަވާ ކަމުގެ ޚަބަރު އެމްއެންޑީއެފަށް ލިބިފައި ވަނީ ހޯމަދުވަހުގެ ރޭ 23:22 ކަންހާއިރުއެވެ. އެ ވަގުތުން ފެށިގެން އެމްއެންޑީއެފްއިން ދިޔައީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.