މަޢުލޫމާތު
ސިއްޙަތާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ލޮލުން ދެނެގަންނާނެ ގޮތް

އިންސާނާގެ ސިއްޙަތާއި ގުޅޭ މުހިންމު މަޢުލޫމާތުތަކެއް، އެމީހެއްގެ ލޮލަށް ބަލައިގެން ދެނެގަނެވިދާނެއެވެ. ނަމަވެސް މިއީ މާގިން މީހުންނަށް ދަންނަކަމެއް ނޫނެވެ. އަމިއްލަ ލޮލަށް ބަލައި، އެމީހެއްގެ ސިއްޙަތު ދެނެގަންނަން މާމޮޑު ސަމާލުކަމެއް ނުދެވޭ މީހުން މިލިޔުން ކިޔާލުމަށްފަހު، ލޮލަށް ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

އިންސާނާގެ ސިއްޙަތާއި ގުޅިފައިވާ ވަރަށް ގިނަ ކަންކަން އިންސާނާގެ ލޮލާއި ގުޅިފައި ވެއެވެ. މީގެ މާނަޔަކީ، ލޮލުން ފެންނަ ތަފާތު ނިޝާންތަކުން، ލޮލަށް އިޙްސާސްކުރެވޭ އިޙްސާސް ނުވަތަ ލުލުގެ ފެނުމަށް ބަލައިގެން ސިއްހަތާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ފާހަގަކުރެވޭ ވާހަކައެވެ. ލޮލަށް އެއްވެސް ބަދަލެއް ނުވަތަ ލޮލުން ތަފާތު ނިޝާނެއް ފެންނަކަން ފާހަގަކުރެވޭ ނަމަ، އަބަދުވެސް ސިއްޙީ މާހިރެއްގެ ލަފާހޯދުން ބުއްދިވެރިއެވެ. ސަބަބަކީ، ތިބާއަށް ކުރިމަތިވެފައިވާ ކަމަކީ، ތިބާ ހިވެސް ނުކުރާހާ ބޮޑު މައްސަލައެއް ނުވަތަ ބޮޑު ސިއްޙީ މައްސަލައެއް ތިބާއަށް ކުރިމަތިވެފައި ވުމަކީ އެކަށީގެންވާ ކަމެކެވެ.

މި ލިޔުމުގައި ބައެއް ސިއްޙީ މައްސަލަތަކާއި ގުޅިގެން ލޮލުން ފެންނަ ނިޝާންތަކާއި، އެއިން ދޭހަކޮށްދޭ ތަފާތު ސިއްޙީ މައްސަލަތައް މަޢުލޫމާތަށްޓަކައި ހިމަނާލަމެވެ. ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަކީ ކޮންމެ އިންސާނަކަށްވެސް މުހިންމު ކަމެކެވެ. ލޮލުން ރަމްޒުކޮށްދޭ ތަފާތު ނިޝާންތަކަށް ބަލައި، ކުރިމަތިވެފައިވާ ސިއްޙީ މައްސަލަތަށް، އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ބަދަލުވުމުގެ ކުރިން އެނގުމަކީ އެކަމަކުން ރައްކާތެރިވުމަށް ތަފާތު ފިޔަވަޅު އެޅިދާނެ ކަމެކެވެ. ކޮންމެ މީހަކީ އެމީހެއްގެ ލޮލަށް ފަރުވާތެރިވެ، އެމީހެއްގެ ލޮލަށް ލޯ ބަހައްޓައިގެން އުޅޭ މީހަކަށް ވާށެވެ.

ވަރުބަލިކަން

އަހަރަމެން ވަރުބަލިވެފައިވާކަން ލޮލަށް ބަލާލުމުން އެނގިގެންދާނެއެވެ. ވަރުބަލިވުން އިތުރުވާ ވަރަކަށް، އެކަން ލޮލުން ހާމަވާނެއެވެ. އެލާޖިކެއް ކުރިމަތިވެގެން ނޫން ގޮތަކަށް ލޯ ދުޅަވެ ކަންތައްވާނަމަ، ތިބާއަށް ވަރަށް ބޮޑަށް ވަރުބަލިކަން އިޙްސާސްވެފައި ވެއެވެ. ތިބާ ފުރިހަމަ އަރާމެއް ބެނުންވެއެވެ. މިފަދަ ކަންކަން އަޅާނުލާ ދޫކޮށްލުމުގެ ބަދަލުގައި ތިބާގެ ހަށިގަނޑާއި މެދު އަޅާލައި، ރައްކާތެރިވާށެވެ.

ލޮލުގެ ރެޓިނާގެ ތަފަތު މައްސަލަ

ލޮލުގެ ހުދު ކަޅީގައި ތަފާތު ނާރުތައްގޮތުގައި ފްލޯޓާސް ނުވަތަ ހުދު ތަންތަންކޮޅު އުފެދުމަކީ ކުރިމަތިވާ ކަމެކެވެ. ނަމަވެސް މިކަން އާދަޔާޚިލާފަށް ގިނައިން ކުރިމަތިވުމަކީ ލޮލުގެ ރެޓިނާގެ މައްސަލައަކަށް ވުން އެކަށީގެންވެއެވެ. މިއީ ލޮލުގެ ރެޓިނާ ނުވަތަ ލޮލުގެ އެތެރޭގައި، ބޭރުން ފެންނަ މަންޒަރު ކަޅު ކަޅި ތެރެއިން ގޮސް ފޮޓޯއެއްހެން އެޅިގެންދާ، ލޮލުގެ އެތެރޭގައި ސްކްރީނެއް ގޮތުގައި މަސައްކަތްކުރާ ހަމުގެ ފަށަލަ ކޮންމެވެސް ގޮތަކަށް ވަކިވުމުން ނުވަތަ ވަކިވަމުން ދާކަމުގެ ނިޝާނެކެވެ. މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ލޮލުގެ ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުން މުހިންމެވެ.

ކޯނިއަލް އިންފެކްޝަން

ލޮލުގެ ކަޅީގައި ހުދު ކުލައިގެ ތަންކޮޅެއް އުފެދިފައިވާނަމަ، މިއީ އަޅާނުލައި ދޫކޮށްލައިގެން ވާނެކަމެއް ނޫނެވެ. މިއިން ދޭހަކޮށްދެނީ ލޮލުގެ ކޯނިއާގައި އިންފެކްޝަނެއް އުފެދިފައިވާކަމެވެ. މިއީ ވަރަށްބޮޑު ސީރިއަސް މައްސަލައަކަށްވެ، ލޮލުގެ ފެނުން ގެއްލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ލޮލުން ލޭދައުރުވުމުގެ މައްސަލަ

ކުއްލިއަކަށް ލޮލުގެ ފެނުމަށް ބަދަލެއް އައިސް ލޮލަން ފެންނަ މަންޒަރު ނުސާފުކޮށް ފެންނަނަމަ، ލޮލުގެ ލޭދައުރުވުމުގެ މައްސަލައެއް ނުވަތަ ސިކުނޑިއަށް ލޭ ފުނުވައިދިނުމުގެ މައްސަލައެއް އުޅުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ތަފާތު ކަންކަމާއި ގުޅިފައިވާ ސީރިއަސް މައްސަލައަކަށް ވުމުގެ ފުރުޞަތު އެބައޮވެއެވެ. މިއީ އަޅާނުލާ ދޫކޮށްލަން ވާނެ ކަންކަމެއް ނޫނެވެ. މައިގްރޭން ފަދަ ސިއްޙީ މައްސަލަތައް ކުރިމަތިވާން އުޅުމުންވެސް، މިފަދަ ގޮތަކަށް، ބައެއްފަހަރު ލޮލުގެ ފެނުން ނުސާފުވެއެވެ.

ކޮލެސްޓްރޯލް މަތިވެފައިވާކަން

ތިބާއަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ނުވެފައި، ލޮލުގެ ކަޅު ކަޅީގައި ހުދު ނުވަތަ މުށި ކުލައިގެ ރިންގެއް ވާނަމަ އެއިން ބުނެދެނީ ތިބާއަށް ސިއްޙީ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމެވެ. މިގޮތުން ތިބާގެ ކޮލެސްޓްރޯލް ލެވެލެ މަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ނުވަތަ މިފަދަ އެހެން މައްސަލަޔެއް ކުރިމަތިވުން ވެއެވެ. މިފަދަ ނިޝާނެއް ފެންނަން ހުރި ނަމަވެސް، ތަދުވުން ނުވަތަ އުދަނގޫވުމެއް އިހްސާސް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިފަދަ އަލާމާތެއް ލޮލުން ފެންނަ ނަމަ، ޑޮކްޓަރަކަށް ދައްކައި ޓެސްޓު ހެދުން ބުއްދިވެރިއެވެ.

އެލާޖީއެއް ކުރިމަތިވެފައިވާކަން

އާދަޔާ ޚިލާފަށް ލޯ ރަތްވެ، ލޮލުން ގިނައިން ފެން އުފެދިފައިވާނަމަ، މިއީ ކޮންމެވެސް ބާވަތެއްގެ އެލާޖީއެއްގެ ނިޝާނެކެވެ. އަދި ތިބާއަކީ އެއްވެސް އެއްޗަކަށް އެލާޖިކް ނުވާ މީހެއްނަމަ، ޑޮކްޓަރަށް ދައްކައި ކުރިމަތިވެފައިވާ މައްސަލައެއް ދެނެގަންނަން ޖެހެއެވެ.

ގްރޭވިސް ޑިޒީސް

ތިބާގެ ލޯ އާދަޔާޚިލާފަށް ދުޅަވެ، ބޮޑުވެ، “ބަގް އައި” ބަޅިދެއްގެ ގޮތަށް ލޯ ބޮޑުވެފައިވާނަމަ، ތައިރޯޑް މައްސަލައެއް ކަމުގައިވާ، “ގްރޭވިސް ޑިޒީސް” ކުރިމަތިވެފައިވުން އެކަށީގެންވެއެވެ. އަދި މިފަދަ ނިޝާންތައް ހުންނަނަމަ، އާދަޔާ ޚިލާފަށް ބަރުދަން ލުއިވެ، ހިތުގެ މައްސަލަ ކުރިމަތިވެފައިވުމަކީ އެކަށީގެންވެއެވެ. މިފަދަ ކަންކަން އާދައިގެ ގޮތަކަށް ނެގުމުގެ ބަދަލުގައި، ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުން ބުއްދިވެރިއެވެ.

ލިވާ މައްސަލަ

ލޯ ރީނދޫވުމަކީ، އެމީހަކަށް ލިވާ މައްސަލަ ކުރިމަތިވެފައިވާކަމުގެ ނިޝާނެކެވެ. އަދި މިފަދަ ކަންކަމަށް މާބޮޑު ސަމާލުކަމެއް ނުދީފިނަމަ، މިއީ، ދިރިއުޅުމާއި، މަރާއި ގުޅުފިފައިވާ ކަމަކަށް ވުންވެސް އެކަށީގެންވެއެވެ. ލޮލުގެ ހުދުކަޅީގައިވާ ހުދުކަމަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެއެވެ. މިގޮތުން އެއްވެސް ބަދަލެއް އަންނަކަން ފަހަގަކުރެވޭނަމަ، ޑޮކްޓަރަކަށް ދެއްކުން ބުއްދިވެރިއެވެ.

ހަމުގެ ކެންސަރު

ހަމުގެ ކެންސަރުގެ ވައްތަރެއްކަމުގައިވާ “ބޭސަލް ސެލް ކާސިނޯމަސް” ފުރަތަމަ ފެނިގެން ދަނީ ލޮލުގެ އެސްފިޔައިންނެވެ. އަޅާ ނުލެވިއްޖެނަމަ، ސީރިއަސް ހާލަތަށް ދިޔުމަކީ ދުރުކަމެއް ނޫނެވެ. ލޮލުން އާދަޔާޚިލާފަށް ގިނައިން ދޮސް އުފެދި، އެސްފިޔަ ފާރުވެ، އެސްފިޔަތައް ފައިބާނަމަ، ވީއެންމެ އަވަހަކަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދާށެވެ.

  1. ވވ ރަގަޅު