މަޢުލޫމާތު
ރައްކާކުރި ހުރިހާ ފައިސާ މާމަ ކުއްޖެއްގެ ކައިވެންޏަށް ޚަރަދުކުރުމުންވެސް ކައިވެނި ޕާޓީއަށް ނުވެއްދި

އުމުރުން 78 އަހަރުގެ އެގްނެސް އޭނާއަށް މާމަ ކިޔާ އަންހެން ކުއްޖެއްގެ ކައިވެންޏަށް އޭނާ ދިރިއުޅުމުގައި ރައްކާކުރި ހުރިހާ ފައިސާއެއް ޚަރަދުކުރެއެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި، މިއަންހެންކުއްޖާ ކަމުގައިވާ ކްލެރާ، އޭނާގެ ކައިވެނި ޕާޓީގެ މެހުމާނުންގެ ލިސްޓުން މާމަގެ ނަން އުނިކޮށް، ކައިވެނި ޕާޓީއަށް ނުވެއްދިއެވެ. އަދި ހީވެސް ނުކުރާގޮތަކަށް ކްލެރާގެ ނަސީބު ބަދަލުވެ، ހިތާމަ އަދި ބަދުނަސީބު ކްލެރާއާއި ކުރިމަތިވެއެވެ. މިއީ އިޙްސާންތެރިކަން ބަލައިނުގަތުމުން ކުރިމަތިވީ ކަމެއް ކަމުގައި ވުމަކީވެސް އެކަށިގެންވާ ކަމެކެވެ.

އެގްނަސްގެ ފިރިމީހާ އެޑްވާރޑް މަރުވިއިރު، އޭނާގެ އުމުރަކީ 75 އަހަރެވެ. އަދި އެއަށްފަހު، އޭނާގެ ސިއްހީ ހާލަތު ގޯސްވުމާއި ގުޅިގެން ކުދިންނާއި، އާއިލާ އެކުގައި ދިރިއުޅުމަށް ނިއުޔޯކް ސިޓީ އަށް ބަދަލުވެއެވެ. ފުރަތަމަ ދުވަސްކޮޅުގައި، ދަރިފުޅާއި، ދަރިފުޅުގެ އާއިލާ ވަރަށް އަޅާލައި، ރަނގަޅެވެ. ނަމަވެސް ދަރިފުޅަށް މަންމަގެ ހަނދާނުގެ މައްސަލަ ހުންނަކަން އެނގުނު ހިސާބުން ކަންތައް ބަދަލުވާން ފަށައިފިއެވެ.

އެގްނަސްގެ ފިރިހެންދަރި ޓިމޮތީ އަދި އޭނަގެ އަންހެނުން ލިންޑާ، ކޮންމެ ދުވަހަކު ދެބަސްވެ، މަންމަ މުސްކުޅިން ތިބޭ ތަނަކަށް ބަދަލުކޮށްލަން ދައްކާ ވަހަކަ އެގްނަސްއަށް އިވެއެވެ. ނަމަވެސް މި އަޑުތަކާއި ގުޅިގެން އެއްވެސް ވާހަކައެއް އަދި ޝަކުވާއެއްވެސް ނުކޮށް، ހުރިހާ ހިތާމައެއް އަމިއްލަ ހިތުގައި ރައްކާ ކުރެއެވެ. ފިރިމީހާ މަރުވުމަށްފަހު އެގްނަސްގެ އޮތް ހަމައެކަނި އުއްމީދަކީ، އޭނާގެ މާމަ ދަރިފުޅު ކައިވެނިކުރާތަން އޭނާއަށް ފެނުމެވެ. މިއުފާ ފިރިމީހާ އަށް ނުފެނު ކަމުގައި ވިޔަސް، މި ހުވަފެން ހަޤީޤަތަކަށް ހެދުމަށް އެތައް އަހަރުތަކެއް ކުރިން ފައްޓައިގެން އެގްނަސް އަބަދުވެސް ފައިސާ ރައްކާކުރެއެވެ.

ކައިވެނީގެ ވަގުތު އައިސް ކައިރިވިއިރު، މާމަ ދަރިފުޅުގެ ކައިވެންޏަށް، އެގްނަސް 25000 ޑޮލަރު ރައްކާކުރެވިފައި ވެއެވެ. އަދި މިފައިސާ އޭނާގެ ދަރިފުޅު ޓިމޮތީއާއި ހަވާލުކުރެއެވެ. ފައިސާ އަތުލުމަށް ފުރަތަމަ ދަރިފުޅު ދެކޮޅު ހެދި ނަމަވެސް، އަންހެނުން ލިންޑާގެ ބަހަށް ނެގުމަށް އެއްބަސްވެއެވެ. އެގްނަސް ބުނިގޮތުން އެހުރިހާ ފައިސާއަކީ، މާމަ ދަރިފުޅުގެ ކައިވެންޏަށް ހަދިޔާއަކަށް އޭނާ އަހަރުތަކެއް ކުރިން ފަށައިގެން ރައްކާކުރި ފައިސާއެވެ.

ކައިވެނި ހަފްތާއަށް ވެފައި ވަނިކޮށް އެގްނަސްގެ މާމަދަރި ކަމުގައި ކްލެރާގެ ވާހަކައިން މުޅިއާއިލާއަށް ހައިރާންކަން ގެނުވައެވެ. ކްލެރާ ބުނިގޮތުން އޭނާގެ ކައިވެނީގެ ހުރިހާ ޚަރަދެއް މާމަ ދިނުމަކީ މާމަ ކައިވެނި ޕާޓީއަށް ދައުވަތުދީ ގެންނަންޖެހޭ ކަމެއް ނޫނެވެ. މާމަގެ ހަނދާން ނެތުމުގެ ކަންތައް އަންނަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުން ކަމަށެވެ. ކްލެރާ އޭނާގެ މައިންބަފައިން ކައިރީ ހުވާކޮށްފައި ބުނީ، މާމަ ކައިވެނީގެ ހަފްލާއަށް އަދި ޕާޓީއަށް ވަދެފިނަމަ، ކައިވެނި ނުކޮށް ހުއްޓާލާނެ ކަމަށެވެ. އަދި މިފަދައިން ކްލެރާ ބުނެފައިވަނީ ސިއްރުންވެސް ނޫނެވެ. މާމަ އެގްނަސް އަށް އަޑު އިއްވަން ވެގެން އަޑުއިވޭވަރަށް ބާރަށެވެ.

ކްލެރާގެ މިވާހަކަތަކުން ލިބުނު ހިތްދަތި ކަމުގެ ސަބަބުން އަދި އެގްނަސް ތަޙައްމަލުކުރާ ހިތްދަތި ދިރިއުޅުމުގެ ސަބަބުން، އޭނާގެ ހަނދާން ނެތުމުގެ މައްސަލަ އިތުރަށް ގޯސްވިއެވެ. މިކަމަކީވެސް، ދަރިފުޅުގެ އާއިލާއަށް އެގްނަސް މުސްކުޅިން ބަލަހައްޓާ ނާސިންގ ހޯމްއަކަށް އެގްނަސް ބަދަލުކޮށްލުމަށް ލިބިގެންދިޔަ އިތުރު ރަނުގެ ފުރުޞަތެއްގެ ގޮތުގައި އެމީހުން ދެކުނެވެ.

ކައިވެނީގެ ހަފްލާ އޮތް ދުވަހު އެގްނަސް މުސްކުޅިން ބަލަހައްޓާ ނާސިންގ ހޯމަކަށް އޭނާގެ އާއިލާއިން ބަދަލުކުރިއެވެ. މިކަން ވެގެން ދިޔައީ އެގްނަސްއަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްދަތިކަމަކަށެވެ. ނަމަވެސް ކްލެރާގެ ކާވެނީގެ ދުވަހު ކުރިމަތިވެގެން ދިޔައީ އެއަށްވުރެ ބޮޑު ހިތާމައެކެވެ.

އެގްނަސް، އޭނާ ވަކިމީހަކު ނޭނގޭ ގޮތަށް ހެދުން އަޅައި، މާމަދަރިފުޅުގެ ކައިވެނި ހަފްލާ އަދި ޕާޓީގައި ބައިވެރިކޮށްދިނުމަށް އެދި، ދަރިފުޅު ޓިމޮތީ ކައިރީ ރޮއި އާދޭސްކުރުމުން، އެގޮތަށް އެއްބަސްވިއެވެ. މަންމަގެ އެދުން ބޮލާލައި ޖަހަން ނުކެރިގެން، އެންމެފަހުން މަންމަ ބުނިފަދައިން ޓިމޮތީ ކަންތައް ކުރިއެވެ.

އެގްނެސް ކައިވެނި ހަފްލާއަށް އާދެވުނު އިރު، ކައިވެނި ކުރުމަށް ތައްޔާރުކޮށްފައިވާ ތަނުގައި އަޑުގަދަކޮށް ޒުވާބުކުރާ އަޑު އިވެއެވެ. ކައިރިއަށް އައުމުން އެއީ ކްލެރާ އަދި އޭނާގެ ވާންއުޅޭ ފިރިމީހާގެ އަޑުކަން އެގްނަސްއަށް އެނގެއެވެ.

އެގްނެސްއަށް އެނގުނު ގޮތުގައި، ކައިވެނި ކުރަން އުޅުނު ފިރިހެން ކުއްޖާ ކައިވެނި ކުރުމަށް ދެކޮޅު ހެދީއެވެ. ފިރިހެން ކުއްޖާ ބުނާ އަޑު އިވުނެވެ. މުސްކުޅި މައިންބަފައިންނަށް އިޙްތިރާމް ނުކުރާ މީހަކާއި، އިންނަން އޭނާ ބޭނުން ނުވާކަމުގައި އޭނާ ބުނެއެވެ. އަދި އިތުރަށް ބުނިގޮތުގައި، މާމަ މިކައިވެނި ހަފްލާއަށް ޚަރަދުކުރުމުންވެސް، އޭނާ މިހަފްލާއަށް ގެންނަން ކްލެރާ ލަދުގަތީ އޭނާއަށް ކުރިމަތިވެފައިވާ ބައްޔަކާއި ގުޅިގެންކަން އަދިވެސް އޭނާއަށް ޤަބޫލުކުރަން ދަތި ކަމަށެވެ. އަދި މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށާއި، އެފަދަ ފަރާތަކާއި އެކު ދިރިއުޅެން އޭނާ ބޭނުންނުވާ ކަމުގައި ތަކުރާރުކޮށް ބުނަމުންދިޔައެވެ. އަދި އެދެމީހުންވެސް ކޮންމެވެސް ދުވަހަކުން މުސްކުޅި ވާނޭ ކަމަށާއި، އަދި މިއީ އަމިއްލަ ކާފަ، މާމަ ދަރިން ލައްވާ ކަންކުރުމަށް ބޭނުންވާގޮތްތޯ ފިރިހެން ކުއްޖާ ސުވާލު އުފެއްދިއެވެ. ފިރިހެން ކުއްޖާ ހިތަހަމަ ނުޖެހުމާއިއެކު ކައިވެނި ހަފްލާ ދޫކޮށް ދެއެވެ.

އެމީހަކު އެހެން މީހުންނާއި މެދު ކަންކުރާ ގޮތަށް އެމީހަކަށް ކަންތައް ކުރިމާތިވާނެކަން މިހާދިސާއިންވެސް އެގެއެވެ. ކްލެރާ އޭނާގެ ކައިވެނި ހަފްލާގައި އެގްނަސް ބައިވެރި ނުކުރުމަށް މަސައްކަތް ކުރުމުންވެސް، އެކައިވެނި ހަފްލާގައި ބައިވެރި ވުމުގެ ފުރުޞަތު އެގްނަސް އަށް ލިބިގެންދެއެވެ. ނަމަވެސް، ކައިވެނި ހަފްލާގައި، ކްލެރާ އެގްނަސް ދިން ހިތާމަ އަނބުރާ ކްލެރާއަށް ކުރިމަތިވެއެވެ. މިކަމުންވެސް ކްލެރާއަށް ދިރިއުޅުމާއި ގުޅޭ ޚާއްސަ ފިލާވަޅެއް ދަސްވިއެވެ. ނަމަވެސް އެންމެ އުދަނގޫ ގޮތަށެވެ.

މާމަ އެގްނަސްއަށް ދަސްވީ ފިލާވަޅަކީ، އަމިއްލަ އުފާތަށް އެހެން މީހުން އުފާކޮށްދިނުމަށް އެމީހެއްގެ ހުރިހާ އުފަލެއް ގުރުބާން ކޮށްލުމަކީ ކުރަން ހެޔޮވާވަރުކަމެއް ނޫންކަމެވެ. އަމިއްލަ ހިތްހަމަޖެހުމާއި، އުފާ އިސްކުރުމާއެކު، އެހެންމީހުންނަށް އެހިތްހަމަޖެހުން ގެނައުން ބުއްދިވެރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!