މަޢުލޫމާތު
ދުނިޔެ ތިބާގެ ހިނިތުންވުން ބަދަލުކުރުމަށް ޖާގަ ނުދީ، ތިބާގެ ހިނތުންވުމުން ދުނިޔެ ބަދަލުކުރުމަށް އިސްކަންދީ

ހިނިތުންވުމަކީ، އާދައިގެ ކަމެއްގެ ގޮތުގައި އަހަރަމެންނަށް ސިފަވިކަމުގައި ވީނަމަވެސް، ހިނިތުންވުމަކީ ވަރަށް ބާރުގަދަ އެއްޗެކެވެ. ހިނިތުންވުމުގެ ބާރުން، ތިބާ ދިރިއުޅޭ ދުނިޔެ ބަދަލުކޮށް ލުމުގެ ބާރު ތިބާއަށް ލިބިގެންވެއެވެ. ދުނިޔެ ތިބާގެ ހިނިތުންވުން ބަދަލުކުރުމަށް ޖާގަނުދީ، ތިބާގެ ހިނިތުންވުމުން ދުނިޔެ ބަދަލުކޮލުމަށް މަސައްކަތްކުރާށެވެ.

އުފާވެރިކަމާއި، ހިތްހަމަޖެހުމާއި ގުޅިގެން، އަހަރަމެންގެ މޫނަށް އަންނަ ހިނިތުންވުމަކީ، އަހަރަމެން ކޮންމެ އިންސާނަކުވެސް މިދުނިޔޭގައި ކޮންމެ ދުވަހަކު ތަޖުރިބާ ކުރާ، ވަރަށް އާދައިގެ ކަމެކެވެ. ހިނިތުން ވުމަކީ އުފާވެރިކަމުގެ އިހްސާސެއް ނުވަތަ އޭގެ ސަބަބުން އަންނަ ރިއެކްޝަނެއްގެ ގޮތުގައި އެކަނި ނަފްސާނީ އިލްމުވެރިން ސިފަކުރި ނަމަވެސް، ހިނިތުންވުމަކީ އެއަށްވުރެ ބާރުގަދަ، އޭގެ ސަބަބުން އެހިނިތުން އަމާޒުވާ ފަރާތުގެ ހިތާއި، ސިކުނޑި އަދި ފުރާނަޔަށް މާބޮޑަށް އަސަރު ކުރުވާ ކަމެކެވެ.

ހިނިތުންވުމަކީ އެއްގޮތަކަށްވެސް އިންސާނާ ދަސްކޮށްފައިވާ ސިފައެއް ނޫން

ހިނިތުންވުމަކީ އިލާހީގޮތުން އިންސާނާގެ ޠަބީއަތުގައި ލައްވާފައިވާ ސިފައެކެވެ. މިއީ އަހަރަމެން އިންސާނުން ދުނިޔެއަށް އުފަންވުމުގެ ކުރިންވެސް އަހަރަމެންގެ ކިބައިގައިވާ ސިފައެކެވެ. މީގެ ހެއްކަކީ، މާބަޑުގައި ދަރިފުޅު އޮންނައިރުވެސް، ފަހުގެ 3ޑީ ސްކޭންތަކުން ބަނޑުގައިވާ ދަރިފުޅު ހިނިތުންވާ މަންޒަރު އެބަފެނެއެވެ. އަދި ދުނިޔެއަށް އުފަންވުމުންވެސް، އެ ތުއްތު ދަރިފުޅު، ނިދީގައި ނުވަތަ މަންމައަށް ބަލަހައްޓައިގެން އޮވެ ހިނުތުންވާ މަންޒަރު އަހަރަމެންނަށް އެބަފެނެއެވެ، މިގޮތުން، އެހެން ސިފަތަކެކޭ އެއްގޮތަށް، ހިނިތުންވުމަކީ އެއްގޮތަކަށްވެސް އިންސާނާ ދަސްކޮށްފައިވާ ސިފައެއް ނޫންކަން އެނގެއެވެ.

އުފާވެރި މޫނަކާއިގެން އެހެން މީހުންނާއި ކުރިމަތިލުން

ދުނިޔޭގައި ކުރިމަތިވާ ތަފާތު ހިތްދަތި އިޙްސާސްތަކާއި، ނާކާމިޔާބީގެ ސަބަބުން، އަހަރަމެން ގިނަ ބަޔެއްގެ އުފާވެރިކަން ގެއްލި، މޫނުން ހިނިތުންވުން ގެއްލިގެން ދެއެވެ. މިއީ ގިނަބައެއް ކުރިމަތިލާ ހަޤީޤަތެއްވެސް މެއެވެ. ނަމަވެސް، އެމީހާއަށް ކުރިމަތިވެފައި ދެރަ ހިތާމަޔާއި އެކުވެސް އެހެނިހެން މީހުންނާއި، ހިނިތުންވުމާއި އެކު، އުފާވެރި މޫނަކާއިގެން ކުރިމަތިލާ މީހުން މަދުން ނަމަވެސް އަހަރަމެންނަށް ފެނެއެވެ. އެހިނިތުންވުމުން އެތައް ބައެއްގެ ހިތަށް ހިންހަމަޖެހުން ގެނެސްދެއެވެ.

ހިނިތުންވުމަކީ ޞަދަޤާތެއް

ހިނިތުންވުމަކީ ޞަދާޤާތެކެވެ. އޭގެ ސަބަބުން ތިބާގެ ހެޔޮކަން އިތުރުވެގެން ދާނެއެވެ. ޞަދާޤާތަކީ އޭގެ ސަބަބުން ހެޔޮ ޖަޒާ ލިބގެންދާ ޢަމަލެކެވެ. ހިނިތުންވުމަކީ ޞަދަޤާތަކަށް ވުމުގެ އިތުރުން ހިނިތުންވުމަކީ ހިތްތަކުގެ ފަރުވާއެއްވެސް މެއެވެ. ސާދާ ހިނިތުންވުމަކުންވެސް، ހަރުކަށި، އެ ހިތްތަކުގައި ލޯތްބެއް ކުލުނެއް އެކުލެވިފައި ނުވާ ހިތްތައް، މަޑުމޮޅިކޮށް ތިބާއަށް ލަންބާ ލެވިދާނެއެވެ. ހިނިތުންވުމުން، އުފާވެރިކަން ފަތުރައެވެ. ހިނިތުންވުމުން، ތިބާގެ ހިތް އަނެކާއަށް ސާފުކަން ދައްކުވައިދެއެވެ. ތިބާގެ އެއްވެސް ކިބުރުވެރިކަމެއް އަދި ބޮޑާކަމެއް ނެތްކަން އަނެކާއަށް އަންގައި ދެއެވެ. ތިބާގެ ހިނިތުންވުމުން ބުނެދެނީ، ތިބާ ވާހަކަ ދައްކަން ތައްޔާރަށް ހުރިކަމެވެ. އެހިނިތުންވުން އަމާޒުވާ ފަރާތަށް ތިބާގެ ޝައުޤުވެރިކަން ހުރިކަން ހިނިތުންވުން ބުނެދެއެވެ.

ހިނިތުންވުމަކަށް އަގެއް އަދާކުރަން ނުޖެހޭ

ހިނިތުންވުމަކީ ކިތަންމެ ގިނައިން އެސިފަ ތިބާ ދެއްކި ނަމަވެސް، އެއަށް އެއްވެސް އަގެއް އަދާކުރަންޖެހޭ އެއްޗެއް ނޫނެވެ. ނަމަވެސް ހިނތުންވެލަން ނުވެސް ދަންނަ މީހުންވެސް ދުނިޔޭގައި އުޅެއެވެ. މިފަދަ ފަރާތްތަކުގެ ދިރިއުޅުމުން އެއްވެސް އުފާވެރިކަމެއް ހިތްހަމަޖެހުމެއް ސިފަނުވާނެތެވެ. ކިތަންދެ ދަތި އުދަނގޫ ކުރިމަތިވެފައިވީނަމަވެސް، ހިތާމައިގެ ސާލެއް ގައިގައި ލެވިފައި ވީނަމަވެސް، ވީވަރަކުން ހިނިތުންވެލުމަށް މަސައްކަތް ކުރާށެވެ. އެންމެ ހިނިތުންވުމެއްގެ ދެކިލުމަށް އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެންވެސް ބައެއް ލޯބިވެރިން މަސައްކަތްކޮށްފައި އެބަހުއްޓެވެ. ހަމަ މިބީދައިން، ވަކި ޚާއްސަ ހިނިތުންވުމެއްގެ އިންތިޒާރުގައި މުޅި ދިރިއުޅުން ދުއްވާލާ ލޯބިވެރިންވެސް މިދުނިޔޭގައި އެބައުޅެއެވެ. މިއިންވެސް އެނގިގެންދަނީ، ހިނިތުންވުމަކީ، އޭގައި އެއްވެސް އަގެއް އެކުލެވިފައި ނުވި ނަމަވެސް، މިދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ އަގުބޮޑު އަދި އެއިން އެތައްކަމެއް ބަދަލުކޮށްލާ ސިފައެއްގެ ގޮތުގައެވެ.

ހިނިތުންވުމުގެ ސިފައަކީ الله سبحان و تعالىٰ   އަޅުގަނޑުމެންނަށް ދެއްވާފައިވާ މިންނުކުރެވޭނެ ނިޢުމަތެކެވެ. އެނިޢުމަތުގެ ބޭނުން ފުރިހަމަގޮތުގައި، ދުނިޔޭގައި އުފާވެރިކަން ފަތުރައި، ލޯތްބާއި ކުލުނު އިސްކޮށް، ދުނިޔެއިން ނަފުރަތާއި ރުޅިވެރިކަން އަދި އަދާވާތްތެރިކަން ނައްތާލައި، ދުނިޔެ ބަދަލުކުރުމުގެ ބާރު އިންސާނާއަށް ލިބިގެންވެއެވެ.

ދުނިޔޭގައި ތިބާއަށް ކުރިމަތި ކުރުވާ ތަފާތު ކަންކަމާއި ގުޅިގެން ތިބާގެ ހިނިތުންވުން ގެއްލުވާލުމުގެ ބަދަލުގައި، ތިބާގެ ހިނިތުންވުމުން މުޅި ދުނިޔެ ބަދަލުކުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހަކަށް ތިބާ ވާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!