“ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގެ އަންހެން ޑިވިޝަންގެ 8 ވަނަ މެޗުން، ގައްދޫ އާ ދެކޮޅަށް ކުޅެ ރަތަފަންދޫއަށް މޮޅުވެއްޖެއެވެ.
ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިރޭ ކުޅުނު މެޗުން މަޑަވެލި ބަލިކޮށް ފިޔޯރީއިން މެޗު ކާމިޔާބު ކޮށްފައިވަނީ 3-0 ސެޓުންނެވެ.
މިމެޗުގެ ފުރަތަމަ ސެޓުވެސް ރަތަފަންދޫ ޓީމުންވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން ފުރަތަމަ ސެޓު ކާމިޔާބުކޮށްފައިވަނީ 25-17 އިންނެވެ. އަދި ދެވަނަ ސެޓު ރަތަފަންދޫއިން ކާމިޔާބުކޮށްފައިވަނީ 25-20 އިންނެވެ.
މެޗުގެ ތިންވަނަ ސެޓުވެސް ރަތަފަންދޫއިން ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ. އެގޮތުން އެސެޓު ރަތަފަންދޫއިން ކާމިޔާބުކޮށްފައިވަނީ، 25-11 އިންނެވެ.
މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 11 ފާތިމަތު ޖޫޒާން ޒަރީރު އެވެ.
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021″ ގައި މިރޭ ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ފަރެސްމާތޮޑާ އަދި ފިޔޯރީ ޓީމްތަކެވެ. އެގޮތުން މިރޭގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ ފަރެސްމާތޮޑާ އަދި ފިޔޯރީއެވެ. އެމެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ 20:00 ގައެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ފިޔޯރީ އަދި ފަރެސްމާތޮޑާއެވެ.
“ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓިއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.