ޚަބަރު
ޓްރީ ޓޮޕް ހޮސްޕިޓަލުން އެލާރޖީ ފަރުވާއަށް އިމިއުނޯތެރަޕީގެ ހިދުމަތް ތައާރަފްކޮއްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން އިމިއުނޯތެރަޕީގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ކަރުންމަތީ (އީ.އެން.ޓީ) އަދި ނޭވާލާ ނިޒާމުގެ  (ރެސްޕިރޭޓަރީ)ބަލިތަކަށް ހާއްސަ ޑިޕާޓްމަންޓުގެ ފަރާތުން ތައާރަފްކުރާ އިމިއުނޮތެރަޕީގެ ހިދުމަތަކީ ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަށްފަހު އެލާރޖީއެއްގެ އަސަރު ހުރިނަމަ އެއަށް ދެވޭ ފަރުވާއެވެ.

ސްކިން ޕްރިކް އެލާޖީ ޓެސްޓު ހަދަނީ ތަފާތު ވައްތަރުގެ ކުނޑިއަށް، ކާ އެއްޗިއްސަށް ނުވަތަ ހިރަފުހަށް އެލާރޖިކް ވޭތޯ ބެލުމަށެވެ. ސްކިން ޕްރިކް އެލާރޖީ ޓެސްޓިން ހިދުމަތުގެ އެހީގައި ކުޑަ ވަގުތުކޮޅެއް ތެރޭގައި އެއްވެސް އެލާރޖީއެއްގެ އަސަރެތް ހުރިތޯ ތަހްލީލްކުރެވޭނެއެވެ. މި ޓެސްޓުގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ އިމިއުނޯތެރަޕީގެ ހިދުމަތުގެ ލަފާ މެހެމާނުންނަށްޑޮކްޓަރ ދެއްވާނެއެވެ.

މެހެމާނުން އިމިއުނޯތެރަޕީގެ ބޭނުންކުރައްވާނެ ގޮތުގެ އިރުޝާދު ހޯއްދެވުމަށްއެޕޮއިންޓްމެންޓް ހައްދަވަން ޖެހޭނެއެވެ. އިމިއުނޯތެރަޕީ ހިދުމަތުގެ ފުރަތަމަ ލަފާއިން ފެށިގެން، ދިގު މުއްދަތަކަށް މި ތެރަޕީ ކުރިއަށް ގެންދަވަން ޖެހޭނަމަ ޓްރީ ޓޮޕް ހޮސްޕިޓަލުން މެހެމާނުންނަށް ފުރިހަމަ އެއްބާރުލުން ފޯރުކޮށްދެއްވާނެއެވެ.

ޓްރީ ޓްރީ ޓޮޕް ހޮސްޕިޓަލުން ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދެނީ 5 އަހަރުން މަތީގެ މެހެމާނުންނަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ސްކިން ޕްރިކް އެލާރޖީ ޓެސްޓިން އަދި އިމިއުނޮތެރަޕީގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އިސްކޮށް އުޅުއްވަނީ ކަރުންމަތީ ބަލިތަކުގެ (އީ.އެން.ޓީ)ސްޕެޝަލިސްޓް، ޑރ. ޗަންދްރަޝޭކަރް ރަވަލް އާއި ފުއްޕާމޭގެ ޚާއްސަ، ޑރ. ރަގުލާން ރާޖާލިންގަމް އެވެ. ޑރ. ރަވަލް އަކީ މެޑިކަލް މެނޭޖްމަންޓް އަދި އެޑްމިނިސްޓރޭޝަން، ކުއްލި ފަރުވާ، އައި.ސީ.ޔޫ އަދި އޮޓޮލޮޖީ ސާރޖަރީކުރުމުގައި އެތައް އަހަރެއްގެ ތަޖްރިބާ ހޯއްދައިފައިވާ ޑޮކްޓަރެކެވެ. މީގެ އިތުރުން ޑރ. ރަވަލް އަކީ ރަވަލް ސަރޖިކަލް ހޮސްޕިޓަލުގެ ވެރިފަރާތް ކަމުގައިވެސް މެއެވެ. އަދި ދާދިފަހުން ގަވަމަންޓް އޮފް މަހަރާސްޓްރަގެ ހެލްތް ޑިޕާޓްމަންޓްގައި އީ.އެން.ޓީ ސްޕެޝަލިސްޓެއްގެ ގޮތުގައިވެސް މަސަތްކަތް ކުރައްވާފައި ވެއެވެ.

ފުއްޕާމޭގެ ހާއްސަ ޑަކްޓަރު، ޑރ. ރަގުލާން އަކީ ސިއްހީ ދާއިރާގައި ދިހަ އަހަރައްވުރެ ގިނައިން ހިދުމައްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. ރަގުލާން އަކީ އިންޑިއާގެ ޗެޓިނާޑް މެޑިކަލް ކޮލެޖް އަދި ރިސަރޗް އިންސްޓިޓިއުޓްގައި އެސޯސިއޭޓް ޕްރޮފެސަރގެ މަގާމު އަދާކުރައްވާ ބޭފުޅެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!