ޚަބަރު
ރާއްޖޭގެ ހުރިހާ ރަށެއްގައި މާސްކު ނާޅާ މީހުންނާމެދު ފިޔަވަޅު އަޅާން ރައީސް އޮފީހުން އަންގައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މާސްކު އެޅުން މަޖުބޫރުކޮށް، މާސްކު ނާޅާ މީހުންނާމެދު ޤަވައިދުން ފިޔަވަޅު އަޅަން ރައީސް އޮފީހުން އަންގައިފިއެވެ.

މީގެ ކުރިންވެސް ރައީސް އޮފީހުން ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައެވެ. އެހެންނަމަވެސް ފަހަކަށް އައިސް ކޮވިޑް-19 ހަލުވިކަމާއެކު ފެތުރިގެންދާއިރުވެސް މީހުން މާސްކާމެދު ފަރުވާކުޑަކޮށް މާސްކު ނާޅާ ބޭރަށް ނުކުމެ އުޅޭކަމަށް ރައީސް އޮފީހުންވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭގައި ރާއްޖޭގައި އަނެއްކާ ކޮވިޑް ވަރަށް ބޮޑަށް ފެތުރިދާނެ ކަމުގެ އިންޒާރު ދީފައެވެ. އެހެންކަމުން އެޗްޕީއޭ ގައިޑްލައިނާއި ޚިލާފުވެ މާސްކު ނާޅާ މީހުންނާމެދު ފިޔަވަޅު އެޅުމަށް ރައީސް އޮފީހުން މިވަނީ އަންގާފައެވެ.

ހެލްތު މިނިސްޓްރީއާއި ހޯމް މިނިސްޓްރީއަށް ކޮޕީކޮށް ރައީސް އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްފަހު އަމަލުނުކުރާ މީހުންނާމެދު ފިޔަވަޅު އެޅުމަށެވެ. އަދި މާލޭ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް 3000 މީހުންނަށް ބޫސްޓާ ޑޯޒް ދިނުމުގެ ގޮތުން ނޫސަންދަ ކްލިނިކުން ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ބޫސްޓާ ޑޯޒް ޖެހޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން ވަނީ އަންގާފައެވެ.

ރާއްޖޭން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ވެސް އަނެއްކާ ދަނީ އިތުރުވަމުންނެވެ. އެހެންކަމުން އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ވަނީ ހުޅުމާލޭގައި ހަފުލާތަކާއި ހަރަކާތްތައް ބޭއްވުމަށް ދޫކުރަމުންދިޔަ ހުއްދަތައް މަޑުޖައްސާލައި، މާލޭގައި ބާއްވަމުން ދިޔަ ނައިޓްމާކެޓު ވެސް ވަނީ ހުއްޓުވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!