ޚަބަރު
ފަރެސްމާތޮޑާ ޓީމުގެ ރޫހަކީ، ދެގޮތެއް ނުވާ އެޓީމުގެ ސަޕޯޓަރުން

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” އަކީ މުޅި ހުވަދު އަތޮޅުގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތެވެ. ގދ ފިޔޯރީގައި ހިންގާ ޖަމްޢިއްޔާއެއް ކަމުގައިވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ހިންގަމުންދާ އަތޮޅު ކައުންސިލުގެ ވޮލީބޯޅަ މުބާރާތުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަމަކަށް މިހާތަނަށް ފެނިފައިވަނީ،  މުބާރާތުގައި ކުޅެމުންދާ ގދ. ފަރެސްމާތޮޑާ އަށް ނިސްބަތްވާ ޓީމުގެ 7 ވަނަ ކުޅުންތެރިޔާ ނުވަތަ ޓީމުގެ ސަޕޯޓަރުންގެ ޖޯޝާއި ފޯރިއެވެ.

ފަރެސްމާތޮޑާ ޓީމުގެ ސަޕޯޓަރުން — ހުވަދޫ ފޮޓޯ: ހިލްޓަން އާސިފް

މުބާރާތުގެ މިހާތަނަށް އެޓީމުން ފިރިހެން ޑިވިޝަންގެ 4 މެޗު އަދި އަންހެން ޑިވިޝަންގެ 4 މެޗު ކުޅެފައިވާއިރު މެޗު ބަލާލަން ދިޔަ ކޮންމެ ފަހަރެއްގައިވެސް ފެނިގެން ދިޔައީ ޓީމުގެ ސަޕޯޓަރުންގެ ޖޯޝާއި ފޯރިއެވެ. އެހާމެ ފޯރިގަދަކޮށް މި މުބާރާތުގެ އެހެން ޓީމަކުން ސަޕޯޓު ނުކުރެޔޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސަޕޯޓަރުންގެ ޖޯޝާއި، ޓީމުގެ ކުޅުންތެރިންގެ ހިތްވަރުން މިހާތަނަށް މިމުބާރާތުގައި އެޓީމުން ވަނީ ރަގަޅު ކުރިއެރުމެއް ހޯދައި ސެމީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ.

ފަރެސްމާތޮޑާ ޓީމުގެ ސަޕޯޓަރުން 30 ވަރަކަށް މިނެޓުގެ ދިގުމިނުގެ ދަތުރެއް ކޮށް ފިޔޯރީއަށް އައިސް ޓީމަށް ހިތްވަރުދީ ސަޕޯޓު ކުރުމުގައި އެރަށު މަސްވެރިންނާއި މަސްވެރި އޮޑިފަހަރުގެ ވެރިންގެ ރޯލުވެސް ހަމަ އެހާމެ ބޮޑެވެ. އެގޮތުން މެޗު އޮންނަ ކޮންމެ ދުވަހެއްގައިވެސް އެރަށުގެ ކޮންމެވެސް މަސް ދޯންޏަކުން ސަޕޯޓަރުންނާއި ޓީމު ގޮވައިގެން ފިޔޯރީއަށް ދަތުރު ކުރަނީ އެއްވެސް އަގަކާ ނުލައެވެ. ހަމަ ރަށު ޓީމަށް އޮތް ލޯތްބާއި ކުޅިވަރަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

ޓީމުގެ ބައެއް ސަޕޯޓަރުންނާ ހުވަދޫ ނިއުސްގެ ފަރާތުން ސުވާލުކޮށްލުމުން ވިދާޅުވީ، ފަރެސްމާތޮޑާ ޓީމުގެ 7 ވަނަ ކުޅުންތެރިޔާގެ މަގާމް އަދާކުރަމުންދަނީ ރަށު ލޯތްބާއި ކުޅިވަރަށް އެރަށުގެ ރައްޔިތުން އަބަދުވެސް ހިތްވަރުދީ ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ޓީމު ބަލިވިޔަސް މޮޅުވިޔަސް ސަޕޯޓަރުން ތިއްބަވާނީ ޓީމަށް ހިތްވަރު ދިނުމުގައި ކަމަށްވެސް ޓީމުގެ ސަޕޯޓަރުން ބުނެއެވެ.

ފަރެސްމާތޮޑާ ޓީމު މިމުބާރާތުގައި ދެން ކުޅުމަށް ހަމަޖެހިފައިވަނީ ސެމީފައިނަލުގެ މެޗު ތަކެވެ. މިމަހުގެ 8 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ސެމީފައިނަލުގެ އަންހެން ޑިވިޝަން އަދި ފިރިހެން ޑިވިޝަންގައިވެސް އެއްކޮޅުން ފަރެސްމާތޮޑާ ޓީމު ބައްދަލު ކުރާއިރު އެދުވަހު ސަޕޯޓަރުންގެ ފޯރި ކުރިއަށްވުރެ ވެސް ގަދަވާނެ ކަން ހަމަ ޔަގީނެވެ. ކުޅިވަރުގެ ރޫޙާ ޚިލާފުނުވެ ކުރިއަށް އޮތް މެޗުތަކުގައިވެސް ސަޕޯޓަރުން ޓީމަށް ހިތްވަރުދިނުމުގައި ދެމިތިބޭނެ ކަމަކީ އެޓީމުގެ މެނޭޖްމަންޓްގެ ވަރަށް ބޮޑު އެދުމެކެވެ.

ކުޅިވަރަކީ ކޮންމެވެސް އެއްބަޔަކު މޮޅުވެ އަނެއްބަޔަކު ބަލިވާނެ ކަމެއްކަން ފަރެސްމާތޮޑާ ޓީމާއި ސަޕޯޓަރުންވެސް ގަބޫލު ކުރެއެވެ. ބަލިވިޔަސް މޮޅުވިޔަސް ފަރެސްމާތޮޑާ ސަޕޯޓަރުން އަބަދުވެސް ތިބޭނީ ފަރެސްމާތޮޑާ ޓީމާއި އެކު ކަމަށް ސަޕޯޓަރުން ބުނެއެވެ. ރޭގެ ދެމެޗުން ބަލިވުމަށްފަހު ވެސް ސަޕޯޓަރުންގެ ހިތްވަރަށް ބަދަލެއް ނާންނަކަން ފާހަގަކުރެވެއެވެ. އަަދި ކުރިއަށް އޮތް މެޗުތަކުގައިވެސް 7 ވަނަ ކުޅުންތެރިޔާގެ ޒިންމާ ސަޕޯޓަރުން އަދާކުރާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!