ހުކުރުން އެރީގެން ގޭރަން އާވޭލޭ ކަންމަންތެން ފައްޓައިގެން މީރެ ވަހާޑާ ދޮވައިގަތެ. ދޮވީ ވަހުން އެކަނިއަސް ބަޑާ ހުރީފައި ގެޔައު. ޔަގީނެ މުޖައްރިބު އާދައިގެ އެއްތެކެ ނުން. ދޮރޮއްޓާއި ގާތެވެނެ ވަރަކަން ވަހާޑާ ގަދެ ބަވެއިކުން. ފާތުމާ ސަހަލި އެއްތެކެ ނުން އަދެ މިވޮންނާ ކައްކައިގެން.
ގޭތެރަން ވަނެވޭލޭ ނެތި ސަލާމަތެކެ. ކަނެ މޭޒާ މަންތާ ހުއްޓޫ ކަނެއްތެއް ހުރުވާހައި. މަނިކާ ކަނެތި ހުއްޓީ އުއްމައްޗޭ އުއްޅޭ ލިޔެނެ ވަރަން. ތަރުކާރީ އޮޑީ ބަތާއި، ހުކުޑާއި، ފާޑެއްގެ ސޯސްއަކަސް ހުއްޓި. ޕާޕަރެސް ހުއްޓި. ފާޑެއްގެ ހުދެ ކުލެޔާ މަންތޭ ހުއްޓީ ކޭކެ ވައްތަރެ އެއްތަކަސް ހުއްޓީ. މަގެ ކުދަން އިންނާ ދިޔެ ގާތުން އޭ ކޭންތެކެހޭ އެހީމައި ބޮނޫ، މަން ނުއެސް އެގެއި އިނގިރޭސި ނަމެކެ ކޫ. “ޓްރެސް ލެޗެސް” އެކަހަލަ އެއްތެކެ ކޫ. ރަނާޑާ ބޮނަން ހުކުޑޭ އަސް އެންމެ ކުދެމިނުން ކާޓުވިއްދެކަސް ނެތިއެ. މަ އެންމެ އަޖާބެވޫ އެހެންވެގެހޯ. ހައްގަން މިބޮނޫ ލައްކަ މީރެ.
ފާތުމާ ގާތުން މީކޮންކަލަ މަހަބަތެކެ ހޭ އަ އެހީމައި ބޮނޫ ފާޑަކަން ރޫޑިއަރާހައި މީ މަހަބަތެކެ ނުން އަ. އަލެ ނަމެކެ ކޫ އަސް. މަ ދޮހާކު އަޑެސް ނުއަހަނެ ނަމެކެ ކޫ. ތީ ޕެރިޕެރި ޗިކަން ރައިސް އަ. ކައިކައި އިދުވައި މަކިރިޔާ ނޯޓަން ނުއެރޫ. މައިހިންނާއިގެން ދަޅޭގެ. ކޭކެޔާ އަދި އެއްކަލަން ކިޔެހެން. ފާތުމާސް ކޫދު ބޮޑެވީ ފަހުން މިހެދެ ހުންނާ ވަރަން އިނގިރޭސި ވެގޮހޯ. ހުކުޑެ އޮޑީ ބަތާޑެކެ އަ ބޮނީ އެއްތެނާ މަން އެގީގެ ކުން. ފާތުމާ މޫނާ ހަދައިގެން ހުޓެ، ބޮނީ މިތަންނެން ސޯސް ވިއްދެކެ އޮޑައިގެން ކަހެންނާޔަ. މީ އަ މިއްތޭ އެއްތައްކޫ. ފާތުމާ ބޮނިޔަސް ދޮގެކެ ނުންކުން މިސޯސް ލައިގެން ކަނެވޭލެ، އެކެކަނަހަތެ ކަޑައިލިޔަސް ނުއެގެންނެއި. އެހައި އަސް މީރެ. މީ ކޮން ނަމެކެ ކިޔަނެ އެއްތެކެ؟ އަހަންނަގެ ދިޔާއި ވެނެ ކަލޯ ބޮނޫ، ޕެރި ޕެރި ސޯސް. މަން ނުކެރުނު އެއްތެކެ ކިޔަންނަން. އާ އިހިނި އަޑާސް އައި ބަޑަން ދިރުވައިލިން.
ކައި ނިންމައިލައި އަތާދޯގެން އަހަ އިންތަންނެން ފޮނި އެއްތެކެ ތަށްޓަކަން އޮޑައިގެން އަހަ ކުރިމަންތޭ ފާތުމާ ބާހުއްޓި. މަން ނުކުރުނެ ނަމާ އަހަންނަން އަސް. އަހަންނަގެ ދިޔެ ބޮނޫ “ޓްރެސް ލެޗެސް” އަ. މިޒަމާނު ކުއްދުނެ އިގިރޭސި ކަމުން އަސް ވޮޅިޔެނެ ވަރާ ނުވެއި. މަވެނެ ފާތުމަން އަސް ކުއްދުނާއި ވާހަކަ ދައްކަނެ ވޭލޭ މިހިދެ ދެއްކެންނޫ އެބަހުން ވާހަކަ. ފޮނި އެއްތާ މީރެކަމުން ބޮނަންނަން އަސް ނުއެގެއި. ކޭކު ރަހަސް ލައި. އަގާން ލީމާ ހަމަ އަގާން ވިރަ ވިރައި ހުއްޓޫ. އަގާން ފެރެތަން ލީ ސަމްސެޔާއެކު. ވަރަން މީރެ މަން ބޮނީގެ. ފާތުމާ މޫނާ ހަދައިގެން ހުޓެފައި އިހީގެ. އެނިމުންނޫ. މަން އެގެއި މަ އެހެން ނޮބޮނެގެން ކަމާ މޫނާ ހަދައިގެން ހުއްޓޫ.
މިލޮކްޑައުނެކެ އާފަހުން ފަތުމާ ނުކައްކައި މީރެ ނޫން އެއްތެކެ. ފާތުމާއި ވެގެން މިވޮންޑީ 30 އަހަރު އެތެރޭއަސް ނުކައްކަނެ ވަރަން މީރެ އެއްތެތި ރަޓާ ލޮކްޑައުން ވީ ފަހުން ކައްކައި. ކައްކަންނަން އަސް “ފާސްޓު”އޭ. މަންއަސް މިހިދެ ވާހަކަ ދައްކަނެ ވެލޭ މިކަހަލަ އިގިރޭސި ބަހަ ބަކިޔެއި. ދިޔާނެގާތުން ދަސްސެނެ އެއްތެތި. އަދި އެންމެ މުޅެ ވިއްދާއްކޫ. މަން ގިނަކަލެ އެއްތެކެ ކައްކަނެތަނާސް ނުފެނެއި. ޓެކްނޮލޮޖީ ޒަމާނެޔާ ވީމައި ފާސްޓް ވޫ. ހަވާދެސް މިހިދެ ދާން ހުޑަންނަން ނުޖެހެއި. މިކްސަރާ ޖަހުވައިލީމައި ނިމުންނޫ. ނުންފަހޭ ޕަކެޓް ހަވާދެ ގަތެމައި ނިމުންނޫ ރެހަ ކައްކަންނަން. އިއްޔޭސް ހަވީރެ ސައިބޮންނަން ހުއްޓޫ މަސްފަތަހޮޅި އަކާއި، ކޭކު ވިއްދެކާއި، ބޮމްބޭ ޓީ އަ ފާތުމާ ހަދާހައި. ލައްކަ މީރެ. މަސްފަތަހޮޅިޔެކެ ފެހީތަނަކަސް، ސައިކެއްކީ ތަނެކަސް މަން ނުއަސް ނުފެނެއި. ލޮކްޑައުން ވީ ފަހުން ވަގުތެކެ ލެބުނެފެހޭ ފާތުމާ އިންނާ “އަނޫޕަމާ” ބަލަންނަން ޓީވީން. އައި އަޅައިއަސް ނުލަން މަން ކޮންތުރާލެކެ. ފާތުމާ ނުލާހިކު ގެވެހި ވެންނެއި. އަދި އެހައި މީރެކޮން ކައްކައި މިލޮކްޑައުން އާ ފަހުން.
އެކަމަކުއަސް ނުއަހައި ނުހުޓީގެން އައި އަހައިލިން ފާތުމަ ގާތުން. ގާމުން މަ ހުކުރަން ގިޔެވޭލޭއަސް ތަ އިންނޫ ގުރުއާން ކޭވަންނަން. ކޯހިދަކު ކެއްކޫ؟ ހާދަހައި އަވަހަން އެ ތި ކެއްކޫ. މައެހެން ބޮނީމައި. ދިޔާއި، ދިޔެ ވެނެމީހާއި، ފާތުމާއި ކައްކައް ޖަހައި އިހެގަތާ. އައްޕާ! ތިކަންކަމާއި ނުވިސްނަހެން. މިގޭ ބަދިގެޔާ މިހިދެ ހުންނާ އޮންލައިން ކޮޓެފައި. އައްޕާ ބެލީކުން ފޭސްބުކުން ހުކުޑެ ހިފައިގެން ކަފެނޭ ހުޓެފައި މީހަކުން ތެނަދުއަން އަހަ ވޯޓާޑެކުން އެއްތެކެ ކަނެ ވީޑިއޯކެ. އޭތި އަދެ ތިކެޔައު. “ވޯޓާ ޑެކު” ޕެރިޕެރި ޗިކަން ރައިސް. އިއްޔޭ ކިޔައު އެތާ ހަވީރޭ ސަޔަން ހަދާހައި ހުންނާ ޚާއްސަ ޕެކޭޖޭ އެއްތެތި. ބޮމްބޭ ޓީ އަކާއި، މަސްރޮއްޓަކާއި، ބަޓަރ ކޭކް ފޮއްތެކެ. ވަރަން އަގެސް ހޯވެންނެއި. ތި ކީ ފޮނި އެއްތާސް އޭ އެތަންނެން ހަދަނެ އެއްތެކް. “ޓްރެސް ލެޗަސް” ވަރަން މީރެ ވެންނެއި. އައްޕެ އެއްތެކެ ނުކިޔައި ނަމާދެކޮށްގެން ޤުރުއާން ކޭވައިގެން ހުންނެއިތި ރީތިކޮން. މަގެ ދިޔެ ބޮނީ.
ދެންތާ މިއެގެންނޫ މިވެނެއެއްތެކެ. ފާތުމާސް މާރިތިވެގެން ސެންޓުޖަހައިގެން އަބަދު “އަނޫޕަމާ” ބަލަންނަން މިއިންނާ މިހެން ވެގެހޯ ކަމާ. ދިޔާނެ މިތޮއު ލޮކްޑައުން ވީމެއި ބަދިގެއާސް ތަޅެ އޮޑުވައިލައި، މިގޭ ބަދިގެޔާސް އޮންލައިން ކޮޓެގެން. ކަނެ ގަޑި ޖެހުންނޫ، ދެންނޫ އޯޑަރެ. އެނެއްކަލައި ތައްޔާރެކޮށްގެން ގެނެން ލިކާސް އަވަސް އެ. ދިޔާނެ ބޮނޫ އެއްތެތި ގެނެގެން ކެއްކީ އައްޓެއި މާރަގަޅެ އަ. މަން ނުއެގެއި ދެން. އައި އެކެބަހަސް ނުކިޔަންނެއި. އެކަމަކު މަން އެގެންނޫ ފަނަރާކަން ނޮއެޑެނީ ލެބުނެ ފަސް ހާސް ރުފިއާ ދިޔާނެ ބޮނަނެ ކޮންމިކަލަކު ދީ މިހިދެ ހުއްސެގެ ކަމާ. ދިޔާނެ ކެތަން ވަރަކަން ބޮނިޔަސް މަ ބޮލާ ގޮވަންނެއިކުން. އިއްސަން ލިކާ އެއްތެނާކުން ބޮއްކޮރާން ގޮހޯ ތޮއްޅެކެ ބާއިގެން އަހަ ވިއްކާހައި ރުފިޔައިކަސް ލެބެންނާ.
ތިވެސް އާޓިކަލް އެއް ދޯ ކީކެ ބުނާނީ