މަޢުލޫމާތު
އިންސާނާގެ ޢަމަލުތަކުން ވާޞިލު ނުވެވޭ މަޤާމްތަކަށް، އޭނާގެ ރިވެތި އަޚްލާޤްގެ ސަބަބުން ވާޞިލު ވެވޭ

އަޚްލާޤަކީ، އިސްލާމް ދީން އެކަމަށް އިސްކަން ދީފައިވާ އަސާސުތަކުގެ ތެރެއިން މަތިވެރި އަސާސެއްކަމުގައި ޚުޠުބާގައި ބުނެއެވެ. އިންސާނާ ކުރާ ޢަމަލުތަކުން އޭނާއަށް ވާޞިލު ނުވެވޭ މަޤާމްތަކަށް، އޭނާގެ ރިވެތި އަޚްލާޤްގެ ސަބަބުން ވާޞިލު ވެވޭކަން މިދީނުގެ ނަބިއްޔާ صلى الله عليه وسلم ވަނީ ބަޔާންކޮށްދެއްވާފައެވެ. 

ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މާނަގައި ވަނީ، ހަމަކަށަވަރުން މުއުމިނާއަށް އޭނާގެ ރިވެތި އަޚްލާޤްގެ ސަބަބުން، ރޭ އަޅުކަންކުރާ ރޯދަވެރިޔާގެ ދަރަޖައާ ހަމަޔަށް ވާޞިލުވެވެއެވެ.

ރޯދަވެރިޔާ އޭޭނާ ހިފާ ރޯދައިގެ ސަބަނުން، ކެއިންބުއިން ދޫކޮށްލައެވެ. ރޭ އަޅުކަންކުރާ މީހާ އަރާމު ކުރުމާއި، ބިދި ދޫކޮށްލައެވެ. ރިވެތި އަޚްލާޤުގެ ވެރިޔާ، ބަދަލު ހިފުމާއި، އަރާރުންވުން ފަދަ ނުބައި ޢަމަލުތަކާއި ދުރުހެލިވެއެވެ. އޭނާ މިވަނީ އޭނާގެ ޠަބީޢަތާ އަރާރުންވާ ކަންތައްތަކުގެ ބުރަތަކާއިމ ވޭންތައް ތަޙައްމަލުކޮށްފައެވެ. މިހެންވެ، ޤިޔާމަތްދުވަހުން އޭނާގެ ހެޔޮކަމުގެ މީޒާން ބަރުވެގެން ދާނެކަމުގައި ޚުޠުބާގއި ބުނެވިފައިވެއެވެ.

ﷲ سبحانه وتعالى‎ އެކަލާނގެ ނަބިއްޔާ صلى الله عليه وسلم ގެ ޚުލްޤުފުޅު ރިވެތިކަމުން އެކަލޭގެފާނަށް ތަޢުރީފުގެ ބަސް ވަޙީކުރައްވާފައި ވެއެވެ. އެކަލޭގެފާނުގެ ތދުވެރިކަމާއި، ހިތްޕުޅު ތިރިކަމާއި، އީޘާރުގެ ސަބަބުން ޢަރަބީން ވަނީ އެކަލޭގެފާނުގެ ރިސާލަތުގެ ކުރީން އެކަލޭގެފާނަށް ތަޢުރީފުގެ ބަސްތައް ބުނެފައެވެ. 

ރިވެތި ސިފަތަކާއި، މާތް އަޚްލާޤުގެ ތެރޭގައި އެހެން މީހުންގެ ޢައިބުތަކާއި، އުނިސިތައް ފޮރުވައި ވަންހަނާކުރުން ވެގެންވާކަމުގައި ޚުޠުބާ ބުނެއެވެ. ﷲ سبحانه وتعالى އަކީ އެކަލާނގެ އަޅުތަކުންނަށް، ކުރެވޭ ނުބައި ޢަމަލުތައް ވަންހަނާކޮށްދެއްވާ ރަސްކަލާނގެއެވެ. އިސްލާމް ދީނުގައި މުސްލިމުން އެމީހުންގެ އައުރަ ނިވާކުރުމަށާއި، އެހެން މީހުންގެ ސިއްރުތައް ރައްކައުތެރިކޮށް ސިއްރުކޮށްދިނުމަށް ގޮވާލާފައި ވަނީ މިހެންވެއެވެ.

މީހަކު ހާމަކަން ބޮޑުތަނެއްގައި، ފުރިހަމަޔަށް އައުރަ ނިވާނުވާގޮތަށް، ފެންވަރަން ހުއްޓައި، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ފެނިވަޑައިގަތެވެ. އެކަމާއި ގުޅިގެން މިންބަރަށް އަރާވަޑައިގެން ހަދީޘްކުރެއްވި ހަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ހަމަކަށަވަރުން އަރަހުށި ﷲއީ، ކޯފާމަޑު، ލަދުވެތިވެ ވޮޑިގެންވާ، އަައިބުތައް ވަންހަނާކޮށްދެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ފެންވަރާއިރު ފަހެ ނިވާވެގަންނާށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވަނީ، އަޅުގަނޑުމެންނަށް އޮޅުމަކުން ކުރެވޭ ހަޑިހުތުރު ޢަމަލުތައްވެސް ވަންހަނާ ކުރުމަށެވެ. ތިމާ އެފަދަ ޢަމަލުތައް ފާޅު ނުކުރާހާ ހިނދަކު މާތްﷲ އިންސާނާގެ އެފަދަ ޢަމަލުތައް ބޭޒާރު ނުކުރައްވައި، ވަންހަނާ ކޮށްދެއްވާނެތެވެ. 

އަޅުގަނޑުމެންނަށް ކުރެވޭ ކުށްފާފަތަކާއި، ހަޑިހުތުރު ޢަމަލުތައް ވަންހަނާކުރުމަކީ، މާތްﷲގެ ފުއްސެވުމާއި، މަޣްފިރަތު ލިބޭނެ ކަމެއް ކަމުގައި ޚުޠުބާ ބުނެއެވެ. ފޮރުވައި ވަންހަނާކޮށްދިނުމުގެ ތެރޭގައި، އަޅުގަނޑުމެންގެ އަޚަކަށް ކުރެވޭ ނުބައި ކަމެއް ފެންނަ ހިނދު އޭނާއަށް ނަސޭހަތްދީ، އޭނާގެ މިކުށް ވަންހަނާކޮށްދިނުން ވެގެންވާކަމުގައި ޚުޠުބާ ބުނެއެވެ.

ﷲ ގެ އަޅުތަކުން ފަޟީހަތްނުކޮށް، އެމީހުންގެ ނުބައި ޢަމަލުތައް ވަންހަނާކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާޚިރަތް ދުވަހުގެ ރައްކައުތެރިކަމަށް އެދޭ މީހެކެވެ. މީސްމީޑިއާގެ ވަޞީލަތް ބޭނުންކޮށްގެން، ޚަބަރުތަކާއި، ފޮޓޯތަކާއި ވީޑިއޯތަށް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި، މުސްލިމުން މިކަމަށް ވަރަށްބޮޑަށް ސަމާލުކަން ދޭންޖެހޭނެއެވެ. އަތުގައި އޮންނަ މޯބައިލް ފީނުގެ ޛަރީޢާއިން، މީހުންނަށް ނޭނގޭގޮތަށް، ތަންތަނާއި، މަންޒަރުތަކާއި، އަޑުތައް ރެކޯޑްކޮށް، ފިތައުލާ ފިތަކުން އެ ސިއްރުތައް ޢާއްމުކޮށްލާ ހިނދު، އެފަދަ ކަންކަން ކުރާ ކޮންމެ މީހަކުވެސް، ދީނުގައި އައިސްފައިވާ ވަޢީދުތަކާމެދު ވިސްނާލަން ޖެހޭނެއެވެ.

ﷲ تعالى ގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވަނީ، އީމާންވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، ޢަމަލު، ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން ވެއެވެ. އެމީހުންނަށް ދުނިޔެއާއި، އާޚިރަތުގެ ވޭންދެނިވި ޢަޛާބު ހުށްޓެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަށް ނޭނގެތެވެ. މިއާޔަތުގައި މާތްﷲ އިންޒާރުގެ ބަސްފުޅު ވަޙީ ކުރައްވާފައިވަނީ، އެފަދަ ޢަމަލުތައް ފެތުރުގެން ދިޔުމަށް އެމީހުން ލޯބި ކުރާތީ ކަމުގައި ޚުޠުބާގައި ބުނެއެވެ.

ފޮރުވައި ވަންހަނާ ކުރުމުގެ މާނައަކީ، މުންކަރާތްތަކާ ދެކޮޅުހެދުން ދޫކޮށްލުމެއް ނުންކަމުގައި ޚުޠުބާގައި ބުނެއެވެ. އަޅުގަނޑުމެންގެ ތެރެއިން މީހަކު މުންކަރާތަކަށް އަރައިގަންނަމުން ދާނަމަ، އޭނާއަށް ނަސޭޙަތް ދިނުން ވާޖިބު ވާނެއެވެ. ކުށްތައް އިޢުލާނުކޮށް ފާޅުކުރާ މީހުންގެ މައްސަލަ ކަމާބެހޭ ފަރާތްތަކާ ހަމަޔަށް ގެންދަން ޖެހޭނެއެވެ. އެއީ އެފަދަ ޢަމަލުތަކުން މުޖުތަމަޢު ރައްކައުތެރު ކުރުމަށް ޓަކައެވެ. މުޖުތަމަޢު މަތިވެރި އަޚްލާޤުގެ ވެއްޓަކަށް ހެދުމަށް ޓަކައި ކަމުގައި ޚުޠުބާގައި ބުނެވިފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!