ޚަބަރު
ރާއްޖެ އާއި ޗައިނާ ދެމެދު މިއަދު 5 އެއްބަސްވުމެއްގައި ސޮއިކުރެވޭނެ: ފޮރިން މިނިސްޓްރީ

ރާއްޖެ އާއި ޗައިނާއާ ދެމެދު ފަސް އެއްބަސްވުމެއްގައި މިއަދު ސޮއި ކުރާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވި ގޮތުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވާންގް ޔީ މިވަގުތު ހުންނެވީ ރާއްޖޭގައި ކަމުން އެމަނިކުފާނާއެކު މިއަދު ބާއްވާ ރަސްމީ ބައްދަލުވުންތަކަށްފަހު 5 އެއްބަސްވުމެއްގައި ސޮއިކުރަން ވަނީ ނިންމާފައެވެ. މިބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް އެމިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއާ ޗައިނާ ދެމެދު މިއަދު ސޮއިކުރެވޭނެ އެއްބަސްވުންތަކުގެ ތެރޭގައި ސިއްހީ ދާއިރާއާ ގުޅުންހުރި އެއްބަސްވުމަކާއި ދަތުރުފަތުރާ ގުޅުންހުރި އެއްބަސްވުމެއްގެ އިތުރުން ހިލޭ އެހީ ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ހިމެނޭ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި ޝާހިދުގެ ދައުވަތަކަށް ޗައިނާގެ ފޮރިން މިނިސްޓަރ މިހާރުވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. މިދަތުރުފުޅުގައި ޗައިނާގެ ފޮރިން މިނިސްޓަރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައްދަލުކުރާގޮތަށް ވަނީ ނިންމާފައެވެ. ރަސްމީ ބައްދަލުވުންތަކަށްފަހު އެކި ދާއިރާތަކުން މަޝްވަރާ ކުރެވިގެން ދާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!