ޚަބަރު
އައު ޝިޕްމަންޓް ލިބެންދެން ޕެޓްރޯލް ވިއްކާނީ ކޮންޓްރޯލްކޮށްގެން: ގަސަމް

ތެލުގެ އައު ޝިޕްމަންޓު ލިބެންދެން އެފްއެސްއެމް އިން ޕެޓްރޯލް ވިއްކާނީ ކޮންޓްރޯލްކޮށްގެން ކަމަށް އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.

ގަސަމް މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި މިވަގުތު އެކުންފުނިން ޕެޓްރޯލް ވިއްކަމުންދަނީ ކޮންޓްރޯލްކޮށްގެން ކަމަށާއި މިމަހު 15 ވަނަ ދުވަހު ތެލުގެ އައު ޝިޕްމެންޓެއް ލިބޭނެކަމަށެވެ.

ގަސަމް ވިދާޅުވިގޮތުގައި ފާއިތުވީ ޑީސެމްބަރމަހު ލަފާކުރި ވަރަށްވުރެ 41 އިންސައްތަ އިތުރަށް ޕެޓްރޯލް ވިކިފައިވާތީ ޕެޓްރޯލްގެ އައު ޝިޕްމެންޓް ލިބެންދެން ޕެޓްރޯލް ވިއްކަމުންދާނީ ކޮންޓްރޯލްކޮށްގެންނެވެ. އަދި ރާއްޖޭގައި ތެޔޮ ވިއްކާ އެހެން ކުންފުނިތަކުގެ އައު ޝިޕްމެންޓުތައް ރާއްޖެ ގެނެވިފައިވާތީ ތެލުގެ ދަތިކަން ކުރިމަތިނުވާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގަސަމް އިތުރަށް ވިދާޅުވީ އެކުންފުންޏަކީ އަބަދުވެސް ވަކިލިމިޓެއްގައި ޕެޓްރޯލް ވިއްކާ ކުންފުންޏެއްކަމަށާއި އެލިމިޓަށްވުރެ އިތުރަށް ޕެޓްރޯލް ވިކުމުން ތެލުގެ އަދަދު ކޮންޓްރޯލް ކުރީ ކަމަށެވެ.

ތެލުގެ ވިޔަފާރީގައި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)އަކީ އެންމެ ވަރުގަދަ ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރި ވަނީ މުޅި ރާއްޖެއަށް ވަނީ ފަތުރާލައިފައެވެ. އެކުންފުނީގެ މައިގަނޑު މަސައްކަތަކީ ތެލާ ގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުން ތެޔޮ ވިއްކުމާއި ތެޔޮ ގެންގޮސްދިނުން އަދި ތެޔޮ ތާނގީތައް މަރާމާތުކޮށް ބަލަހައްޓައިދިނުން ވެސް އެ ކުންފުނީގެ މަސައްކަތުގެ ތެރޭގައި ހިމެނެ އެވެ. ރާއްޖޭގެ އެންމެ ގިނަ ރިސޯޓްތަކަށާއި އިންޖީނުގެތަކަށާއި ވެހިކަލްތަކަށާއި އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުން އަންނަ އުޅަނދުފަހަރަށް ވެސް އެ ކުންފުނިން ތެޔޮ ސަޕްލައިކޮށްދެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!