ރާއްޖޭގެ އުތުރު ރަށެއްގައި ދޮންދަރިއަކަށް އަނިޔާކުރި މައްސލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ ހއ، ހދ، ށ ހިމެނޭ ނޯތް ޑިވިޝަނުގެ ރަށެއްގައި ރޭގެ ވަގުތެއްގައި ކުޑަކުއްޖަކަށް އިހުމާލުވި ކަމަށް ބުނާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހުޤީގުކުރަމުން ގެންދާ ކަމަށެވެ.
އަނިޔާކުރިކަމަށް ރިޕޯޓްކޮށްފައިވަނީ އުމުރުން 10 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އައި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ކުޑަކުދިންނަށް ކުރާ އަނިޔާފަދަ މައްސަލަތަކަކީ އެސާވިސްއިން ވަރަށް ސީރިޔަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށެވެ.