ޚަބަރު
އިންޑިޔާއަށް ދަތުރުކުރާ މީހުން 7 ދުވަހަށް ގޭގައި ކަރަންޓީން ވާން އަންގައިފި

ބޭރު ގައުމަކުން އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކުވެސް, އަންނަ އަންގާރަ ދުވަހުން ފެށިގެން، ހަތް ދުވަސް ވަންދެން ގޭގައި ކަރަންޓީނުވާން ޖެހޭނެ ކަމަށް އެގައުމުން އަންގައިފިއެވެ.

ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓް ފެތުރުން ކޮންޓްރޯލް ކުރުމަށް އިންޑިއާއިން އެޅި އެ ފިޔަވަޅާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ، އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި އެކި ބޭނުންތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިން އެގައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ހަމައެއާއެކު މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.

އިންޑިއާއަށް ދަތުރުކުރާ މީހުން އަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑްލައިން ބުނާ ގޮތުން، 72 ގަޑިއިރުގެ ތެރޭގައި ހައްދާފައިވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ އާއި ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މައުލޫމާތު، އެ ގައުމަށް ދަތުރުކުރުމުގެ ކުރިން، ހުށަހަޅަން ޖެހޭނެކަށެވެ. އަދި އެ ހުށަހަޅާ މައުލޫމާތުގެ ސައްހަ ކަމަށާއި، ކޮވިޑާ ގުޅިގެން އިންޑިއާގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލު ކުރަން އިގުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ “އެއާ ސުވިދާ” ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއްވެސް ހުށަހަޅަންޖެހެއެވެ.

އަދި ހަތް ދުވަހުގެ ކަރަންޓީން ފުރިހަމަކުރުމަށްފަހު ހަދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނެގެޓިވް ވުމުން ގެއިން ނުކުމެވުނު ނަމަވެސް، އިތުރު ހަތް ދުވަސް ވަންދެން އެމީހެއްގެ ސިއްހަތު އަމިއްލައަށް މޮނިޓާ ކުރަން ޖެހެއެވެ.

ރައްކާތެރި ކަމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން، އިންޑިއާއިން ވަނީ އެގައުމަށް ދަތުރުކުރާ ކޮންމެ ފްލައިޓެއްގައި ތިބޭ ފަސިންޖަރުންގެ ތެރެއިން ދެ ޕަސެންޓު މީހުން ރެންޑަމްކޮށް އެއާޕޯޓުގައި ޓެސްޓް ކުރާގޮތަށް ނިންމާފައެވެ. މިފަޔަވަޅުތައް މިހެން ހުރިކަމުގައިވީ ނަމަވެސް، އިންޑިއާއަށް ދަތުރުކުރާ ފަސް އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށް ފަހު ޕީސީއާރު ޓެސްޓު ހައްދާކަށް ނުޖެހެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!