ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: އަންހެންޑިވިޝަންގެ ޗެމްޕިއަނަކަށް ފިޔޯރީ

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއިން ހޯދައިފިއެވެ.

ފިޔޯރީ ޒުވާނުންގެ މަރުކަޒުގެ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުން ފަރެސްމާތޮޑާ ބަލިކޮށް ފިޔޯރީއިން ޗެމްޕިއަންކަން ހޯދާފައިވަނީ ކުޅުނު ތިން ސެޓުވެސް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބު ކޮށްގެންނެވެ.

މިމެޗު ޝަރަފްވެރިކޮށްދެއްވާފައިވަނީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދު އެވެ.

މިމުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާ ފަރެސްމާތޮޑާ އަދި ފިޔޯރީ ޓީމުންވެސް ވަނީ ވަރަށް ބޮޑަށް މެޗަށް ތައްޔާރުވެފައިކަން ފާހަގަކުރެވެއެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފެށިގެން ދެޓީމުންވެސް ވަނީ ވާދަވެރި ކުޅުމެއް ދައްކާފައެވެ. އެގޮތުން އެންމެ ފަހުން ފިޔޯރީ ޓީމާއި ބައްދަލު ކުރި މެޗުން ލިބުނު ތަޖުރިބާގެ އަލީގައި ފަރެސްމާތޮޑާ ޓީމުން ކުޅުން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ވާދަވެރި ކުޅުމަކަށްފަހު ފުރަތަމަ ސެޓު ފިޔޯރީ ޓީމުން ކާމިޔާބުކޮށްފައިވަނީ 25-23 އިންނެވެ.

މެޗުގެ ފުރަތަމަ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ފަރެސްމާތޮޑާ ޓީމުންވަނީ އިތުރަށް ކުޅުން ވަރުގަދަކޮށް އެސެޓުގެ ފެށުން ރަގަޅު ކޮށްފައެވެ. ނަމަވެސް ފިޔޯރީ ޓީމުގެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުން ހިފައި އެސެޓުން ފަރެސްމާތޮޑާގެ މައްޗަށް ކުރިހޯދައި އެސެޓު ފަރެސްމާތޮޑާއިން ވަނި ކާމިޔާބުކޮށްފައެވެ. އެސެޓު ފިޔޯރީއިން ކާމިޔާބުކޮށްފައިވަނީ 26-24 އިންނެވެ.

މެޗުގެ ފަހުސެޓުން ފިޔޯރީއިން ވަނީ ފަރެސްމާތޮޑާގެ މައްޗަށް ކުރިހޯދައި ފަސޭހަކަމާއެކު އެސެޓު ކާމިޔާބުކޮށްފައެވެ. އެގޮތުން ފަހުސެޓު ފިޔޯރީއިން ކާމިޔާބުކޮށްފައިވަނީ 25-9 އިންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ  ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ. ފައިނަލް ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އެވެ.

މުބާރާތުގެ ވަނަވަނަތަކަށް ޝީލްޑް ޙަވާލުކޮށްދެއްވުން

ސަޕޯޓިންގ ޓީމް އަކަށް ހޮވިފައިވަނީ ގދ ފިޔޯރީ ޓީމްއެވެ. އެޓީމަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝާއު އެވެ.

މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ރަތަފަންދޫ ޓީމެވެ. އެޓީމަށް ޝީލްޑް ހަވާލުކޮށްދެއްވީ ގދ ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދުއެވެ.

މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ، ފަރެސްމާތޮޑާ ޓީމްގެ ޖަރޒީ ނަންބަރު 10 މާޔާ ހުސައިން ސަލާހް އެވެ. މާޔާ ހުސައިން ސަލާހް އަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީއެވެ.

މުބާރާތުގެ ބެސްޓް ކޯޗުގެ މަގާމަށް ހޮވިފައިވަނީ ފިޔޯރީ ޓީމުގެ ކޯޗު އަހުމަދު ސައީދު އަދި ފަރެސްމާތޮޑާ ކޯޗު ހަސަން ޝިޔާމް އެވެ. އެބޭފުޅުންނަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ ވާދޫ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲއެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަށް ހޮވިފައިވަނީ، ފިޔޯރީ ޓީމުގެ ޖަރޒީ ނަންބަރު 2 މަރްޔަމް އަފީފާ، ފަރެސްމާތޮޑާ ޖަރޒީ ނަންބަރު 11 ހައްވާ ނާޒިމާ، ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 3 ފާތިމަތު މަޒިއްޔާ، ރަތަފަންދޫ ޓީމުގެ ޖަރޒީ ނަންބަރު 10 އައިޝަތު މާޖިދާ، ފަރެސްމާތޮޑާ ޓީމްގެ ޖަރޒީ ނަންބަރު 10 މާޔާ ޙުސައިން ސަހާޙް ގެ އިތުރުން ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ. މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންގެ މަގާމަށް ހޮވުނު ކުޅުންތެރިންނަށް މަގާމުގެ ޝީލްޑް ހަވާލުކޮށްދެއްވީ ގދ މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ޙަސަންއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ، ފިޔޯރީ ޓީމްގެ ޖަރޒީ ނަންބަރު 7 އާމިނަތު އަރީޝާއެވެ. މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު އާމިނަތު އަރީޝާއަށް ޝީލްޑް ހަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަދި ގދ ހޯނޑެއްދޫ ކައުންސިލްގެ ރައީސް ހުސައިން ވާރިޝްއެވެ.

ގދ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ފަރެސްމާތޮޑާ ޓީމުގެ ޖަރޒީ ނަންބަރު 14 ފާތިމަތު ނިޒްނާއެވެ. ނިޒްނާއަށް ޝީލްޑް ޙަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲ އެވެ.

މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވުނު ފަރެސްމާތޮޑާ ޓީމަށް މެޑަލް ޝީލްޑް އަދި ރަނަރަޕް ޓީމަށް ހުށަހަލާފައިވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲއެވެ.

މުބާރާތުގެ ޗެމްޕިއަންޓީމް، ފިޔޯރީ ޓީމަށް މުބާރާތުގެ ތަށި މެޑަލް އަދި ޗެމްޕިއަންޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން  އަދި މުބާރާތުގެ ޕްލެޓީނަމް ޕާރޓނަރ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދުއެވެ. އަރިހުގައި ހުންނެވީ ގދ އަތޮޅު ކައުންސިލްގެ ރައީސް ޙަސަން ފައިހަތު ގުދުރަތުﷲއެވެ.

މިމުބާރާތުގައި މިރޭ ކުޅުމަށް ހަޖެހިފައިވަނީ ފިރިހެން ޑިވިޝަންގެ ފައިނަލް މެޗެވެ. އެމެޗުގައި ބައްދަލުކުރާނީ ފަރެސްމާތޮޑާ އަދި ފިޔޯރީއެވެ.

މިމުބާރާތުގައި ފަސް ރަށަކުން ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިވި ކޮންމެ ރަށަކުންވެސް ވަނީ ދެ ޓީމު ބައިވެރިކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވި ޓީމްތަކަކީ، ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫގެ އިތުރުން މަޑަވެލިއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!