ޚަބަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: ފައިނަލް މެޗުތައް އިވެންޓްކާސްޓް އިން ލައިވް ކުރަނީ

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ފައިނަލް މެޗުތައް އިވްނެޓްކާސްޓް މޯލްޑިވްސް އިން ލައިވް ކުރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިވެންޓް ކާސްޓްގެ ފަރާތުން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިމުބާރާތުގެ ފައިނަލް މެޗުތައް ލައިވް ކުރުމަށް އިވެންޓްކާސްޓް މޯލްޑިވްސްއިން  ނިންމާފައިވަނީ އަތޮޅުގައި ކުރިއަށްދާ ވޮލީބޯޅައިގެ އެންމެ ބޮޑު މުބާރާތަށް ވުމުން ކަމަށާއި، އަދި އިވެންޓްކާސްޓް މޯލްޑިވްސް އަކީ ލައިވް އިވެންޓްތައް ބޭއްވުމުގައި ތައާރަފްވަމުން އަންނަ ބަޔަކަށްވާތީ، ތައާރަފް ވުމުގެ ބޭނުމުގައާއި އަދި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް އަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިއިވެންޓް ލައިވް ކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް އަގަކާ ނުލައި ކަމަށްވެސް އިވެންޓްކާސްޓް މޯލްޑިވްސް އިން ވިދާޅުވިއެވެ.

މިއަދު ކުޅޭ ފައިނަލް މެޗު އިވެންޓް ކާސްޓް މޯލްޑިވްސްގެ ފަރާތުން ލައިވް ކުރާއިރު، އިވެންޓްކާސްޓް އިންވަނީ ލައިވް ފީޑް ޕީއެސްއެމް އަށް ދިނުމަށްވެސް ނިންމާފައެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ އަންހެން ފައިނަލް އަދި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފިރިހެން ފައިނަލް މެޗުވެސް އިވްންޓްކާސްޓްގެ ލައިވް ފީޑް ބޭނުންކޮށްގެން ޕީއެސްއެމްގެ ޔެސްޓީވީ އިން ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ނިންމާފައިވާ ކަމަށްވެސް އިވެންޓްކާސްޓް އިން ވިދާޅުވިއެވެ.

އިވެންޓްކާސްޓް މޯލްޑިވްސް އަަކީ 2019 ވަނަ އަހަރުގައި ސިޔާސީ ބައެއް ހަރަކާތްތަކާއި އިތުރު މުހިންމު އިވެންޓްތައް ލައިވް ކޮށް ކަވަރ ކުރުމަށް ތިނަދޫގެ ތިން ޒުވާނެއްގެ މެދުގައި އުފެދިގެން އައި ޚިޔާލެއް ކަމަށާއި، އެގޮތުން 2020 ވަނަ އަހަރު އިވެންޓްތައް ލައިވް ކުރުމަށް ބޭނުންކުރާ ބައެއް ސާމާނު ގަނެ ތިނަދޫގައި ކުރިއަށްދިޔަ އެކި އެކި ހަރަކާތްތައް ލައިވް ކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް އިވެންޓްކާސްޓް މޯލްޑިވްސްގެ ޕާޓްނަރ އަދި މާކެޓިންގ މެނޭޖަރ މުހައްމަދު ޔާސިރު ވިދާޅުވިއެވެ.

“އިވެންޓްކާސްޓް މޯލްޑިވްސް އުފެދިގެން އައީ ތިނަދޫގައި އަދި އަތޮޅު ތެރޭގައި ހިނގާ މިފަދަ މުބާރާތްތަކާއި އެހެނިހެން އިވެންޓްތައް ލައިވް ކުރުމަށް  އައި ހިޔާލަކާއި ގުޅިގެން އުފެދިގެން އައި ކުންފުންޏެއް. އަޅުގަނޑުމެން މިހާރު އިވެންޓްތައް ކަވަރ ކުރުމަށް ބޭނުންކުރަމުންދަނީ އެހެނިހެން ސްޕޯޓްސް ޗެނަލްތަކުންވެސް ލައިވް އިވެންޓްތައް ކަވަރ ކުރުމަށް ބޭނުންކުރާ ފެންވަރުގެ ސިސްޓަމް. މިހާތަނަށް ތިނަދޫގައި ބޭއްވުނު ގިނަ އިވެންޓްތައް އަޅުގަނޑުމެން ވާނީ ލައިވް ކޮށްދީފަ.” ޔާސިރު ވިދާޅުވިއެވެ.

އިވެންޓްކާސްޓް މޯލްޑިވްސް އިން މިހާތަނަށްވަނީ ތިނަދޫގައި ހިންގި ގިނަ މުބާރާތްތައް ލައިވް ކޮށްދީފައެވެ. އޭގެ އިތުރުން އެކިއެކި ހަފްލާތައް ލައިވް ކުރުމާއި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ތިނަދޫ އީއޯސީ އިން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންތައްވެސް ވަގުތުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ފައިނަލް މެޗުތައް އިވެންޓްކާސްޓް މޯލްޑިވްސްގެ ލައިވް ފީޑްގައި ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމަންޓް (ފޭސް) ޖަމްއިއްޔާގެ ފޭސްބުކް ޕޭޖް އިން އަދި ޔެސް ޓީވީ އިން ލައިވް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!