ކުޅިވަރު
ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021: އަންހެން ޑިވިޝަންގެ ފައިނަލް މެޗު ފަށައިފި

މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ގދ ފިޔޯރީގައި ކުރިއަށްދާ އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް “ގދ އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗު ފަށައިފިއެވެ.

މިމުބާރާތުގެ ފައިނަލްމެޗު ޝަރަފްވެރިކޮށްދެއްވީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު މުހައްމަދު ރަޝާދުއެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގދ ފަރެސްމާތޮޑާ އަދި ގދ ފިޔޯރީގެ އަންހެން ޓީމެވެ.

މިމުބާރާތުގެ ފައިނަލުގައި ކުޅޭ ފިޔޯރީ ޓީމްވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުގެ އެއްވަނަ ޖާގަ ހޯދާފައެވެ. އަދި ފައިނަލުގެ ދެން ބައްދަލުކުރާ ފަރެސްމާތޮޑާ ޓީމްވަނީ ސެމީފައިނަލުގައި ރަތަފަންދޫ އަންހެން ޓީމާއި ބައްދަލުކޮށް އެމެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ހޯދާފައެވެ.

މިމުބާރާތުގައި ފަސް ރަށަކުން ޖުމްލަ 10 ޓީމު ވަނީ ބައިވެރިވެފައެވެ. މިމުބާރާތް އަންހެން ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާއިރު ބައިވެރިވި ކޮންމެ ރަށަކުންވެސް ވަނީ ދެ ޓީމު ބައިވެރިކޮށްފައެވެ. މިމުބާރާތުގައި ބައިވެރިވި ޓީމްތަކަކީ، ގައްދޫ، ފަރެސްމާތޮޑާ، ފިޔޯރީ، ރަތަފަންދޫގެ އިތުރުން މަޑަވެލިއެވެ.

ގދ.އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ ޓޯނަމެންޓް 2021″ ގެ އެސޯސިއޭޓް ޕާރޓްނަރަކީ ފިޔޯރީ ކައުންސިލް އިދާރާ އާއި، ފިޔޯރީ ޔޫތް ސެންޓަރެވެ. އަދި ޕްލެޓިނަމްޕާޓްނަރެއްގެ ގޮތުގައި އެސްޓީއޯ ހަމަޖެހިފައިވާ އިރު މި މުބާރާތުގެ މީޑިއާ ޕާރޓަނަކީ ހުވަދޫ މީޑިއާއެވެ. މުބާރާތުގެ ފޮޓޯ ތައް ނެގުމަށް ނަލަފޮޓޯ ވަނީ ފޮޓޯގްރަފީ ޕާޓްނަރެއްގެ ގޮތުގައިހަމަޖައްސާފައެވެ. އަދި ޕްރިންޓިންގ ޕާޓްނަރެއްގެ ގޮތުގައި ނޯވާޓެކް ވަނީ ހަމަ ޖައްސާފައެވެ. މި މުބާރާތުގެ އޮފިޝަލް ކިޓް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ވައިޓްރެބިޓެވެ. އަދި ފައިނަލް މެޗު  އިވެންޓްކާސްޓް މޯލްޑިވްސްގެ ލައިވް ފީޑް ބޭނުންކޮށްގެން ފޭސް ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖް އަދި ޔެސް ޓީވީ އިން ކުރާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!