މަޢުލޫމާތު
ދެ އަހަރު އުފަންވެފައިވާ ވަރަށް ޚާއްސަ އެއްމާބަނޑު ދެކުދިން

މިލިޔުމުގައި ގެނެވިފައިވާ އެއްމާބަނޑު ދެކުދިންނަކީ އެއްމާބަނޑު އެހެން ކުދިންނާއި ވަރަށް ތަފާތުކޮށް، ތަފާތު ދުވަހެއްގައި، ތަފާތު މަހެއްގައި، އަދި ވަކިން ޚާއްސަކޮށް ތަފާތު ދެއަހަރުގައި އުފަންވެފައިވާ އެއްމާބަނޑު ދެކުދިންނެވެ.

މިހުރިހާ ކަމެއް މިހެން ހުރިނަމަވެސް، މި ދެކުދިން ދުނިޔެއަށް އުފަންވެފައިވަނީ އެންމެ 15 މިނެޓުގެ ތަފާތުކޮށެވެ. އެމެރިކާގެ ކެލިފޯނިއާ ސްޓޭޓަށް އުފަން މިދެކުދިންނަކީ ވަރަށްވެސް ޚާއްސަ ދެކުދިންނެވެ. ފުރަތަމަކަމަކީ، ދެކުދިންނަކީ ދެޖިންސުގެ ދެކުދިންނަށް ވުމެވެ. ފުރަމަ ކުއްޖާ އެކުދިންގެ މަންމަ ވިހާފައިވަނީ ފާއިތުވީ 2021 ވަނަ އަހަރުއެވެ. އަދި ދެވަނައަށް އުފަންވި އަންހެން ކުއްޖާ، އުފަންވެފައިވަނީ މިހިނގާ 2022 ވަނަ އަހަރުގައެވެ.

ފިލިޕީންސް ދެމަފިރިއަކަށް މިފަދަ ގޮތަކަށް ދެއަހަރަށް ވާގޮތަށް އެއްމާބަނޑު ދެޖިންސްުގެ ދެކުދިން ލިބުމުން ދެމަފިރީން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ދެމަފިރިން ޤަބޫލުކުރާގޮތުން، އެމީހުންގެ އާއަަހަރުގެ މިހަދިޔާ ވަރަށްވެސް ޚާއްސަ ކަމަށެވެ.

މިޚާއްސަ އެއްމާބަނޑު ދެކުދިން އުފަންވެފައިވަނީ ކެލިފޯނިޔާގެ ސެލިނާސްގެ ނެޓިވިޑަޑް މެޑިކަލް ސެންޓަރަށެވެ. އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖުގައި މިފަދަ ގޮތަކަށް އެއްމާބަނޑު ދެކުދިން ދެއަހަރެއްގައި އުފަންވެފައިވާކަން ހާމަކުރުމުގެ އިތުރުން މިއީ މަދުން ނޫނީ ކުރިމަތިނުވާ ކަމެއްގެ ގޮތުގައި 2 ޖެނުއަރީ 2022 ގައި ޕޯސްޓްކޮށްފައި ވެއެވެ.

މިފަދަ ގޮތަކަށް ތަފާތު ދެއަހަރުގައި އެއްމާބަނޑު ކުދިން އުފަންވަނީ ނިސްބަތުން ވަރަށް މަދުންނެވެ. އެ ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖު ޕޯސްޓެއްގައި ބުނެފައިވާގޮތުން އެއްމާބަނޑު ކުދިން މިގޮތަށް ދެއަހަރުގައި އުފަންވުމުގެ ފުރުޞަތު އޮންނަނީ ދުނިޔެއަށް އުފަންވާ ކޮންމެ 2 މިލިޔަން ކުދިންގެ ތެރެއިން 1 ކުއްޖެކެވެ.

މިދެކުދިންގެ ތެރެއިން ފުރަތަމަ އުފަންވި ފިރިހެން ކުއްޖާ އުފަންވެފައިވަނީ 31 ޑިސެމްބަރ 2021 ވަނަ ދުވަހުގެ ރޭ 11:45 ގައެވެ. އޭގެ ބަރާބަރު 15 މިނެޓް ފަހުން، 1 ޖެނުއަރީ 2022 ވަނަ ދުވަހު 00:00 ގައި ދެވަނަ ކުއްޖާ، (އަންހެން ކުއްޖާ) ވިހައި، އެ ހޮސްޕިޓަލަށް މިހިގާ 2022 ވަނަ އަހަރު ފުރަތަމަ ވިހެއި ކުއްޖާގެ ޝަރަފުވެސް، މިކުއްޖާއަށް ވަނީ ލިބިފައެވެ.

މިފަދަގޮތަކަށް އެއްމާބަޑު ދެކުދިން ލިބުމުން އެކުދިންގެ މަންނަ ފާތިމާ ހުރީ ޤަބޫލުކުރަން ދަތިވެ، އުފަލުން ފޮޅިފައެވެ.

މިދެމަފިރިންނަށް ކުރިން 3 ކުދިން ލިބިފައިވާއިރު، ދޮށީ ދަރިފުޅަކީ ފިރިހެން ކުއްޖެކެވެ. އެއަށްފަހު ހަގަށް ލިބުނު ދެކުދިންނަކީވެސް 2 އަންހެން ކުދިންނެވެ. ދެއަހަރު މިލިބުނު އެއްމާބަނޑު ދެކުދިންނާއި އެކު އެދެމަފިރިންނަށް 5 ކުދިން ލިބުނީއެވެ. ކުދިންގެ މަންމަ ފާތިމާ މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި، މިފަދަ ގޮތަކަށް ދެކުދިން ލިބގެން ދިޔުމުން މުޅިއާއިލާއަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

ދެއްކުދިން ވިއްސުމުގައި ޙަރަކާތްތެރިވި އެހޮސްޕިޓަލުގެ ގައިނީ ޑޮކްޓަރ ޑރ. އަނާ ހާމަކޮށްފައިވާގޮތުގައި، މިފަދަ ގޮތަކަށް ދެއަހަރު އެއްމާބަނޑު ދެކުދިން ވިއްސުމުގައި އެހީތެރިކަން ފޯރުކޮށްދެވުމަކީ، އޭނާގެ ކެރިއަރގައި ލިބެގެންދިޔަ ވަރަށް ޚާއްސަ ޝަރަގަކާއި އުފަލެއް ކަމުގައެވެ. މައުސޫމު ތުއްތު ދެކުދިން ރައްކާތެރިކަމާއެކު މިދުނިޔެއަށް އުފަން ކުރުވުމުގައި އެހީތެރިވެވުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމުގައެވެ. އާ އަހަރު މިފަދަ ޚާއްސަ ކަމަކާއެކު ފެށުމުން ވަރަށް ބޮޑަށް އުފާވާކަމުގައި ޑޮކްޓަރު ހާމަކުރެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!