ޚަބަރު
މަހްލޫފް މަޑަވެލީ ޒުވާނުންނާއި ބައްދަލުކުރައްވައިފި

އަތޮޅުގެ އެންމެ ބޮޑު ވޮލީބޯޅަ މުބާރަތުގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޙްލޫފް އިއްޔެ ގދ ފިޔޯރީއަށް ވަޑައިގަތުމަށްފަހު މިއަދު މަޑަވެލީ ޒުވާނުންނާއި ބައްދަލުކުރެއްވުމަށް އެރަށަށް ވަޑައިގެންފިއެވެ.

މިއަދު މަޑަވެއްޔަށް ވަޑައިގެން މިނިސްޓަރ ވަނީ އެރަށުގެ ބައެއް ޒުވާނުންގެ އިތުރުން އެރަށު ކައުންސިލާއި ބައްދަލުކުރައްވާފައެވެ. މަޑަވެލި ކައުންސިލް އިދާރާގެ މީޓީންގ ރޫމްގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރުވަނީ މަޑަވެލީގެ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މަހްލޫފް މަޑަވެލީގައި- ހުވަދޫ ފޮޓޯ: މުހައްމަދު އަޚްތަރު

އެގޮތުން މަޑަވެލީގެ ޒުވާނުންގެ ކުޅިވަރު ކުޅުމުގެ ހުރި ދަތިތަކާއި މަޑަވެލި ބޯޅަ ދަނޑު އަދި ފުޓްސަލް ދަނޑު ހެދުމާއި މަރާމާތްކުރުމަށް ބަޖެޓުގައި ހިމަނައިގެން ވިޔަސް އަވަސް ހައްލެއް ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިނިސްޓަރ ވަނީ މަޑަވެލި ފުޓްސަލް ދަނޑަށާއި، ޒުވާނުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ.

މިނިސްޓަރ މަޙްލޫފް ގދ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިއްޔެ ގދ ފިޔޯރީގައި ބޭއްވި “އަތޮޅު ކައުންސިލް ފޭސް ވޮލީބޯޅަ މުބާރާތް 2021” ގެ ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވާފައެވެ. އަދި އޭގެ އިތުރުން މިއަދު ހަވީރު ތިނަދޫގައި އޮންނަ އެމްޓީސީސީ ހަވަރު ޔޫތު ކަޕްގެ ފައިނަލް މެޗުވެސް ޝަރަފްވެރިކޮށްދެއްވާނެއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި މިއަދު ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގެ ޒުވާނުންނާ ބައްދަލުކުރައްވައި ކުޅިވަރު ކުޅުމަށް ހުރި ދަތިތަކާބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އަދި މިނިސްޓަރު ވަނީ އެރަށުގައި ވޮލީީބޯޅަ ކުރިއެރުވުމަށްޓަކައި ކޯޗިންގ ކޭމްޕެއް ބޭއްވުމަށް ވައުދުވެވަޑައިގެންފައެވެ.

  1. Ehen rasheh dhen nethee thw Nadella beykaaru rashakah thaa mivee