ޚަބަރު
ެޖޫރިމަނާ ފައިސާތަކެއް ހުރިކަމުގައި ވިޔަސް ލައިސަންސް މީގެފަހުން ނެގޭނ

ލައިސަންސް ނެތި އެއްގަމު އުޅަނދު ދުއްވައިގެން ތަފާތު ޖޫރިމަނާތައް ކޮށްފައިވާ ފަރާތްތަކަށް، ޖޫރިމަނާ ފައިސާ ދައްކައިގެން ނޫނީ، ލައިސަންސް ދޫނުކުރެވޭ ގޮތަށް އޮތް އުޞޫލަށް ބަދަލުގެނެސް، ޤަވާއިދު އިސްލާހުކޮށްފިއެވެ.

ދިވެހިރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ ޤަވާއިދު މީގެ ކުރިން އިސްލާޙްކުރެވިފައިވަނީ 2009 ވަނަ އަހަރުގައެވެ. މި ޤަވާއިދުގައި ވާގޮތުން ލައިސަންސް ނެތި އެއްގަމު އުޅަނދެއް ދުއްވައިގެން ދައްކަން ޖެހޭ އެއްވެސް ޖޫރިމަނާއެއް އޮވެގެން، ލައިސަންސް ނެގުމުގެ އިމްތިހާންގައި ބައިވެރި ނުވެވޭނެއެވެ. އަދި ލައިސަންސް ނެގުމުގެ އިމްތިހާނުގައި ބައިވެރިވެވޭނީ އެޖޫރިމަނާއެއް ދެއްކުމަށްފަހުގައި ކަމަށް ވެސް އެޤަވާއިދުގައި ބުނެފައި ވެއެވެ.

ނަމަވެސް އަލުން އިސްލާހުކުރެވުނު ޤަވާއިދުގައި ޖޫރިމަނާ ނުދައްކައި އިމްތިހާނުގައި ބައިވެރި ނުވެވޭގޮތަށް އޮތް އޮތުން ވަނީ އުނިކޮށްފައި އެވެ. މިބަދަލާއެކު ލައިސަންސް ނެތި ދުއްވައިގެން ޖޫރިމަނާ ކުރެވިފައިވާ ފަރާތްތަކަށްވެސް، އެފައިސާ ނުދައްކާވެސް ލައިސެންސް ނުގުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައި ވެއެވެ. މީގެ އިތުރުން، އައު ޤަވާއިދުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ލައިސަންސް ދޫކުރާނެ އުސޫލުތަކެއްވެސް ކަނޑައަޅާފައި ވާކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް ދޫކުރުމުގެ އިސްލާހުކުރެވުނު އާޤަވާއިދު މިދިޔަ ބުދަ ދުވަހު ސަރުކާރުންވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއުކުރައްވާފައެވެ. އަދި މިދިޔަ ބުދަ ދުވަހެން ފެށިގެން، އައު ޤަވާއިދަށް ވަނީ އަމަލުކުރަން ފަށާފައެވެ. މިގޮތުން މި ޤަވާއިދު ހިންގާނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!