ވިޔަފާރި
ކައިގެން ވެސް މިހާރު ފުރޭނެ: ވޯޓާޑެކްގެ ބްރެކްފާސްޓް އަދި ލަންޗު ބުފޭ، ހެޔޮއަގުގައި މިހާރު ހުންނާނެ

ޑޮކްޓަރަށް ދެއްކުމަށާއި ތަފާތު ބޭނުންތަކަށް ތިނަދޫއަށް އަންނަ ދަތުރުވެރިންނާއި، ބުރަކޮށް އޮފީސް މާހައުލުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް، އަމާޒުކޮށްގެން އަތްފޯރާ އަގެއްގައި ހެނދުނުގެ ނާސްތާ އަދި މެންދުރު ކެއުން ބުފޭ، ވޯޓާޑެކް ރެސްޓޯރަންޓުން ވަނީ ތަޢާރަފްކޮށްފައެވެ.

އޯޑަރު ދީގެން ނާސްތާ ތައްޔާރުކުރެވެންދެން ތިބެން ނުޖެހި، ތަފާތު ވައްތަރުގެ ކާބޯތަކެތި، އެއްސުފުރާއަކުން ލިބިގެންދާނެ ބުފޭއަކަށް ވޯޓާޑެކްގެ ބްރެކްފާސްޓް ބުފޭ ވެގެންދެއެވެ. ތަފާތު ބޭނުންތަކަށް ތިނަދޫ އަށް ޒިޔާރަތްކުރާ ފަރާތްތަށްވެސް، ފެރީ ކައިރިކުރާ ޖެޓީއާއި އެންމެ ކައިރިން، ފެރީއިން ފޭބުމަށްފަހު އެރޭނެ ރެސްޓޯރަންޓަކަށް ވޯޓާޑެކް ވެއެވެ. ޑޮކްޓަރަށް ދައްކަން އަންނަ ފަރާތްތަށްވެސް، އޯޑަރު ނަގައިގެން ކާއެއްޗެހި ތައްޔާރުވަންދެން މަޑުކުރަން ނުޖެހި ހެދުނު ނާސްތާއަށް ތައްޔާރުކުރެވިފައިވާ ބުފޭއިން ރަނގަޅަށް ސައިބޮއިގެން ވަގުތު ސަލާމަތްކުރެވޭނެއެވެ.

އޮފީހުގައި ވަޒީފާ އަދާކުރާ ބޭފުޅުންވެސް، ބްރޭކް ގަޑިއަށް ނުކުމެ، ވަގުތު ނެތިގެން ރަނގަޅަށް ހެނދުނުގެ ނާސްތާ ނުނަގައި، ދުވާލު ހަތަރުދަމު، އެންމެ ކޮފީތަށްޓެއް ބޮއިގެން ތިބުމުގެ ބަދަލުގައި، ވޯޓާޑެކްގައި، ސިއްޙަތަށް ފައިދާ ރަނގަޅު ތަފާތު ގިނަ ބާވަތްތައް އެކުލެވޭ ހެނދުނުގެ ބުފޭއިން، ބްރޭކްގަޑި ނިމުމުގެ ކުރިން ހެދުނު ނާސްތާ ނަގާލެވޭނެއެވެ.

ވިޔަފާރިކޮށްގެން ސާމާނުކޮޅު ހިފައިގެން ފެރީ ފުރާގަނޑި ޖެހެންދެން ފެރީޓާމިނަލުގައި މަޑުކޮށް، ކާންތަނަކަށް ގޮސްފިނަމަ، ފެރީއާއި ކަޓާފާނެކަމަށް ވިސްނައިގެން ނުވަތަ ރެސްޓޯރަންޓަކަށް ގޮސް އޯޑަރުދީގެން ކާނެ ވަގުތެއް ނޯވެދާނެކަމަށް ހީކޮށްގެން ނުކައި ފުރަންޖެހޭ ސަބަބެއް މިހާރު ނެތެވެ. ފެރީ ޓާމިނަލް ކުރިމަތިން، ކާން އިންނައިރުވެސް ފެރީ ފެންނަ ހިސާބުގައި ވޯޓާޑެކްގައި އިދެ މެންދުރުގެ ބުފޭއިން ކައިގެން މިހާރު ފުރޭނެއެވެ.

ބުފޭ ގަޑިތައް:

ހެނދުނުގެ ނާސްތާ ބުފޭ:  ހެނދުނު 09:00 ން 11؛00 ، މެންދުރުގެ ކެއުން ބުފޭ: މެންދުރު 12:00 ން 14:30 އަށް

ވޯޓާޑެކް ރެސްޓޯރަންޓަކީ އަތްފޯރާ އަގެއްގައި ތަފާތު ރަހަމީރު ކާތަކެތި ފޯރުކޮށްދޭ، ޒުވާނުންނާއި، ތަފާތު އުމުރުގެ ބޭފުޅުގެ މެދުގައި ވަރަށް މަޤްބޫލު ރެސްޓޯރެންޓެއްގެ ގޮތުގައި ފާހަގަ ކޮށްލެވެއެވެ. ތަފާތު އާވައްތަރުގެ ޑިޝްތައް ކަސްޓަމަރުންނަށް ތައްޔާރުކުރުމަކީ ވޯޓާޑެކް ރެސްޓޯރަންޓްގެ ވަރަށް ބޮޑު އަމާޒެކެވެ.

ވޯޓާޑެކް ރެސްޓޯރަންޓުގެ އާ ޑިޝްތަކުގެ ތެރޭގައި، ޝެޒުއާން ރައިސް، ޗިކަން ކަބާބް ފަދަ ޑިޝްތައް ފާހަގަކޮށްލެވެއެވެ. ވޯޓާޑެކްގެ ކަސްޓަމަރުންގެ މެދުގައި އެންމެ މަޤްބޫލް ތަފާތު ކެއުމުގެ ބާވަތްތަކުގެ ތެރޭގައި، ބްރައުންޗިކަން ސޭންޑްވިޗް، ޕަނީނޯ، ޕިއްޒާ، ބާގަރ ސަބްމެރިން، ޕެރިޕެރި ރައިސް ފާހަގަކޮށްލެވެއެވެ.

  1. Ali shaam

    Varah muhimmu rangalhu khidhumatheh
    Dhathuru verin ekamah edhi edhi thibi kameh
    Shukuriyyaa water deck management.