ޚަބަރު
ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އެއްލަކަ އާއި ކައިރި ކުރާ އަދަދަށް!

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު އެއްލަކަ އާއި ކައިރި ކުރާ އަދަދަކަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ، (އެޗް.ޕީ.އޭ)އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ ކޯވިޑަށް ޕޮޒިޓިވްވި 593 މީހުންނާއިއެކު ރާއްޖެއިން މި ބަލިޖެހުނު މީހުންގެ އަދަދު މިވަނީ 99099 އަށް އަރާފައެވެ.

އިއްޔެ  ކޮވިޑް 19 އަށް ފައްސިވި 593 މީހުންގެ ތެރެއިން 197 މީހުންނަކީ ރަށްރަށުން ޕޮޒިޓިވްވި މީހުންނެވެ. މާލެއިން ބައްޔަށް ޕޮޒިޓިވްވީ 199 މީހުންނެވެ. އަދި ރިސޯޓްތަކުން 124 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން މި ބައްޔަށް މިހާރު ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ ބައްޔަށް 4320 އެވެ. އަދި އޭގެ ތެރެއިން 20 މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުންދާކަމަށް އެޗްޕީއޭގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މިދިޔަ 24 ގަޑިއިރު 98 މީހުންވަނީ މި ބަލިން ރަނގަޅުވެފައެވެ. މިއާއެކު ޖުމުލަ 94502 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ކޯވިޑް ބަލި ދެނެގަތުމަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 5818 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ރާއްޖެއިން މި ބަލީގައި މިހާތަނަށް 264 މީހަކު ވަނީ ނިޔާވެފައެވެ.

ކޯވިޑްގެ އައު ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ރާއްޖޭގައިވެސް ފެތުރެމުން އަންނާތީ މިދުވަސްވަރު ޗުއްޓީއާއި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ބަލިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިހާތަނަށް އަށް ދިވެއްސަކު އޮމިކްރޮން އަށް ވަނީ ފައްސިވެފައެވެ. އޭގެތެއިން ހަތަރު މީހުން ފައްސިވީ މާލެ އިންނެވެ. މާފުށިން ތިން މީހަކު ފައްސިވެފައި ވާއިރު ކުޑަހުވަދޫން އެކަކު ފައްސިވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!