ޚަބަރު
މޯލްޑިވެންޗާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް

އަމިއްލަ ރަށުގައި ފަތުރުވެރިންނަށް އަމާޒުކޮށްގެން ތަނެއް ހެދުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ކޮށްދިނުމުގެ ގޮތުން ޕީއެސްއެމްއާއި އެމްއެމްޕީއާރްސީ ގުޅިގެން ބާއްވާ މޯލްޑިވެންޗަރސް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ލޯކަލް ޓުއަރިޒަމަށް ރާއްޖޭގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ކުރުމެވެ. ބޭނުމަކީ މިމުބާރާތުގައި ފަތުރުވެރިންނަށް ޙާއްސަ ސަރަހައްދުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީ ކުރުމާއި މިފަދަ ތަންތަން ތަރައްޤީ ކުރަން ތިބި ވިޔަފާރިތަކަށް ނުވަތަ ފަރާތްތަކަށް އެކަމުގެ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މިމުބާރާތް ކުރިޔަށް ގެންދަނީ އެމްއެމްޕީއާރްސީއާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން ގުޅިގެންނެވެ.

މިމުބާރާތުގައި ވަނަވަނައަށްދާ ފަރާތްތަކަށް ފައިސާގެ އިނާމްވަނީ ހުށަހެޅިފައެވެ. އެގޮތުން އެއްވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ 150،000 ރުފިޔާއެވެ. ދެވަނައަށް ދާ ފަރާތަކަށް 100،000ރ. ހުށަހަޅާފައިވާއިރު، ތިންވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައިވަނީ 75،000ރ. އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޖަނުއަރީ 5 ވަނަ ދުވަހު މިވަނީ ހުޅުވާލާފައެވެ. ސުންގަޑީޔަކީ މިމަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރްސީއާއި ޕީއެސްއެމްއިން ގުޅިގެން ކުރިއަށް ގެންދާ މިމުބާރާތުގައި، ފަތުރުވެރިންނަށް އާމާޒުކުރެވިގެން ރަށުގައި ކޮންމެ ބާވަތެއްގެ ތަނެއް ހެދުމަށް ހުށަހެޅިދާނެއެވެ. މީގެ ތެރޭގައި ކަލްޗަރަލް މިއުޒިއަމް، ނޭޗަރ ޕާކް އަދި އެނޫންވެސް ފަތުރުވެރިން ޝައުޤުވެރިވާނެ ފަދަ ތަނެއް ޤާއިމު ކުރުމަށް ހުށަހެޅިދާނެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ތިން ހުށަހެޅުމަކަށް ފަންޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިމުބާރާތަށް ހުށަހަޅަން ޖެހެނީ އަމިއްލަ ހިޔާލެވެ. އަދި އެހިޔާލުތައް ޕްރެޒެންޓް ކުރާއިރު އެކަންތައް ކުރަން ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް ހުށަހަޅަންޖެހެއެވެ. މުބާރާތަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ހުށަހެޅުންތައް ޖަޖުންގެ ޕެނަލަށް ހުށަހަޅާ އިރު ޕީއެސްއެމް ޗެނެލަކުން ހުށަހެޅުންތައް ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ އަމިއްލަ ފަރާތްތަކާއި، ކުދި ވިޔަފާރިތަކަށް ފަތުރުވެރިކަމުގެ ވިޔަފާރީގެ ތެރެއައަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި

18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރިވެވޭއިރު، ވިޔަފާރިއެއްގެ ފަރާތުން ހުށަހަޅާނަމަ ކޮންމެ ވިޔަފާރިއަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮޕޯސަލްއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފޯމް ޕީއެސްއެމްގެ ވެބްސައިޓުން http://psm.mv/ ޑައުލޯންޑު ކުރެވޭނެއެވެ. މުބާރާތުގައި ބައިވެރިވުމަށް މި ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މެއިލް ކުރުމުން މުބާރާތުގައި ބައިވެރިވެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!