ޚަބަރު
ފިޔޯރީ އިން ނަޑެއްލާއަށް ގިނަ އެހީތަކެއް

ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މޮނީޓަރިންގ ހާލަތަށް ގެންގޮސްފައިވާ ގދ ނަޑެއްލާގެ ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް އެހީ އެއް ދިނުމުގެ ގޮތުން ފިޔޯރީ ރައްޔިތުންގެ ފަރާތުން ގިނަ އަދަދެއްގެ ތަކެތި މިއަދު ހެނދުނު ނަޑެއްލާއަށް ގެންގޮސް ޙަވާލުކޮށްފިއެވެ.

ފިޔޯރީން ގެންގޮސްފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ސެނިޓައިޒަރ ، މިނަރަލް ފެން، މަސް ދަޅު. އަންގި، ކަނޑު މަސް އަދި މާސްކެވެ.
ނަޑެއްލާ އަށް މިތަކެތި ހަދިޔާކުރީ ފިޔޯރީ ކައުންސިލް، ސްފައިސް ޖަމިއްޔާ، ފޭސް ޖަމިއްޔާ ، ކަރަންކާ ސްޕޯޓްސް ކްލަބް، ވިޔަފާރި ވެރިންގެ އިތުރުން ފެނަކަ ފިޔޯރީ ބްރާންޗާއި އާންމު ބައެއް ރައްޔިތުންނެވެ.
މީގެ 5 ދުވަސް ކުރިން ފެނުން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއަކުން ރަށުގައި ފެތުރެން ފެށި ބަލީގައި މިހާރު ވަނީ ގިނަ ބަޔަކު ފައްސި ވެފައެވެ. އޭގެ ތެރޭގައި މާބަނޑު އަންހެނުން ވެސް ހިމެނެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ނަޑެއްލާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެކި ފަރާތްތަކަށް މިހާރުދަނީ ފަށާފައެވެ. އެގޮތުން ގދ މަޑަވެއްޔާ ފަރެސްމާތޮޑާގެ ކައުންސިލް އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އިން ވަނީ ތަފާތު ތަކެތި ހަދިޔާ ކޮށްފައެވެ.

ފިޔޯރީ ރައްޔިތުންގެ ފަރާތުން ނަޑެއްލާ ރައްޔިތުންނަށް ދެއްވި އެހީތެރިކަމަށް ނަޑެއްލާ ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ޝުކުރު އަދާކުރާކަމަށް ނަޑެއްލާ ކައުންސިލްގެ ރައީސް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!