ޚަބަރު
އަވަހާރަވެފައިވާ ބޭފުޅުންގެ ނަން ބޭނުންކޮށްގެން ކެމްޕެއިން ކުރަނީ މިސަރުކާރުން: އާދަމް ޝަރީފް

އަވަހާރަވެފައިވާ ބޭފުޅުންގެ ނަން ބޭނުންކޮށްގެން ކެމްޕެއިން ކުރާނީ އެމްޑީޕީގެ ސަރުކާރުންކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ހުސައިން ވަޙީދު އަވަހާރަވެ ފަސްދާނުވެޑުވުމުގެ ކުރީން ޕީޕީއެމުން އެދާއިރާގެ ކެމްޕެއިން ފެށިކަމަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ ވިދާޅުވުމުން އެކަމަނާގެ ވާހަކަފުޅުތަކަށް އާދަމް ޝަރީފް ވަނީ ރައްދު ދެއްވާފައެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަރުހޫމް ހުސައިން ވަނީ ފަސްދާނު ނުލަނީސް ޕީޕީއެމުން ކެމްޕެއިން ފަށާފައި ނުވާނެ ކަމަށާއި އެބޭފުޅާގެ ނަން ބޭނުންކޮށްގެން ކެމްޕެއިން ކުރަނީ ސަރުކާރުން ކަމަށެވެ. އަދި އެއީ ދޮގުވާހަތަކެއް ކަމަށް ވިދާޅުވެފައިވެއެވެ. އާދަމް ޝަރީފް ވިދާޅުވި ގޮތުގައި އެއީ އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ކަމެކެވެ. އަދި ޕީޕީއެމް ބަދުނާމުކުރަން ކުރާ މަސައްކަތް ކާމިޔާބު ވިޔަ ނުދޭނެކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާއެއްގައި މާރިޔާދީދީ ވިދާޅުވީ ޙުސައިން ވަޙީދު ފަސްދާނުވެޑުވުމުގެ ކުރީން ޕީޕީއެމުން ކެމްޕެއިން ފެށި ކަމަށާއި އެކަމުން އެނގިގެން ދަނީ އަމިއްލަ އެދުމުން ފޯވެފައިވާ މިންވަރު ކަމަށެވެ.

އަންނަ މަހު 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަނަށް ގިނަ ޕާޓީތަކުން ދަނީ ވަރަށް ފޯރިއާއެކު ކެމްޕެއިން ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!