މަޢުލޫމާތު
ޖިންނި ޝައިތާނުން އުޅޭ ތަންތަނަކީ ކޮބާތޯއެވެ؟

”ބައެއް ޢާންމު މީސްތަކުން ޤަބޫލުކުރާ ގޮތުގައި ޖިންނި ދިރިއުޅޭނީ އެންމެ ތިރީ ބިމުގެ އަޑީގަ އެވެ. އަދި ޖިންނިއަށް ނިޞްބަތްކޮށް ބިމުގެ އަހުލުވެރިންނޭވެސް ބުނެއުޅެ އެވެ.

އެހެނަސް ޙަޤީޤަތަކީ އަހަރެމެން ފަދައިން އެތަކެތި ބިންމަތީގައި އުޅޭ ކަމެވެ. އެގޮތުން ބިންމަތީގެ ވަރަށްގިނަ ތަންތާގައި ޖިންނިތައް އުޅެ އެވެ. އެހެނަސް އެހެން ތަންތަނަށްވުރެ އަންނަނިވި ތަންތާގައި އެތަކެތި އުޅޭލެއް އިތުރުވެގެންވެ އެވެ.

  1. މީހުން ދިރިނޫޅޭ ހުސްބިންތަކާއި، ސަހަރާތަކާއި، އެކަހެރި ކުރެވިފައިވާ ބިންތަކާއި، ވާދީ ތަކާއި، ދެފަރުބަދަ ދެމެދުގައިވާ (މަގުތައްފަދަ) ޝުޢަބު ތަކުގައި އެވެ. މިފަދަ ތަންތަނުގައި ނަބިއްޔާ ﷺ ޖިންނީންނާއި ބައްދަލުވިގޮތާއި އަދި (އެ ބައްދަލުވުމަށްފަހު) އެ ޖިންނީންނަށް ﷲ ގެ މަގަށް ދަޢުވަތު ދެއްވިގޮތުގެ މައްޗަށްވާ ابن مَسعُود  ގެ ޙަދީޘް މިފޮތުގައި އިސްވެ ގޮސްފައިވާނެެކަން ކަށަވަރެވެ.
  1. ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ އިތުރުން އުކާލެވޭ ކުނިތައް ޖަމަޢަވެފައިހުންނަ ކުނިގޮނޑުތައް އަދި ޢާންމުކޮށް ކާބޯތަކެތި އުކާލެވިފައިހުންނަ ތަންތަނެވެ.
  1. ފާޚާނަ ތަކާއި އަދި ޤަޟާޙާޖާ ކުރުމަށްޓަކައި ޚާއްޞަކުރެވިގެންވާ ތަންތަނެވެ. ފަހެ، ރަސޫލާ ﷺ ޙަދީޘް ކުރެއްވިކަމަށް زَيد بن الأرقم  އަރިއަހުން ވާރިދުވެގެން އައިސްފައިވެ އެވެ. (إنَّ هذه الحُشوشَ مُحتضَرةٌ فإذا دخَلها أحدُكم فلْيقُلِ: اللَّهمَّ إنِّي أعوذُ بك مِن الخُبُثِ والخبائثِ)  ”ޤަޟާޙާޖާ ކުރެވޭ މިތަންތަނަށް ބަޔަކު ޙާޟިރުވެގެންވެ އެވެ. (އެބަހީ : ޝައިޠާނުން ޙާޟިރުވެ އެވެ.) ޤަޟާޙާޖާ ކުރުމަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން މީހަކު އަންނަހިނދު މިފަދައިން ބުނާހުށި ކަމެެވެ. اللَّهمَّ إنِّي أعوذُ بك مِن الخُبُثِ والخبائثِ ”އަޅުގެވެރި އިލާހެވެ! އެންމެހައި ނުބައިކަމަކާއި އަދި ނުބައިވެގެންވާ ނަފްސުތަކުގެ ކިބައިން (އަންހެން އަދި ފިރިހެން ޝައިޠާނުންގެ ކިބައިން) މިއަޅާ އިބަ އިލާހުގެ ޙަޟުރަތުން ރައްކާތެރިކޮށްދެއްވުމަށް އެދެމެވެ.“
  1. ބާގަނޑުތަކާއި ހޮރުތަކާއި ހޮހަޅަތައް :

ފަހެ، ހަމަކަށަވަރުން عَبد الله بن سَرجس  ގެ ފަރާތުން قَتَادة ރިވާކޮށްފައިވާ ޙަދީޘެއް (މިކަމުގެ މައްޗަށް) النسَائي   އެބޭފުޅާގެ ސަނަދުން ރިވާކޮށްފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. ”ހޮރެއްގެ ތެރެއަށް ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު ކުޑަކަމު ނުދާހުށި ކަމެވެ.“ އެހިނދު قَتَادة އަރިހުގައި ދެންނެވުނެވެ. ހޮރެއްގެ ތެރެއަށް ކުޑަކަމުދިއުން މަކްރޫހަވަނީ ކީއްވެތޯ އެވެ؟ ދެންނެވި އެވެ. ”އެ ހޮރުތަކަކީ ޖިންނިތައް އުޅޭ ތަނެއް ކަމުގައި ބުނެވެ އެވެ.“

  1. މީސްތަކުންނާއެކު އެބައިމީހުން ދިރިއުޅޭ ގެތަކުގެ ތެރޭގައިވެސް ޖިންނިތައް އުޅެ އެވެ. އެއީ (ޖިންނީންގެ ވައްތަރުތަކުގެ ތެރެއިން) العَوَامر  ގެ ނަމުން ނަންދެވިފައިވާ ޖިންނީންނެވެ. ގޭތެރެއިން ހަރުފައެއްގެ ސިފައިގައި ޖިންނިއެއް ފެނުނު އަންޞާރުންގެ ޒުވާން ކުއްޖާގެ ޙާދިޘާ މިކަމަށް ދަލީލުކޮށްދެ އެވެ. މި ޙާދިޘާ ޞަޙީޙު مُسلم   ގައި ވާރިދުވެގެން އައިސްފައިވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. ”މަދީނާގައި ޖިންނީންގެ ތެރެއިން ބަޔަކު އިސްލާމްވެއްޖެކަން ކަށަވަރެވެ. عَوَامر (މި ބާވަތުގެ) ޖިންނިއެއް (އެއްޗެއްގެ ޞޫރައިގައި) ފެނިއްޖެނަމަ (ގެއިން ނުކުތުމަށް) ތިންފަހަރު މަތިން އަންގާހުށި ކަމެވެ. ދެން އެއަށްފަހު ފެނިއްޖެނަމަ އޭތި މަރާހުށި ކަމެވެ. އެހެނީ އެއީ ޝައިޠާނެކެވެ.“
  1. އާދައިގެ މަތިން އަރާމް ކުރުމަށްޓަކައި ޖަމަލުތައް ބަނޑުއަޅާ ޖަމަލުކޮށިފަދަ ޖަމަލުއުޅޭ ސަރަޙައްދުތަކެވެ. أَبُوهُرَيرة رضي الله عنه ގެ ފަރާތުން الإمَام الترمِذي ނެރުއްވާފައިވާ ޙަދީޘެއްގައިވެ އެވެ. ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. ”ބަކަރިތައް ތިބޭ ސަރަޙައްދު ތަކުގައި ތިޔަބައިމީހުން ނަމާދު ކުރާށެވެ. (އެބަހީ : ނަމާދު ކުރުމުގައި މައްސަލައެއް ނެތެވެ.) އަދި ޖަމަލުތައް އުޅޭ ސަރަޙައްދުތަކުގައި ނަމާދު ނުކުރާށެވެ.“

الإمام أحمد ނެރުއްވާފައިވާ عَبد الله بن المغفل ގެ ޙަދީޘްގައިވާގޮތުން ރަސޫލާ ﷺ ޙަދީޘްފުޅު ކުރެއްވި އެވެ. ބަކަރިތައް ތިބޭ ސަރަޙައްދުގައި ނަމާދު ކުރާށެވެ. (އެބަހީ : އެކަމުގައި މައްސަލައެއްނެތެވެ.) އަދި ޖަމަލުތައް ތިބޭ ސަރަޙައްދުގައި ތިޔަބައިމީހުން ނަމާދު ނުކުރުން ހުއްޓެވެ. އެހެނީ، ހަމަކަށަވަރުން ޖަމަލުތައް ހެއްދެވިގެންވަނީ ޝައިޠާނުންގެ ތަބީޢަތުންނެވެ. (އެބަހީ : އޭގައިވަނީ ޝައިޠާނާގެ ތަބީޢަތެވެ.)“

  1. ހަޖުރު ކުރެވިގެންވާ (މީސްތަކުން ދިރިނޫޅެ ދޫކޮށްލާފައިވާ) ފަޅުތަންތަނެވެ.
  1. ޤަބުރުސްތާންތަކެވެ. ابن تَيمية رحمه الله ވިދާޅުވި އެވެ. ”ވީރާނާވެ، ސުންނާފަތިވެފައިވާ ފަޅު ޢިމާރާތްތަކާއި، މީހުން ދިރިނޫޅޭ ހުސްބިންތަކުގައި ވަރަށްގިނައިން ޖިންނި އުޅެ އެވެ. އަދި ހަމައެފަދައިން މުޑުދާރު ނަޖިސް ތަންތާގައިވެސް ވަރަށްގިނައިން ޖިންނި އުޅެ އެވެ. ފާޚާނާތަކާއި، ޤަޟާޙާޖާ ކުރުމަށް ޚާއްޞަ ތަންތަނާއި، ޖަނަވާރުގެ ބޮޑުކަމުދާ ތަކެތީގެ އިތުރުން އުކާލެވޭ ތަކެތި ޖަމަޢަވެފައިހުންނަ ކުނިގޮނޑުފަދަ (ނަޖިސް) ތަންތަނެވެ. އަދި ހަމަ އެފަދައިން ޤަބުރުސްތާން ތަކުގައިވެސް ވަރަށްގިނައިން ޖިންނި އުޅެ އެވެ. ޝައިޠާނުން އެބައެއްގެ މައްޗަށް ފާވެ، އެބަޔަކާ ގުޅިލާމެހުގެ ސަބަބުން އެބައެއްގެ ޙާލަތު ރަޙުމާނީ ޙާލަތެއްގެ ބަދަލުގައި ޝައިޠާނީ ޙާލަތެއްގައިވާ މީހުން މިފަދަ ޝައިޠާނުން ދިރިއުޅޭ ތަންތަނުގެ ހިޔާވެހިކަން ވަރަށްގިނައިން ހޯދާނެ އެވެ. (އެބަހީ : އެތަންތަނަށް ދާނެ އެވެ.)
  1. ބާޒާރުތަކެވެ. އެތަނަކީ (ބާޒާރަކީ) އެތަނެއްގައި އަންހެނުން އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުކުރުމާއި، މުދާ ވިއްކާ މީހާ ދޮގުހެދުމާއި، މި ނޫންވެސް ޝަރީޢަތާއި ޚިލާފް ޙަރާމް އެތައް ކަންތައްތަކެއް ހިނގާ ތަނެކެވެ. ނަތީއްޖާއެއްގެ ގޮތުން އެތާނގައި ޖިންނިތައް އުޅޭލެއް އިތުރުވެގެންވެ އެވެ. އެހެންކަމުން އެންމެ ފުރަތަމަ އެތަނަށް ވަންނަ މީހަކަށް އަދި އެންމެ ފަހުން އެތަނުން ނުކުންނަ މީހަކަށް ނުވުމަށް ޞަޙާބީންގެ ތެރެއިން ބޭކަލަކަށް ނަބިއްޔާ ﷺ ވަޞިއްޔަތްޕުޅު ކުރެއްވި އެވެ.

سَلمَان رضي الله عنه އަރިއަހުން ވާރިދުވެގެންވެ އެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވި އެވެ. ”ހަމަކަށަވަރުން ތިބާއަށް ކުޅަދާނަވެގެންވާނަމަ އެންމެ ފުރަތަމަ ބާޒާރަށް ވަންނަ މީހަކަށް އަދި އެންމެ ފަހުން އެތަނުން ނުކުންނަ މީހަކަށް ނުވުމަށް ތިމަން ނަބިއްޔާ ތިބާގެ މައްޗަށް ގަދަަފަދައިން ބާރު އަޅުއްވަމެވެ. އެހެނީ އެތަނަކީ އެތަނެއްގައި ހުރެ ޝައިޠާނާ ހަނގުރާމަ ކުރާ ތަނެވެ. (އެބަހީ : އެތަނެއްގައި ހުރެ ޝައިޠާނާ ހިންގާ ޝަރުޢާ ޚިލާފް ބާޠިލް ކަންތައްތައް ވަތްތަރުވެގެންވަނީ ހަނގުރާމައެއް ފަދައިންނެވެ.) އެތަނުގައި ޝައިޠާނާގެ ދިދަ ނަގާލެވެ އެވެ.“

ބަސްތައް ނަގާފައިވަނީ : فتح الحق المبين في علاج الصرع و السحر و العين

އަޚުންނޭވެ! ޖިންނީން އުޅޭ ތަންތަން ޝަރީޢަތުގައި އަންގަވާ ދެއްވާފައިވާ ފަދައިން މި ޝައިޠާނުންގެ ކިބައިން ރައްކާތެރިވާނެ ގޮތްތައް އަންގަވާ ދެއްވާފައިވެ އެވެ. މިތަންތަން އެނގި ބަޔާންވުމުން އެތަންތަނަށް ވަންނަ އަހުލުވެރިން ޛިކުރުތައް ކިޔައި، ﷲ ގެ ޙަޟުރަތުން ރައްކާތެރިކަން ހޯދަން ޖެހެ އެވެ.

މަސްދަރު: އަބޫއަނަސްއެމްވީ،ކޮމް

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!