މިސަރުކާރަކީ އިންތިޚާބުތަކަށް އެކަނި، ފޮޅޭ މަލެއް ނޫންކަމަށާއި، ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ ކަމަށް އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވެފައިވަނީ ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ތަރައްޤީގެ މަޝްރޫއުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް މިހާތަނަށް ނުހިންގޭހާ ގިނަ މަޝްރޫއު މިސަރުކާރުން ހިންގަމުންދާ ކަމަށެވެ. އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، އަސާސީ ހައްގުތަކުން ދިވެހި ރައްޔިތުން މަހުރޫމްވެފައިވާއިރު، އެކަން ކަށަވަރު ކޮށްދެއްވުމަށް މިވީ 3 އަހަރު ކުރެވުނު މަސައްކަތުން އެތައް ރަށެއްގެ ރައްޔިތުންނަށް ހިތްހަމަޖެހުން ގެނުވާފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.
އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ މިސަރުކާރަކީ އިންތިޚާބަށް ފޮޅޭ މަލެއް ނޫންކަން. މިއަދުގެ ސަރުކާރަކީ ކޮންމެ ދުވަހަކުވެސް ރައްޔިތުންނަށް ޕްރޮޖެކްޓްސް ހިންގައިދީ ކޮންމެ ދުވަހަކުވެސް ޕްރޮޖެކްޓް ތަކުގައި ސޮއިކުރެވި، ކޮންމެ ދުވަހަކުވެސް، ޕްރޮޖެކްޓްތައް ނިންމަމުން އަރަމުން ރައްޔިތުންނަށް ހަވާލު ކުރަމުންދާ ސަރުކާރެއް. ކޮންމެ ދުވަހަކުވެސް މިސަރުކާރުގެ މާ ފޮޅޭނެ — އެމްޓީސީސީގެ ސީއީސޯ އާދަމް އާޒިމް