ގދ. ނަޑެއްލާގައި ކޮވިޑް ހާލަތުގޯސްވެ މިވަގުތު އެރަށް މޮނިޓަރިންގ ހާލަތުގައި ވާތީ، އެރަށުގެ ރައްޔިތުންނަށް އެހީތެރިވުމަށް ހުވަދޫ ރެކްރިއޭޝަން ޖަމްއިއްޔާގެ ފަރާތުން އިސްނަގައިގެން އެރަށަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ހުވަދޫ ރެކްރިއޭޝަންގެ ނާއިބް ރައީސް އަހުމަދު ވިފާގު ހުވަދޫ ނިއުސް އަށް މައުލޫމާތު ދީފައިވާ ގޮތުން، ތިނަދޫގެ ގިނަ ވިޔަފާރިވެރިނާއި އާންމު ފަރުދުންގެވަރަށް ފުރިހަމަ ތަރުހީބެއް، އެހީހޯދުމުގެ މަސައްކަތައް އަންނަނީ ލިބެމުންނެވެ.
ވިފާގު އިތުރަށް ވިދާޅުވިގޮތުގައި މިވަގުތު ނަޑެއްލާގެ ރައްޔިތުންނަށް އެއްވެސް ފަރާތަކުން އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންފުޅުވާނަމަ އެފުރުސަތު ހުޅުވާލެވިފައިވާކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެހީތެރިކަން ފޯރުކޮށްދޭން ބޭނުންފުޅުވާނަމަ 9822298، 9991210 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށްގެންދިޔުމަށްވެސް ވިފާގު ވިދާޅުވިއެވެ.
ގދ.ނަޑެއްލާގެ މުޖްތަމައުތެރެއިން ކޮވިޑް ފެނި މުޅި ރަށް ލޮކްޑައުން ކޮށްފައިވާއިރު، ގދ އަތޮޅުގެ ރަށްތަކުން ދަނީ އެކި ގޮތް ގޮތުން އެރަށަށް އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.