ރިޕޯޓް
ތަރައްޤީގެ “ފޯމިއުލާ”އަކީ ބައި އިލެކްޝަން

ކޮންމެ ރިޔާސީ އިންތިޚާބަކާއި ދިމާކޮށް ގައުމު ތަރައްޤީ ކުރުމަށް އެތައް ވައުދުތަކެއް ވެވަޑައިގެން ރައްޔިތުންގެ ވޯޓުން އިންތިޚާބުވުމަށް ފަހު ގިނަ ފަހަރަށް ވެފައިވާ ވައުދުތަކުގެ މަތިން ހަނދާން ނެތި ދައުރު ނިމިގެން ދާއިރު އެ ވަޢުދު ނުފުދި އޮތުމަކީ މިއަދު ދިވެހިންނަށް އާ ވާހަކައެއް ނޫނެވެ. ރައްޔިތުން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ ހޯދައި ބަލައި، އެކަމެއްގެ މައުލޫމާތު ސްޕީޗުގައި ހިމަނައި، ކެމްޕެއިންގެ ޕޯޑިއަމް ތަކުގައި އެކަންތައްތައް ކޮށްދޭނެ ކަމަށް ހަރު އަޑު ގޮވާ ހެދި ނަމަވެސް، ދައުރު ނިމެން ކައިރިވުމުން ހަމަ އެ ސްޕީޗް ރައްޔިތުންނާއި ހަމަޔަށް ފޯރު ކޮށްދިނުމަށާއި، ދެވަނަ ދައުރަކަށް ހޮވައި ދިނުމަށް އެދި ރައްޔިތު މީހާގެ ގާތަށް އާދެއެވެ.

ކޮންމެއަކަސް، ދިވެހި ރައްޔިތުން އަބަދުވެސް ބޭނުންވަނީ ކޮންމެވެސް ކަހަލަ ތަރައްޤީއެއްކަން މިހާތަނަށް އިންތިޚާބުވެފައި ތިބި ޤައުމުގެ ވެރިންނާއި، މަޖިލިސް މެމްބަރުންނާއި، ކައުންސިލަރުންނަށް ވެސް އިނގެއެވެ. ކަން މިހެން އޮތް ނަމަވެސް، ވެރިންގެ ދައުރު ނިމިގެން ދާއިރު ރައްޔިތުން އެދޭ ތަރައްޤީ އެންމެ އެދެވޭނެ ގޮތަކަށް ފުއްދިފައި ނުވެއެވެ. ކޮންމެވެސް ސަބަބަކާއި ހުރެއެވެ. މީގެ ކުރިން އަޑު އަހަނީ ބަޖެޓު ނެތޭ ބުނާ ވާހަކައެވެ. ނުވަތަ މަސައްކަތް ކުރަން ހަވާލު ކުރި ކުންފުނީގެ ފަރުވާކުޑަ ކަމުގެ ވާހަކައެވެ.

ނިމިދިޔަ ހަފްތާ ތެރޭގައި، ރާއްޖޭގެ ނޫސްތަކުގެ ފަލަ ސުރުޙީ ތަކަށް އަރަމުން ދިޔައީ، ރާއްޖޭގެ ރަށެއްގެ ވާހަކައެވެ. މީގެ ކުރިން ކަންކަން ދާ ގޮތަށް ޚިލާފަށް، އެއްފަހަރާ ބައިވަރު މަޝްރޫޢު ތަކެއް ފެށިގެން ދިޔަ ވާހަކައެވެ.

ރައްޔިތުންގެ މަޖިލީހުގައި ކޮމަންޑޫ ދާއީރާ ތަމްސީލު ކުރައްވަމުން ގެންދެވި އަލްމަރްހޫމް ހުސައިން ވަޙީދު ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔުން ވެގެން ދިޔައީ މުޅި ގައުމު ހުއްޓުމަކަށް އައި ކަމަކަށެވެ. އެހެން ނަމަވެސް، މެމްބަރ ހުސައިން ވަހީދުގެ ހަނދާނުގައި މިދިޔަ ޑިސެމްބަރ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެނގި ހިމޭން ކަމުގެ ސުކޫތަށް ފަހު ބަޑިޖަހާފައި ޤައުމު ދުއްވައިގަތީ ތަރައްޤީގެ އާ އުސްމިންތަކަކަށާއި ދިމާލަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިއުލާނު ކުރުމާއި އެކު، އިދިކޮޅު ފަރާތްތަކުން އެދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރަން ނިންމާއި ކެމްޕެއިން ފަށާއިފިއެވެ. ކޮވިޑްގެ އާލަމީ ވަބާގެ ސަބަބުން 2020 އިން ފެށިގެން ހުއްޓިފައިހުރި މަސައްކަތްތައް ވެސް ކޮމަންޑޫ ދާއިރާގައި ފެށިގެން ދިޔައެވެ. ގައުމުގެ ވެރިންނާއި، ރައްޔިތުންގެ ހެވަށް މަސައްކަތް ކުރާ ހުރިހާ ސިޔާސީ ފަރާތްތަކުގެ ކަޅި ކޮމަންޑޫ އަށް އަމާޒުވެގެން ދިޔައެވެ. ވެފައިވާ ވަޢުދު ތަކުގެ މަތިން ހަނދާންވެ، ވައުދު ފުއްދުމުގެ މަސައްކަތް ހެޔޮގޮތުގައި ފަށައިފިއެވެ.

ސަރުކާރަކުން މަސައްކަތެއް ކުރަން ހިފައިފިއްޔާ ވާނެކަން މިއަދު ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދީފިއެވެ. ކޮމަންޑޫ އާއި މަތި ކޮމަންޑޫ ގުޅާލުމުގެ އިތުރުން ޕްލޭނިންގ މިނިސްޓްރީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކޮަމަންޑޫގައި 1960 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި، 16.7 ހެކްޓަރުގެ ބިން މަތިކޮމަންޑޫގައި ހިއްކުމާއި، 1520 މީޓަރުގެ ބޮޑުހިލައިގެ ތޮށި، ޖުމްލަ 353 މީތަރުގެ ބޮޑުހިލައިގެ ފައިކަށި، އަދި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮަމަންޑޫގައި ގާއިމް ކުރުން ހިމެނެވެ. މި މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށް އެއްބަސް ވުމުގައި ސޮއި ކުރިތާ 3 ދުވަސް ނުވަނީސް އެކުންފުނިން ވަނީ ދެ ކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

އަދި ކޮމަންޑޫ ދާއިރާގެ މަރޮށީ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ އިއްޔެ ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.

މީގެ އިތުރުން ކޮމަންޑޫގައި ފުރަތަމަ ފަހަރަށް ފުޓުބޯޅަ ދަނޑެއް އެޅުމުގެ ޢަމަލީ މަސަކަތްވެސް ފަށައިފިއެވެ. އަދި މި މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީގެ އިޖްތިމާއީ ޒިންމާގެދަށުންނެވެ. ފުޓްބޯޅަ ދަނޑެއްގެ އިތުރުން ކޮމަންޑޫގައި ޖިމެއް ޤާއިމުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ތަރައްޤީގެ ކުލަޖެހިގެންދާތަން ބަލަން ދިވެހި ހުރިހާ ރައްޔިތުންވެސް އެދޭނެއެވެ. އެހެން ނަމަވެސް، ކޮވިޑާއި، ބަޖެޓުގެ ދަތިކަން ހުރެ ނުވި އެތައްކަމެއް ކުއްލިއަކަށް ވެގެން ދިޔުމަކީ ސުވާލު އުފެދޭ ކަމެކެވެ. ހަމަ ޔަގީންނުންވެސް، އެޗްޕީއޭގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށްވެސް ގޯހެވެ. ބަޖެޓުގެ ވާހަކައަށް އެއްޗެއް ބުނަން ބޭނުން ނުވިޔަސް، ގައުމު މިއަދު މިއޮތް ހާލަތުގައި، ރާއްޖޭގެ ހުރިހާ ވަޒީރުން ކަހަލަ ގޮތަކަށް ކޮމަންޑޫ އަށް ވަޑައިގެން ރައްޔިތުންގެ ހާލު ގާތުން ބައްލަވަމުން އެބަ ގެންދަވައެވެ.

މީގެ ތެރޭގައި، މަސައްކަތް ހުންނަގޮތުން ރާއްޖޭގައި މަޑުކޮށްނުލެވޭ ވަޒީރުންވެސް ހިމެނޭއިރު ގައުމުގެ ކަންކަން ހިނގަމުން ދަނީ އެންމެ ރަނގަޅަށް ނޫންކަން މިއިން ކޮންމެ ވަޒީރަކަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އާއި، ނައިބްރައީސް ގެ އިތުރުން ކުރީގެ ރައީސް ޔާމީން ވެސް މިވަގުތު ދަނީ ކޮމަންޑޫ ދާއިރާގެ ހާލަތު ގާތުން ބައްލަވަމުންނެވެ.

މިފަދަ މަންޒަރު ތަކަކީ އަބަދުވެސް ފެންނަމުން ދާ ކަމެއްނަމަ ރައްޔިތުންގެ ހިތުގައި ސުވާލުތަކެއް އުފެދިގެން ނުދާނެއެވެ. ސަރުކާރު ވިޔަސް، އިދިކޮޅު ވިޔަސް، ރައްޔިތުގެން ކަންކަން ތަފާތު ކުރުމެއް ނެތި، ގާތުން ބަލަމުން ގެންދާނަމަ، އެންމެން ވެސް އުފާވީހެވެެ. މިދިޔަ ހަފްތާއިން ފެށިގެން މުޅި ދިވެހިރާއްޖޭގެ ސަރުކާރާއި، މުޅި ދިވެހި ރާއްޖޭގެ ސިޔާސީ ފަރާތްތައް ހުސްވެފައި އޮތީ ކޮމަންޑޫ ދާއިރާއަށެވެ. އަދި އެދާއިރާ ފިޔަވާއި އެހެން ދާއިރާއެއް، ރަށެއް، ފަޅެއް މާލެ އެއް އޮތް ކަމެއް ހަނދާނުގައި ނެތެވެ، ކޮވިޑަށް ފައްސިވި މީހުންގެ އަދަދު ލައްކައަކަށްވުރެ މަތިވެ ފައްސިވާ މީހުންގެ އަދަދު އިތުރުވެގެން ދިޔައިރު ކެމްޕެއިން ހުރީ ބޫސްޓަރ ޑޯޒުގައި ޖައްސަވާފައެވެ.

މިހާރުގެ ތަރައްޤީ އެންމެ ފަސޭހަކަމާއި، ހަލުވި ކަމާއި އެކު ހޯދަން އޮތީ އެންމެ ގޮތެކެވެ. ކޮންމެ ދާއިރާ އަކުންވެސް  ތިން މަހުން އެއް މަހުން ކަހަލަ ގޮތަކަށް ބައި އިލެކްޝަން ބޭއްވުމެވެ. އެހެން އެކަންވަނީ ނަމަ، ކޮންމެ ތިން މަހުން ކޮންމެވެސް އެއް މަޝްރޫޢު އެއް ފެށިގެން ދާނެއެވެ. ވެރިން ރައްޔިތުންގެ ހާލު ބަލާނެއެވެ. އެހެންވީމާ ބައި އިލެކްޝަން އަކީ ތަރައްޤީގެ ފޯމިއުލާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!