މަޢުލޫމާތު
އާންމުކޮށް ހެދޭވަރަށް ވުރެ، ބިޔަކޮށް އާދަޔާ ޚިލާފަށް ގަސްގަހާގެހި ހެދޭ ތަނެއް

އާންމުކޮށް ގަސްގަހާގެހި ހެދޭވަރަށްވުރެ ބޮޑުކޮށް، ބިޔަކޮށް ގަސްހެދޭ ސަރަހައްދެއް ރަޝިޔާގައި ވެއެވެ. ފިލްމުތަކުގައި ފެންނަފަދައިން، ވާރޭވެހުމުން ގަހެއްގެ ފަތެއްގެ ނިވަލުގައި ނިވާވެ، ވާރެއިން ސަލާމަތްވުމުން ފަދަ މަންޒަރު ރަޝިޔާގެ މިސަރަޙައްދުން ފެނިގެން ދެއެވެ.

ސަޚާލިން ނަމަކަށް ކިޔާ ވަކިން އޮންނަ ރަޝިޔާއަށް ނިސްބަތްވާ ރަށަކީ، ރަޝިޔާއަށް ނިސްބަތްވާ އެންމެ ބޮޑު ރަށެވެ. އަދި މިރަށް ފާހަގަވެގެންދަނީ، ފަސްގަނޑު ރަނގަޅުވެފައި، އާންމުކޮށް އެހެން ތަންތަނުގައި ހެދޭ ގަސްތައް އެހެން ތަންތަނާއި ތަފާތުކޮށް، އެތައް ގުނައެއް ބޮޑުކޮށް އަދި ބިޔަކޮށް އާދަޔާޚިލާފަށް ހެދޭތަނެއްގެ ގޮތުގައެވެ. މިރަށުގައި ދުނިޔެއިން ނެތުމުގެ ބިރުހީވެފައިވާ ތަފާތު ގަސްތަކާއިއެކު ޖުމްލަ 1000 އަށްވުރެ ގިނަ ވައްތަރުގެ ގަސް ހެދެއެވެ. އާންމުކޮށް 5 ފޫޓަށް ހެދޭ ތަފާތު ބާވަތުގެ ގަސްތައް 5 މީޓަރަށް މިރަށުގައި ހެދެއެވެ.

މިރަށަށް ނިސްބަތްވާ މީހުން ބުނާގޮތުން، މަގުމަތިން ދަނިކޮށް، ވާރޭވެހެން ފައްޓައިފިނިމަ، ގަހަކުން އެންމެ ފަތެއް ބިދެގެންވެސް، ކުޑައެއް ގޮތުގައި، ވާރެއިން ހިޔާވުމަށް ބޭނުންކުރެވިދާނެއެވެ.

ސަޚާލިންގައި އާދަޔާޚިލާފަށް ބިޔަކޮށް ބޮޑުކޮށް ގަސް ހެދޭ ސަބަބެއް ދެނެގަތުމަށް ތަފާތު ދިރާސާތަކެއް ވަނީ ކުރިޔަށް ގެންދެވިފައެވެ. ރަޝިޔާގެ އިންސްޓިޓިއުޓް އޮފް ޖިއޮލޮޖީ އަދި ރަޝިޔަން އެކަޑަމީ އޮފް ސައިންސް ގުޅިގެން ކުރިޔަށް ގެންދެވުނު ދިރާސާތަކުން އެނގިގެން ގޮސްފައިވާގޮތުގައި، މިރަށުގެ 12 ސަރަޙައްދެއްގައި އާދަޔާޚިލާފަށް ބިޔަކޮށް ބޮޑުކޮށް ގަސްހެދެއެވެ.

ދިރާސާކުރި ފަރާތްތަކުން ފާހަގަކޮށްފައިވާ ގޮތުގައި މި 12 ސަރަޙައްދަކީ، ދުނިޔޭގެ “ޓެކްޓޯނިކް ޕްލޭޓް” އުފެދިފައިވާގޮތުން ބިމުގައި ހޫނު އަދި ތަފާތު ގަހަށް ބޭނުންވާ މާއްދާތަށް ގިނައިން އެކުލެވޭ ސަރަޙައްދުތަކެއް ކަމަށެވެ. މިފަދަ ގޮތަކަށް ގަސް ހެދުމުގެ ސިއްރަކީ، މިސަރަޙައްދުތަކުން ހޫނު، ހައިޑްރޯ ކާބަން އަދި ގަހަށް ބޭނުންވާ މާއްދާތަށް އެހެން ސަރަޙައްދުތަކަށްވުރެ ރަނގަޅަށް ގަހުގެ މޫތަކަށް ފޯރުކޮށްދިނުމެވެ.

ދިރާސާކުރާ ފަރާތްތަށް އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެހެން ސަރަހާއްދުތަކާއި ތަފާތުކޮށް މިރަށުގައި ގަދަޔަށް ގަސްހެދުމުގެ ސަބަބުތަކުގެ ތެރޭގައި، އެހެން ބިންތަކާއި ތަފާތުކޮށް މިސަރަޙައްދުތަކުގައި “ކޮޕާ” އަދި “ކްރޮމިއަމް ކޮމްޕައުންޑްސް” ގިނަވުމުގެ ސަބުބުންނެވެ. ސައިންޓިސްޓުން ފާހަގަކޮށްފައިވާ ގޮތުގައި، މިފަދަ ގޮތަކަށް އެހެން ސަރަޙައްދުތަކާއި ތަފާތު ބޮޑުކޮށް ގަސްހެދުމުގެ ސިއްރަކީ، އެހެން ބިންތަކާއި ތަފާތުކޮށް، މިސަރަޙައްދުގައި ބިމުގެ ފަށަލައިގައި ތަފާތުކަމެއް ހުރުމުންނެވެ.

މިރަށުން ތަފާތު މުޑުވައް ނަގައިގެން ގޮސް، ދަނޑުވެރިކަން ކުރާ މީހުން ދުނިޔޭގެ ތަފާތު ހިސާބުތަކަށް ގެންގޮސްގެން ހެއްދުމުގެ މަސައްކަތް ކޮށްފައި ވެއެވެ. ނަމަވެސް، މިއިން އެއްވެސް މުޑުވަކެއް ސަޚާލިންގައި ހެދޭގޮތަށް ހެދިފައި ނުވެއެވެ. މިގަސްތައް ހެދިފައިވަނީ އެސަރަޙައްދުތަކުގައި އާންމުކޮށް އެފަދަ ބާވަތުގެ ގަސްތައް ހެދޭ ގޮތަށެވެ.

ގަސްތައް ކިތަންމެ ބިޔަވެ ބޮޑުވި ނަމަވެސް، އެހެން ސަރަޙައްދުތަކެކޭ އެއްގޮތަށް ގަހުގެ މޭވާއާއި ތަރުކާރީ މިރަށުގައި ދިރިއުލޭ ރައްޔިތުން އަންނަނީ ކެއުމަށް ބޭނުންކުރަމުންނެވެ. މިރަށުގައި އެންމެ ގިނަބައެއްގެ މަގްބޫލު ޑިޝް އަކީ “ބާޑޮކް” ކިޔާ ބާވަތެއްގެ އެއްޗަކުން ތައްޔާރުކުރެވޭ ކެއުމެގެ ބާވަތެކެވެ. މިއީ ފިހާރަތަކާއި، ތަފާތު ހޮޓާ ރެސްޓޯރަންޓްތަކުގައިވެސް ވިއްކާ އަދި ގޭގައިވެސް ތައްޔާރުކުރެވޭ ޑިޝްއެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!