ޚަބަރު
ތައުލީމީ ދާއިރާގެ މުސާރަތައް ހަމަހަމަ ކުރުމުގައި ހާއްސަ ސަމާލު ކަމެއް ދެއްވާނަން – ރައީސް

ސަރުކާރު އިދާރާތަކުގެ މުސާރަތަށް ހަމަހަމަ ކުރުމަށް ފަށްޓަވާފައިވާ މަސައްކަތުގައި އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައިސުލްޖުމުހުރިއްޔާ މިހެން ވިދާޅުވެފައިވަނީ ހދ. އަތޮޅުގެ ރަށްތަކަށް ކުރަށްވަން ފަށްޓާފައިވާ ދަތުރުގައި ކުޅުދުއްފުށި ސިޓީގެ 3 ސުކޫލަކާއި އެކު ބައްދަލު ކުރަށްވާ ވާހަކަފުޅު ދަށްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްތަކުގައި މިހާރު ކުރިޔަށްދާ އަދި، ޕްލޭން ކުރެވިފައިވާ ޢުމްރާނީ މަޝްރޫޢުތައް ބާރަށް ކުރިޔަށްދާތީ އެކަން ފާހަގަ ކުރައްވާފަވެއެވެ. މީގެ އިތުރުން ސްކޫލްތަކަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއި، ބޭނުންވާ އިތުރު ވަޞީލަތްތަކާއި ކުދިންގެ ތަޢުލީމު ކުރިއެރުވުމަށް ބޭނުންވާ ކަންތައްތައް ސްކޫލްތަކުގެ އިސްވެރިން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއިން މިދުވަސްވަރު ކުރިޔަށްގެންދާ މުހިންމު މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ 12 އަހަރާއި 18 އަހަރާ ދެމެދުގެ ހުރިހާ ސްކޫލް ދަރިވަރުންނާ ޓީޗަރުންނަށް އަމާޒުކޮށް ޚާއްޞަ ވެކްސިން ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން އިއުލާން ކުރަށްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!