ގދ. ނަޑެއްލާއިން ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންނަށް ލާފައިވާތީވެ އެ ރަށުގެ ރައްޔިތުންނަށް އެހީ ފުނުވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ތިނަދޫ ކައުންސިލް އިން ހުޅުވާލައިފިއެވެ.
ތިނަދޫ ކައުންސިލް އިދާރާއިން މިއަދު ކޮށްފައިވާ އިއުލާނުގައި ނަޑެއްލާ މުނިޓަރިންގެ ހާލަތަކަށް ގެނެވިފައި އޮތުމާއެކު އެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ބޭނުންތަށް ފުއްދުމުގައި ދަތި ތަކާއި ކުރިމަތިވެފައިވާ ކަން ފާހަގަ ކޮށްފައެވެ. އަދި އެހީ ފުނުވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފައިވާ ކަމަށް ތިނަދޫ ކައުންސިލްގެ އިއުލާނުގައިވެއެވެ.
އެހީ ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކުން މާދަމާ (18 ޖުލައި) ހެދުނު 10:00 ގެ ކުރިން އެހީ ގެ ގޮތުގައި ފޯރު ކޮށްދޭން ބޭނުންވާ ތަކެތި އެއިދާރާއާއި ހަވާލު ކޮށްދިނުމަށް ވަނީ އެދިފައެވެ.
މިމަހުގެ 13 ވަނަ ދުވަހު ނަޑެއްލާ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އަތޮޅުގެ ގިނަ ރަށްތަކުން އަދި ހުަވަދޫ ރެކރްރިއޭޝަން ކުލަބުގެ ފަރާތުން ނަޑެއްލާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އިސްނަގާފައެވެ.