ޚަބަރު
ޓީޗަރުންނަށް ހިލޭ ކޯސްތަަކެއް ތައާރަފްކޮށްދީފި

ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނަށް ހިލޭ ކޯސްތަކެއް އެޑިއުކޭޝަން މިނިސްޓްރީން ތައާރަފްކޮށްދީފިއެވެ.

އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގައި މިކޯސްތައް އިފްތިތާހް ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ.

މިއީ އިނގެރޭސިވިލާތުގެ ގައިޑް އެޑިޔުކޭޝަނާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ރާވާ ހިންގާ ކޯސްތަކެކެވެ. މިކޯސްތައް ހިންގުމުގެ މަޤްސަދަކީ ޓީޗަރުންނަށް އިތުރު ތަމްރީނާއި ކުރިއެރުން ހޯދައިދިނުމެވެ.

ގައިޑް އެޑިޔުކޭޝަނަކީ އޮންލައިންކޮށް މުދައްރިސުން ތަމްރީނު ކުރުމަށްޓަކައި، ޑިޖިޓަލް ގިނަ ވަޞީލަތްތަކެއް އެއް ޕްލެޓްފޯމަކުން ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. ޕްރޮފެޝަނަލް ޑިވެލެޕްމަންޓަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ ގިނަ އަދަދެއްގެ އޮންލައިން ކޯސްތަކުގައި ހިލޭ ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ޕްރިންސިޕަލުންނާއި މުދައްރިސުންނަށް ލިބިގެންދާނެއެވެ.

  1. 🤷🤷🤷🤷

    ³k އޭ ކިިޔާފަވެސް ކޯޯސްތަކެއް ފެށި. ތަފާތު ސަބަބުތަކާ ހެދި ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުންނަށް އެ ނުހެދުނު މޮޑިއުލްތައް ނިންމާ ކޯސް ނިންމާ ސަރޓިފިކެޓް ލިބޭނެ ގޮތް ހަމަޖައްސައެއް ނުދެވުނު. އެންމެ މޮޑިއުލް އެއް ނުލިބިގެން ކޯސް ފުރިހަމަ ނުކުރެވިފައި ތިބީ ކިތައް ދަރިވަރުންތޯ. ކޮބައިތޯ މި ދަރިވަރުންގެ ހައްގުތައް