ޚަބަރު
ކެމްޕެއިން ޖަލްސާއެއްގައި މޫކޭ ދެއްކީ ބޭއަދަބީ ވާހަކަތަކެއް

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރާ އެމްޑީޕީ ކެނޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މޫސާ އަލި މަނިކު (މޫކޭ) ބޭ އަދަބީ ވާހަކަފުޅު ތަކެއް ދައްކަވައިފިއެވެ.

ރޭ ށ.ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މޫކޭ ވިދާޅުވީ ޕީޕީއެމްގެ ކެނޑިޑޭޓް މޫސާ ފަތުހީ ޔާމީންގެ އަނިޔާއިން ސަލާމަތް ކުރުމަށް އެމްޑީޕީން މިއިލެކްޝަން ކާމިޔާބުކުރަން އެބަޖެހޭ ކަމަށާއި ރައީސް ޔާމީން “ދަށުން ދަމާ” ކުޅޭ އިރު މޫސާ ފަތުހީ ބައިންދަވަނީ ޖޯކަރު ދެއްވާފައި ދޮރޯރި ބުޑުގައި ސެކިއުރިޓީ އަކަށް ކަމަށެވެ.

މޫކޭ އިތުރަށް ވިދާޅުވީ ފަތުހީ “އެހާލުގައި” އިންދާ ދެރަށުން ދިމާވި ކަމަށެވެ. އަދި ފަތުހީގެ ހާލުކޮޅު ފެނިފައި ދެރަވާ ކަމަށް މޫކޭ ބުނެފައިވެއެވެ.

ޔާމީން އާއި ފަތުހީއަށް ނިސްބަތްކޮށް މޫކޭ ވަނީ ބޭއަދަބީ ވާޙަކައެއް ދައްކާފައެވެ. އަދި އެވާހަކައަށް އެމްޑީޕީ ސަޕޯޓަރުންވަނީ ހޫނު ތަރުހީބެއްދީފައެވެ.

“އަބްދުﷲ ޔާމީނަށް ފަތުހީ މިތަނުން ހޮވައިގެން ފަތުހީކޮށްދެންވެސް އޮތީ އެއް ކަމެއް އެއީ އައުޓް ކޮށްދިނުން” ރޭގެ ޖަލްސާގައި މޫކޭ ވިދާޅުވިއެވެ.

މިހާރަކަށް އައިސް އެމްޑީޕީގެ ޖަލްސާތަކުގައި ބޭއަދަބީ ވާހަކަތައް ދައްކަމުން އަންނާތީ އިދިކޮޅުންދަނީ އެކަމާ ފާޑުކިޔަމުންނެވެ. އެގޮތުން ރޭ ނޫން ކުރީރޭ އޮތް ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ވަނީ ބޭއަދަބީ ވާހަކަފުޅެއް ދައްކަވާފައެވެ. ހަސަންޓެ ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް އެއަރޕޯޓް ނޭޅޭނެ ކަމަށާއި ޔާމީނަށް “އަމާ އެޅޭނީ” ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނަ ތާރީޚް ކައިރިވަމުންދާއިރު، ތިން ޕާޓީންވެސް ގެންދަވަނީ ވަރުގަދަ ކެންޕެއިނެއް ކުރައްވަމުންނެވެ. މި އިންތިޚާބުގައި އެމްޑީޕީގެ އިތުރުން ދެން ވާދަ ކުރަނީ ޕީޕީއެމް އަދި އެމްއެންޕީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!