މީހުން
ބޮޑު އުންމީދަކާއި އެކު ޒައިނޫން ދައްކާލަނީ ހުވަފެނީ ތަސްވީރުތަކެއް

ކުރެހުންތެރިންނަކީ ހުވަފެންތަކުގައި ކުލަޖެއްސުމުގެ ހުނަރާއި ފަންނުވެރި ބަޔެކޭ ބުނަނީ ހަޤީޤަތުގައިވެސް ސަބަބުތަކެއް ހުރީމައެވެ. ކުލަޖައްސާ ފިހިގަޑެއްގެ އަލީގައި ހިތްތަކަށް ދިރުންގެނުވަނިވި ތަސްވީރެއް ކުރަހާލުމަކީ، ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހުވަދު އަަތޮޅު ދެކުނުބުރީ ތިނަދޫއަށް އުފަން ޒައިނޫން ޒަހީން ދައްކާލަނީ ބޮޑު އުންމީދަކާއި އެކު ހުވަފެނީ ތަސްވީރުތަކެކެވެ.

އެގޮތުން ޒައިނޫންއަށް އޭނާގެ މައިންބަފައިންގެ ފުށުން ލިބިފައިވާ ކުރެހުންތެރިކަމުގެ ހުނަރު ބޭނުންކޮށް ތަފާތު ރީތި ކުރެހުންތަކެއް ވަނީ ކުރަހާފައެވެ. ހިތްގައިމު ރީތި މަންޒަރުތަކާ ކުރެހުމުގެ ދާއިރާގައި ޒައިނޫން އަމިއްލަ ހިޔާލަށް ކުރަހާފައިވާ ކުރެހުންތަކަކީ ކުރެހުމަށް ލޯބިކުރާ ކޮންމެ މީހަކުވެސް އެކުރެހުމެއް ބެލުމުން ހިތްތަކަށް ދިރުން ގެނެސްދޭނެ ރީތި ކުރެހުންތަކެކެވެ.

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ޒީނާ އަބްދުﷲ އާއި ޒަހީން މުހައްމަދު ގެ ދަރިފުޅު ޒައިނޫން ޒަހީން އަކީ އެފަދަ ހުނަރެއް ލިބިފައިވާ މޮޅު ކުރެހުންތެރިއެކެވެ. އެންމެ ކުޑައިރުން ފެށިގެން ކުރެހުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ހުންނަ ޒުވާން ކަނބަލެކެވެ.

ކުރެހުމުގެ ދާއިރާއަށް ވަދެވުން ގޮތް

ޒައިނޫން ބުނި ގޮތުގައި އޭނާ އެންމެ ކުޑައިރުވެސް މަންމަ އާއި ބައްޕަ ގޭގައި ކުރަހަން އުޅޭތަން ފެންނަ ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ވަގުތު އެމީހުންގެ މަސައްކަތް ބަލަން ހުރެއެވެ.

މައިންބަފައިންގެ ފަރާތުން ފެންނަ ކުރެހުމުގެ މޮޅު ހުނަރެއް ބަލައި އުޅުމުގެ ނަތީޖާ އަކަށްވީ ޒައިނޫން ވެސް އެދާއިރާއަށް މަޑުމަޑުން ވަދެވޭ ގޮތްވުމެވެ. ހުސް ގަނޑެއް ލިބިއްޖެއްޔާ ކޮންމެ ވެސް އެއްޗެއް ކުރަހާލަން ފަންސުރު ހިންގާލުމަކީ އާދައަކަށް ވުމެވެ.

ސްކޫލްގައި ވެސް އަޅުގަނޑުގެ ސިކުނޑި ވަރަށް ބޮޑަށް ކުރެހުމުގެ މަސައްކަތް ތަކަށް ދާނެ. މިސް މެން ވެސް އަޅުގަނޑުގެ ކްރިއޭޓިވް ކަން ފާހަގަ ކުރޭ. އެއްވެސް ލިބުނު ހިތްވަރެއް.

ސްކޫލް ދައުރުގައި ވެސް ކުރެހުމުގެ މަސައްކަތް ދަސްކޮށް ކުރި މަގުގައިވެސް އާޓްިސްޓަކަށް ވެވޭތޯ މަސައްކަތް ކުރި ޒައިނޫން ބުންޏެވެ.

ޒައިނޫން ކުރަހާފައި ހުރި ބައެއް ކުރެހުންތައް — ހުވަދޫ ފޮޓޯ: އާހިލް

ޒައިނޫން ކުރަހަނީ ކޮންކަހަލަ ކުރެހުމެއް؟

އޭނާ އަބަދުވެސް ޝައުޤުވެރިކަން ހުރީ މަންޒަރެއް ކުރަހާލުމަށެވެ. ޤުދުރަތީ ރީތި ހިތްގައިމުކަމާއި ކްރިއޭޓިވްކޮށް ފެންނަ މަންޒަރުތައް ކުރެހުމަކީ އާންމު ކަމެކެވެ. ޚާއްސަކޮށް މަންޒަރު ބަލާ ފޫހިނުވާ ފަދަ ތަފްޞީލް ކުރެހުން ތަޖެވެ.

އަނެއްހެން ކޮންމެ އެއްޗެއް ވެސް ކުރެހިދާނެ. ކިތަންމެ ބޮޑުކޮށް ވެސް ކުރެހިދާނެ. އެކަމުގެ އަޅުގަނޑުގެ މެއިން އަކީ މަންޒަރު. އަޅުގަނޑު ކުރަހަނީ ފިހި ބެނުން ކޮށްގެން

ކުރެހުމުގައި މިހާރު ކުރަނީ ކޮންކަމެއް؟

ޒައިނޫންގެ ކުރެހުމުގެ ދުނިޔެ އޮތީ އޭނާގެ ގޭގެ މާހައުލުގައެވެ. ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ކުރެހުމުގެ މަސައްކަތުގައެވެ. ލިބިފައި ހުންނަ އޯޑަރުތައް ނިންމަން ވަގުތު ދެނީ އޭނާގެ ކޮންމެ ކުރެހުމެއް ވެސް އެއީ ވަރަށް މޮޅު އެހާމެ ރީތި އެއްޗަކަށް ހެދޭތޯއެވެ. ޒައިނޫން އޭނާގެ ކޮންމެ ކުރެހުމެއްވެސް އޭނާގެ މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރެއެވެ. އެގޮތުން އޭނާގެ ފޭސްބުކް ޕޭޖް ޒައިނޫން އަދި އިންސްޓަގްރާމް މަރިޔަމް ޒައިނޫން ޒަހީން ގައި ހިއްސާކުރެއެވެ.

ވަރަށް ގިނަ ވަގުތު މިދުވަސްކޮޅު ވެސް މިދެނީ ކުރެހުންތައް ނިންމަން. އެއީ ވަރަށް ބޮޑަށް ވަގުތު ދީގެން ކުރާ ކަމެއް. ރަނގަޅު އާމްދަނީއެއް މިކަމުން ލިބޭ

މިހާތަނަށް ވަރަށް ގިނަ ކުރެހުން ނިންމާ އަދި ގިނަ ކުރެހުން ތައް ވެސް ވިއްކާފައިވާ ޒައިނޫން ބުންޏެވެ.

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ކޮން ބައެއްގެ ފަރާތުން؟

ކުރެހުމުގެ ދާއިރާއަށް ޝައުގުވެރިކަން އައީއްސުރެ ޒައިނޫން ކުރި މަސައްކަތް އެންމެ ބޮޑަށް ބަލައިގަނެ އެކަމަށް ތަރުހީބު ދިންބަޔަކީ އޭނާ މައިންބަފައިންނުވެ. އޭނާގެ އެ ހުނަރުވެރިކަން ފާހަގަވެ އެކަމަށް ދެން ތަރުހީބު ދިން ބާޖީ އޭނާގެ މުދައްރިސްއެވެ. ސްކޫލް ނިމި އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރި ހުރިހާ ކަމެއްގައި ވަކިން ޚާއްޞަކޮށް ކުރެހުމުގެ ދާއިރާގައި ކުރިއަށް ދިޔުމަށް އަބަދުވެސް މަންމަ އާއި ބައްޕަގެ އެހީތެރިކަން ލިބެއެވެ. އޭގެ ތެރެއަށް މިއަދު ވަނީ އިތުރު ހިތްވަރެއް އިތުރުވެފައެވެ. ފިރިމީހާގެ އެއްބާރުލުމާއެކު މިއަދު އޭނާ ދަނީ ކުރިޔަށެވެ. އުންމީދު ކުރި މިންވަރަށް ވުރެ ވެސް ބޮޑަށެވެ.

މިކަމުގައި އެންމެ ބޮޑު ބޮޑު އެއްބާރުލުން މިވަގުތު ލިބެނީ ފިރިމީހާގެ ފުށުން. ދެން އަބަދުވެސް, އެންމެ ކުޑަ އިރުން ފެށިގެން ވެސް މަންމަ އާއި ބައްޕަ އެހީވޭ. ޒައިނޫން ޝުކުރުވެރިކަމާއެކު ފާހަގަ ކުރި އެވެ.

ކުރެހުމުގެ އެންމެ ބޮޑު އަމާޒަކީ ކޮބާ؟

ކުރެހުމުގައި އޭނާގެ އަމާޒު ހުރީ ދެވެން އޮތް ހިސާބަކަށް ދިއުމެވެ. ތަރައްޤީ ކުރުމެވެ. އާލާތާ ވަސީލަތް ގިނަކޮށް އޭގެ ބޭނުން ކޮށްގެން މުޅި ދުނިޔޭގެ ކޮންމެ ހިސާބަކަށް ވެސް އޭނާގެ ކުރެހުންތައް ފޮނުވުމެވެ. ޚާއްސަކޮށް ހުވަދޫގެ ރަށްތަކާ ރިސޯޓްތަކުގައި އޭނާގެ ކުރެހުން ތައް ފެންނަ ހިސާބަށް ދިއުމެވެ. އެގޮތުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެކި ފަރާތްތަކާ ދަނީ ވާހަކަ ދެކެވެމުންކަން އޭނާ ފާހަގަ ކުރިއެވެ.

ޒައިނޫން ބުނީ އޭނާގެ ދިވެހިވަންތަ ކުރެހުންތައް ރިސޯޓްތަކުން ފެނިގެން ދިޔުމަކީ އޭނާގެ ހުވަފެނެއްކަމަށެވެ.

ޒައިނޫން އަކީ ވަރަށް ޒުވާން ކަނބަލެކެވެ. ކުރާ ކޮންމެ ކަމެއްގައި ފިސާރި ރަނގަޅު ވިސްނުން ގެންގުޅޭ ހީވާގި މުރާލި އަންހެނެކެވެ. އޭނާގެ ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުރި ޝަޢުޤުވެރިކަން ވަރަށް ބޮޑެވެ. ދޫދިނުމެއް ނެތެވެ. އޭނާގެ ހިތްގައިމު ކުރެހުން ތަކުން އެކަން ކިތަންމެ ރަނގަޅަށް ވެސް ސާފު ވެއެވެ.

ޒައިނޫންގެ ބައްޕަ ބުނާގޮތުގައި ޒައިނޫން އަކީ ވަރަށްވެސް ހިތްވަރުގަދަ ކުއްޖެއް ކަމަށާއި، ޒައިނޫން ކުރަހަން ދަސްކުރީ އަމިއްލައަށް އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ޒައިނޫންގެ މައިންބަފައިންނަކީވެސް ކުރެހުމުގެ ހުނަރު ހުންނަ ބައެއް ކަމުން ޒައިނޫން ކުޑައިރު ބައްޕަ އާއި މަންމަ ކުރަހާތަން ބަލަން ވަރަށް ޝައުގުވެރިކަމާއެކު ހުންނަ ކަމަށެވެ.

ޒައިނޫންގެ ބައްޕަ އިތުރަށް ބުނީ ޒައިނޫންގެ ގެ އާއިލާގެ ފަރާތުން އަބަދުވެސް ޒައިނޫން އަށް ކުރެހުމުގެ ދާއިރާގައި އަދި އެހެން ދާއިރާއެއްގައިވިޔަސް އެހީތެރިކަން ލިބޭނެ ކަމަށެވެ. އަދި ޒައިނޫންގެ މަސައްކަތަށް ޒައިނޫންގެ ބައްޕަ އަބަދުވެސް ވަރަށް ފަހުރުވެރިވާ ކަމަށްވެސް ޒައިނޫންގެ ބައްޕަ ޒަހީން ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!